Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރޮކޯ ފުޓުބޯޅަ ޓީމު

މޮރޮކޯ ޓީމު ޤައުމަށް ދިޔުމުން "ހީރޯ" އިންގެ ގޮތުގައި މަރުޙަބާ ކިޔައިފި

21 ޑިސެމްބަރު 2022 | ބުދަ 08:35

ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެނބުރި ޤައުމަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޑިސެމްބަރު 2022 | ބުދަ 08:35
މޮރޮކޯ ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

މޮރޮކޯ ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް މުބާރާތުގެ ހަތަރު ވަނަ ހޯދި މޮރޮކޯ ޓީމު ޤައުމަށް ގޮސްފިއެވެ.

މުބާރާތަށް ފަހު މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެނބުރި ޤައުމަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މޮރޮކޯ ޓީމު އެ ޤައުމަށް ދިޔުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ "ހީރޯ" އިންގެ ފެންވަރުގެ މަރުޙަބާ އެއް ކިޔައިފައެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ނަތީޖާ ހޯދި އެފްރިކާގެ ޤައުމެވެ. މުބާރާތުގެ ގަދަ 16 ގައި ސްޕެއިން ކަޓުވާލުމަށްފަހު، ކުއާޓާ ފައިނަލްގައި ޕޯޗުގަލް ބަލިކޮށް މޮރޮކޯ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލްގައި ބަލިވީ ފްރާންސް އަތުންނެވެ.

މޮރޯކޯ ޓީމަށް މަރުޙަބާ ކިޔުމަށް ހަރަކާތްތެރިވި އެ ޤައުމުގެ ރައްޔިތަކު ބުނީ، ޓީމުން ހޯދީ ތާރީޚީ ކާމިޔާބެއް ކަމަށާއި، ހީރޯ އިން ފެންވަރުގެ މަރުޙަބާއެއް ނުކިޔަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ބުނީ މޮރޮކޯ އިން ވޯލްޑް ކަޕްގައި ހޯދީ އުއްމީދު ވެސް ނުކުރާ ވަރުގެ ނަތީޖާއެއް ކަމަށެވެ. އަދި އެ ކާމިޔާބީއަށް ފަހު މޮރޮކޯ ޓީމުގެ ކުޅުންތެރިން އެނބުރި ޤައުމަށް އައުމުން ވަރަށް އުފާވި ކަމަށާއި، މުޅި ޤައުމުގެ ރައްޔިތުންގެ މޫނު މަތިން ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން މުޅި ޤައުމު ފަޚުރުވެރިކޮށްދީފައިވާ ކަމަށެވެ.

އެހެން މީހަކު ބުނީ މޮރޮކޯ ރައްޔިތުން މަގުމައްޗަށް ނުކުމެ ތިބީ ޤައުމުގެ ހީރޯ އިންނަށް މަރުޙަބާ ކިޔަން ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ހޯދި ނަތީޖާ އާއި ޓީމުގެ ކޯޗު ވަލީދު ކުރި ބުރަ މަސައްކަތަށް ހާސް ފަށުން ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ގޯލް ކީޕަރު ބޯނޯ ކުރި މަސައްކަތާއި، އެހެން ކުޅުންތެރިންގެ މަސައްކަތް ފާހަގަ ކުރާ ކަމަށެވެ. އޭނާ ބުނީ މިހާރު ބޭނުންވަނީ ޓީމަށް މަރުޙަބާ ކިޔަން ކަމަށާއި، އެއަށްފަހު އެފްރިކް ކަޕް އޮފް ނޭޝަންގައި ކާމިޔާބީއެއް ލިބުން ވެސް އެދޭ ކަމަށެވެ.

މޮރޮކޯ މުބާރާތުގައި ދެއްކި ކުޅުމަށް އެތައް ބަޔަކު އަންނަނީ އެ ޓީމަށް ތައުރީފު ކުރަމުންނެވެ.

ފީފާ ވޯލްޑް ކަޕްމޮރޮކޯ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
09 މެއި 2024

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖެނުއަރީ 2024

މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

02 ޖެނުއަރީ 2024
މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި
10 ޑިސެމްބަރު 2023

ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން

10 ޑިސެމްބަރު 2023
ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް