Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ޤައުމީ ޓީމު

ފްރާންސް ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާން ޖެހޭ: މެކްރޯން

މެޗުގެ ކުރިންނާއި ފަހުން މެކްރޯން ކުޅުންތެރިންނާ ބައްދަލު ކުރައްވައި، ހިތްވަރު ވެސް ދެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 04:19
ފައިނަލް މެޗުގައި ފްރާންސްގެ ރައީސް މެކްރޯން ޓީމަށް ސަޕޯޓު ކުރައްވަނީ

ފައިނަލް މެޗުގައި ފްރާންސްގެ ރައީސް މެކްރޯން ޓީމަށް ސަޕޯޓު ކުރައްވަނީ

ފްރާންސް ޤައުމީ ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާން ޖެހޭނެ ކަމަށް އެ ޤައުމުގެ ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

މެކްރޯން މިފަދައިން ވިދާޅުވީ މިއަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ފައިނަލުން ފްރާންސް ބަލިވުމާއި ގުޅިގެންނެވެ. ފުޓުބޯޅަ އަށް ޚާއްސަ ސަމާލުކަމެއް ދެއްވާ މެކްރޯން ވަނީ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ފްރާންސް އަށް ސަޕޯޓުކުރެއްވުމަށް ޤަތަރަށް ވަޑައިގެންފައެވެ. އޭގެ ފަހުން ފައިނަލަށް ވެސް ވަޑައިގެންނެވިއެވެ. މެޗުގެ ކުރިން މެކްރޯން ކުޅުންތެރިންނާ ބައްދަލުކުރައްވައި، ހިތްވަރު ވެސް ދެއްވިއެވެ. މެޗުން ބަލިވުމުން، ދަނޑަށް ވަޑައިގެން ވެސް ހިތްވަރު ދެއްވިއެވެ. މީގެއިތުރުން ޗޭންޖިން ރޫމުގައި ވެސް މެޗަށްފަހު ކުޅުންތެރިންނާ ބައްދަލު ކުރެއްވިއެވެ.

މެކްރޯން ވިދާޅުވީ ފްރާންސްގެ ބައްޔާއި ގުޅިގެން ހިތާމަކުރާ އެންމެންގެ ހިތާމައިގައި އޭނާ ވެސް ބައިވެރިވާ ކަމަށެވެ. ނަމަވެސް ޓީމު ކުރި މަސައްކަތާއި، ދެއްކި ހިތްވަރަށް ޓީމާމެދު ފަޚުރުވެރިވާން ޖެހޭނެކަން އެންމެ ވަގުތަކު ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މެކްރޯން ވިދާޅުވިއެވެ. މެޗާ ގުޅޭ ގޮތުން މެކްރޯން ވިދާޅުވީ މެޗުގައި ފްރާންސްގެ ކުޅުންތެރިންގެ ފެންވަރު ވެސް ފެނުނު ކަމަށެވެ. އެގޮތުން އަލުން އަނބުރާ މެޗުގެ ތެރެއަށް އާދެވޭނެ ފެންވަރު ހުރިކަން ކުޅުންތެރިން ދައްކައިދިން ކަމަށާއި، ނުވެސް ވިސްނައި ތިބި ކަންކަން ކުރެވޭނެކަން ދެއްކި ކަމަށް ވިދާޅުވިއެވެ. މެކްރޯން ވިދާޅުވީ ފްރާންސް ކުޅުންތެރިން ދައްކައިދިނީ އެކުވެރިކަމުގެ ނަމޫނާ އެއް ކަމަށެވެ.

ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރި އާޖެންޓީނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ، އާޖެންޓީނާ އަކީ ކުޅިވަރުގައި ވަރަށް މޮޅެތި މީހުން ތިބި ޤައުމެއް ކަމަށާއި، ރަނގަޅު ފުޓުބޯޅަ ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ. މެކްރޯން ބުނީ ކުޅިވަރާއި، ފުޓުބޯޅައިގައި މޮޅުވުމާއެކު ބަލިވުން ވެސް އޮންނާނެ ކަމަށެވެ. އާޖެންޓީނާގެ ކުޅުންތެރިން ހޯދި ކާމިޔާބަށް މެކްރޯން ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން މެކްރޯން ވިދާޅުވީ ފްރާންސްގެ ކީލިއަން އެމްބާޕޭ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، ނަމަވެސް އޭނާ ވަރަށް ޒުވާން ކަމަށެވެ. މެކްރޯން ވިދާޅުވީ އެމްބާޕޭ އަށް އަދި އެންމެ 24 އަހަރު ވަނީ ކަމަށެވެ. މެކްރޯން ވަނީ އެމްބާޕޭއާ ގުޅޭ ގޮތުން އިތުރަށް ބުނާނެ އެއްޗެއް އޮތްތޯ ނޫސްވެރިން ގާތު ސުވާލުކުރައްވާފައެވެ. މެކްރޯން ފާހަގަ ކުރެއްވި ގޮތުގައި އެމްބާޕޭ އަކީ ވޯލްޑް ކަޕްގެ އެންމެ މޮޅު ލަނޑުޖެހުންތެރިޔާއެވެ. އެމްބާޕޭ އަކީ ވަރަށް އާދަޔާ ޚިލާފު ކުޅުންތެރިޔެއްކަން ފާހަގަކުރައްވަމުން މެކްރޯން ވިދާޅުވީ، އެމްބާޕޭ އަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރެވުނު ކަމަށެވެ. ނަމަވެސް އެއްވެސް ކަމަކަށް ބަހަނާ ދައްކަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، އެމްބާޕޭއާ އެއްވަރަށް އޭނާ ވެސް ހިތާމަކުރައްވާ ކަމަށް މެކްރޯން ވިދާޅުވި އެވެ.

މެކްރޯން ވިދާޅުވީ ޕެނަލްޓީގައި ބަލިވީ ނަސީބު ދެރަވުމުން ކަމަށެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އެމަނުއަލް މެކްރޯންފްރާންސްްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު