Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާ އިން ރާއްޖެ އަށް ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޑރ.މައުސޫމް

ކުރިއަށް އޮތް އަހަރަށް ރާއްޖޭގެ ފަތުރުވެރިކަމަށް އުންމީދީ އަހަރެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޑިސެމްބަރު 2022 | ބުދަ 08:02
ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް

އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ޗައިނާ އިން ރާއްޖެ އަށް ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތްކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ރާއްޖެ އަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އައުމާއި ގުޅިގެން ނޫސްވެރިންނަށް ދެއްވި ބަސްތީގަތުމެއްގައި މިނިސްޓަރު ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖޭގެ ފަތުރުވެރިކަމަށް އުންމީދީ އަހަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކޮވިޑް-19އިގެ ބަލިމަޑުކަމަށް ފަހު ރާއްޖެ އަށް ޗައިނާ މާކެޓުން ފަތުރުވެރިންނަށް ނާދެވި އޮތް އޮތުން އަންނަ އަހަރު ނިމުމަކަށް އަންނާނެ ކަަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިހާރު މަޑުމަޑުން ޗައިނާގެ މާކެޓް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ޗައިނާގެ މާކެޓު ހުޅުވާލައިފި ނަމަ އެކަމުގެ ފައިދާ ރައްޖެ އަށް ކުރާނެ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ޗައިނާގެ މާކެޓް ހުޅުވަލައިފި ނަމަ ރާއްޖެ އަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ އަދަދަށް ވުރެ 10 ޕަސެންޓް އިތުރަށް ރާއްޖެ އަށް ފަތުުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ދެވަނަ ކުއާޓަރަށް ޗައިނާގެ ބައެއް އެއަރލައިންތަކުން ދަތުރުތައް ފަށަން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅެގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ މަޝްހޫރު މީހުންގެ ޕްރައިވެސީ ރައްކާތެރިކޮށްދިނުމަށް އަބަދުވެސް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރާކަމަށެވެ. އެހެންނަމަވެސް މަޝްހޫރު ބައެއް މީހުން ރާއްޖޭގައި ތިބޭއިރު މުޖުތަމައަށް ކަންކަން ކޮށްދޭން ބޭނުންވާކަަމަށާއި، އެގޮތުގެމަތީން ރާއްޖޭގައި އުޅޭކަން އެ މީހުން އަމިއްލައަށް އިއުލާންކުރާ ކަަމަށެވެ. އެގޮތަށް މަޝްހޫރު މީހުން ރާއްޖެ އިޝްތިހާރުކޮށްދިނުމަކީ ރާއްޖެއަށް އިތުރު އެތައް މިލިއަން ޑޮލަރުގެ އަގުހުރި ކަމެއްގެ ގޮތުގައި މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ މަންޒަރުތަކާއި ޕްރޮޑަކްޓްތައް ދުނިޔެއަށް ފޯރުކޮށްދިނުމުގައި އެފަދަ ފަރާތްތަކުން އަދާކުރަނީ ވަރަށް މުހިންމު ރޯލެއްކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާޓުއަރިޒަމް އެމްވީމިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު