Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
1.6 މިލިއަން ވަނަ ފަތުރުވެރިޔާ

މިއަހަރުގެ 1.6 މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިއާ މީހެއް

ސަންޖޭއަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ނައިބްރައީސް ފައިސަލް ނަސީމް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 08:53
މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ

މިއަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ

މިއަހަރުގެ 1.6 މިލިއަން ވަނަ ފަތުރުވެރިއަކަށް އިންޑިއާގެ ސަންޖޭ ތޭޖާސް ކޮތާރީ ހޮވިއްޖެއެވެ.

މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކޮށްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. މިއާއެކު މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައެޅި ޓާގެޓް ވަނީ ހާސިލްވެފައެވެ.

1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އިން ހާއްސަ ހަރަކާތެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ބާއްވާފައެވެ. މި ހަފްލާގައި އެމްއެމްޕީއާރުސީ، ޓުއަރިޒަމް މިނިސްޓްރީ، އެމްއޭސީއެލް، ކަސްޓަމްސް އަދި އިމިގްރޭޝަނުން ވަނި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ސަންޖޭއަށް ހަދިޔާތައް ދީފައެވެ.

ސަންޖޭ ރާއްޖޭގެ ބޯޑަރުން އެތެރެވުމާއެކު، އޭނާއަށް ވަނީ މަރުހަބާ ކިޔައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާގެ ޝޭޝް އަޅުވާފައެވެ. އަދި ސަގާފި ނެށުމާއެކު ބޮޑުބެރުން އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ. ސަންޖޭއަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. ސަންޖޭ ރާއްޖެ އައި ނިއުޔޯކް އިންނެވެ. އަދި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ސަންޖޭ ބުނެފައިވަނީ އޭނާ ރާއްޖެ އައިސްފައިވަނީ ހަނީމޫން އަށް ކަމަށާއި، މިއީ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށެވެ. ރާއްޖެ އަންނަން ނިންމީ ރާއްޖޭގެ ފޮޓޯތައް ފެނިގެން ކަމުގޮސްގެން ކަމަށާއި، ރާއްޖެ އާދެވުމުން އުފާވާ ކަމަށެެވެ. އަދި މިފަދަ ސަޕްރައިޒްއެއް ލިބޭނެކަމެއް ހީ ނުކުރާ ކަމަށެވެ.

ރައްޖޭގައި ސަންޖޭގެ ދެމަފިރިން ހޭދަކުރާނީ 4 ދުވަހެވެ.

1.6 މިލިއަން ވަނަ ފަތުރުވެރިޔާގެ ޓާގެޓް ހާސިލްވެގެންދާއިރު، މިއަހަރު ނިމޭއިރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައުން އެކަށީގެންވާކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެފައިވެއެވެ. އަދި މިއީ ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ފަތުރުވެރިން ރާއްޖެ އައި އަދަދާ އެއްވަރުގެ އަދަދެއް ކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި މިންވަރު 2021 ވަނަ އަހަރާ އަޅައިބަލާއިރު 28.8 އިންސައްތަ އިތުރު ކަމަށެވެ. އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ.

އާދިއްތަ ދުވަހު 6804 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މި މަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ދުވަހެވެ. ދުވާލެއްގެ މައްޗަށް 5508 ފަތުރުވެރިން މި މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވެއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ 14.4 އިންސައްތަ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 12 އިންސައްތައެވެ. އަދި ތިންވަނައިގައި ހިމެނެނީ އިނގިރޭސިވިލާތެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާފައި ރިޔާސި ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ ހުސްވި 2021 ވަނަ އަހަރު ނިމިދިޔައީ، ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ޙާޞިލު ކުރެވިގެން ކަމަށެވެ. 2021 ވަނަ އަހަރަށް އަމާޒުހިފީ، އެއް މިލިއަން ފަތުރުވެރިންނަށް ކަމަށާއި، ނަމަވެސް، އެ އަހަރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ކަމަށެވެ.

އަދި މި އަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ރައީސް ވަނި ވިދާޅުވެފައެވެ.

1.6 މިލިއަން ވަނަ ފަތުރުވެރިޔާމިނިސްޓްރީ އޮފް ޓުއަރިޒަމްއެމްއެމްޕީއާރްސީއެމްއޭސީއެލްކަސްޓަމްސް އިމިގްރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު