Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއޭސީއެލްގެ ޚިދުމަތް

މެދުކަނޑާލާފައި އޮތް 8 އެއަރލައިންގެ އޮޕަރޭޝަން ފަށައި، އާ 2 އެ އެއަރލައިނެއްގެ ޚިދުމަތް ފަށައިފި

ބަލިމަޑުކަމާ ގުޅިގެން އޮޕަރޭޓްކުރުން ހުއްޓާލާފައި އޮތް 8 ފްލައިޓްގެ އޮޕަރޭޝަންގެ މަސައްކަތް ފެށީ މި ސީޒަނާ ދިމާކޮށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ޑިސެމްބަރު 2022 | އަންގާރަ 12:58
އެމްއޭސީލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް، ހަސަން އަރީފް

އެމްއޭސީލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް، ހަސަން އަރީފް

ރާއްޖޭގައި މެދުކަނޑާލާފައި އޮތް 8 އެއަރލައިންގެ އޮޕަރޭޝަން ފަށައި، އާ 2 އެ އެއަރލައިނެއްގެ ޚިދުމަތް ފަށާފައިވާކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ހަފްލާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް، ހަސަން އަރީފް ވަނީ، އެމްއޭސީއެލްގެ އޮޕަރޭޝަންތަކުގެ ބައެއް ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

އޭނާ ވަނީ މި ސީޒަނަށް އެމްއޭސީއެލްއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އޮޕަރޭޓްކުރުން ހުއްޓާލާފައި އޮތް 8 ފްލައިޓްގެ އޮޕަރޭޝަންގެ މަސައްކަތް މި ސީޒަނާ ދިމާކޮށް ފަށާފައިވާކަަމަށް ހަސަން ވިދާޅުވިއެވެ. އޭގެތެރޭގައި ބްރިޓިޝް އެއަރވޭސް، އޮސްޓްރިއަން އެއަރވޭސް، އެއަރ ފްރާންސް، ޔޫރޯ ވިންގްސް ފަދަ އެއަރލައިންތައް ހިމެނޭކަން އޭނަ ފާހަގަކުރެއްވިއެވެ. އެ އެއަރލައިންތަކުގެ ތެރެއިން ބްރިޓިޝް އެއަރވޭސްއަކީ ސީޒަނާ ދިމާކޮށް ދަތުރުކުރާ އެއާލައިންއަކަށް ވީނަމަވެސް، މިހާރު ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ދާއިމީ ދަތުރުތައް ފަށާފައިވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން އާ ދެ އެއަރލައިނަކުން ރާއްޖެއަށް ޚިދުމަތް ދޭން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވިޒްއެއަރއާއި ކުވެއިތު އެއަރވޭޒްކަމަށާއި، އެ ދެ އެއަރލައިންގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގައިކަމަށް ހަސަން ވިދާޅުވިއެވެ.

1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލްވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. ސަބަބަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ މާކެޓުން ފަތުރުވެރިން ނައުމާއި ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށްފަހު އެ އަމާޒަށް ވާސިލްވެވުމުން ކަަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު