Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

36 އަހަރަށްފަހު ވޯލްޑް ކަޕްގެ ޗެމްޕިއަން ތަށި އާޖެންޓީނާގެ ފަސްގަނޑަށް

20 ޑިސެމްބަރު 2022 | އަންގާރަ 09:17

ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތަށް ފަހު އެނބުރި ޤައުމަށް ދިޔައީ އަންގާރަ ދުވަހުގެ ވަގުތެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޑިސެމްބަރު 2022 | އަންގާރަ 09:17
އާޖެންޓީނާގެ ކެޕްޓަން މެސީ އަދި ބައެއް ކުޅުންތެރިން ވޯލްޑް ކަޕް ތައްޓާއެކު

އާޖެންޓީނާގެ ކެޕްޓަން މެސީ އަދި ބައެއް ކުޅުންތެރިން ވޯލްޑް ކަޕް ތައްޓާއެކު

ފީފާ ވޯލްޑް ކަޕް މުބާރާތުގެ ޗެމްޕިއަަން އާޖެންޓީނާ އިން ތައްޓާއެކު ޤައުމަށް ގޮސްފިއެވެ.

މިއަހަރުގެ މުބާރާތް އާޖެންޓީނާ އިން ކާމިޔާބުކުރީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށްގެންނެވެ. މިއީ 1986 ވަނަ އަހަރު އެ ޤައުމުން ވޯލްޑް ކަޕް ކާމިޔާބުކޮށް އަމިއްލަ ޤައުމަށް ތަށި ގެންދިޔަ ފަހުން، ވޯލްޑް ކަޕްގެ ތަށި އެ ޤައުމަށް ލިބުނު ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގެ ތައްޓާއެކު އާޖެންޓީނާ ޓީމު ޤައުމަށް ދިޔުމުން އެ ޤައުމުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާ އެއް ކިޔައިފައެވެ. ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތަށް ފަހު އެނބުރި ޤައުމަށް ދިޔައީ އަންގާރަ ދުވަހުގެ ވަގުތެއްގައެެވެ.

އާޖެންޓީނާގެ ވެރި ރަށް ބިއުނޯސް އައިރެސްގައި ހުންނަ އެޒެއިޒާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުޅުންތެރިން ފެއިބުމާއެކު، އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ތައްޓާއެކު އާޖެންޓީނާ ޓީމު ލީޑުކުރަމުން ދިޔައީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އާޖެންޓީނާ ޓީމު ރަމްޒުކޮށްދޭ ބޯޓުން ކުޅުންތެރިން ފެއިބުމާއެކު ވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެއަށްފަހު އެތައް ސަޕޯޓަރުންތަކެއްގެ ކުރިމަތިލާން ގޮސް ކުޅުންތެރިން މަޑުކުރީ އެއާޕޯޓުގެ ރެސްޓް ރޫމްގައެވެ. ތައްޓާއެކު ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔުމަށް އޮތީ ހަމަޖެހިފައެވެ.

އެއަށްފަހު ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އުފާ ފާޅުކުރުމުގެ ޕެރޭޑުގައި ބައިވެރިވެފައެވެ. ބަހެއްގައި ކުޅުންތެރިން ތައްޓާއެކު އުފާ ފާޅުކޮށް، ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަމުން ދިޔައިރު، ބަސް ވަށައިގެން އެތައް ސަޕޯޓަރުންނެއް ތިއްބެވެ. ފައިނަލުން އާޖެންޓީނާ މޮޅުވި ވަގުތުން ފަށައިގެން މުޅި އެ ޤައުމުގައ އޮތީ އުފާ ފާޅުކުރުމެވެ. ކުޅުންތެރިން ދަތުރު ކުރަމުން ދިޔަ ބަހުގައި އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ފަބިއަން ޓަޕިއާ ވެސް ހުންނެވިއެވެ. ޓަޕިއާ ވެސް ދިޔައީ ކުޅުންތެރިންނާއި، ސަޕޯޓަރުންނާއެކު އުފާ ފާޅުކުރުމުގައި ބައިވެރިވަމުންނެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔަކަށް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ހޮވުނުއިރު، އެންމެ މޮޅު ގޯލް ކީޕަރަކީ އެ ޓީމުގައި އެމިލިއާނޯ މާޓިނޭޒްއެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން މެސީއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް