Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާގެ ރައީސް ލަޕޯޓާ އާއި ކޯޗު ޒަވީގެ މަރުޙަބާ މެސީ އަށް

މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް އަކީ ޙަޔާތުގައި ވެސް ބެލި އެންމެ ފޯރިގަދަ، އެންމެ ރަނގަޅު މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 03:04
މެސީ ވޯލްޑް ކަޕް ޓްރޮފީ އަށް ބޮސްދެނީ

މެސީ ވޯލްޑް ކަޕް ޓްރޮފީ އަށް ބޮސްދެނީ

ސްޕެއިންގެ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އާއި ކޯޗު ޒަވީ ހެނާންޑޭޒް އެ ކުލަބުގެ ކުރީގެ ކުޅުންތެރިޔާ ލިޔޮނަލް މެސީ އަށް މަރުޙަބާ ކިޔައިފިއެވެ.

މެސީ އަކީ ބާސެލޯނާގެ ތާރީޚުގައި ވެސް އެ ޓީމަށް ކުޅެދިން އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ބާސެލޯނާ ދޫކޮށްލަން ޖެހުނީ ކުލަބުގެ މާލީ ހާލަތު ދައްވުމުގެ ސަބަބުންނެވެ. ބާސެލޯނާ ދޫކޮށް 2021 ވަނަ އަހަރު މެސީ ބަދަލުވީ އޭނާގެ މިހާރުގެ ކުލަބް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ލަޕޯޓާ އާއި ޒަވީ މެސީ އަށް މަރުޙަބާ ކިޔާފައިވަނީ މިއަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ.

މެސީގެ ޒަމާންވީ ދިގު ހުވަފުނުގައި ކުލަ ޖެހި ހަގީގަތަކަށް ވުމުން ލަޕޯޓާ އާއި ޒަވީ ބުނީ، މެސީ އަށް ލިބުނީ ތާރީޚީ ބޮޑު ކާމިޔާބީ އެއް ކަމަށެވެ. ބާސެލޯނާގެ ކޯޗުކަމުގައި މިހާރު ހުރި ޒަވީ އަކީ މެސީއާއެކު ބާސެލޯނާ އަށް ކުޅުނު ގާތް ރަޙުމަތްތެރިއެކެވެ. މިއަހަރުގެ މުބާރާތުގެ ތެރެއިން ޒަވީ ބުނީ، ސްޕެއިން ކަޓައިފިނަމަ، ދެން އޭނާ މުބާރާތުގެ ތަށި ލިބުން އެދެނީ މެސީ އާއި އާޖެންޓީނާ އަށް ކަމަށެވެ. ޒަވީ ބުނީ މެސީ ހޯދި ކާމިޔާބަކީ އޭނާ އަށް ސެލިއުޓް ނަގަން ޖެހޭ ވަރުގެ ކާމިޔާބެއް ކަމަށެވެ. މީގެ އިތުރުން ޒަވީ ވަނީ ފައިނަލްގައި ބަލިވި ފްރާންސް ޓީމުގައި ތިބި ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ، އޮސްމާން ޑެމްބެލޭ އާއި ޖޫލްސް ކޫންޑޭ އަށް ހިތްވަރު ދީފައެވެ.

ޒަވީ ބުނީ ފައިނަލް މެޗަކީ ދެ ޓީމަށް ވެސް ވަރަށް ފޯރި ގަދަ، އަދި އަސަރުން ފުރިގެންވާ މެޗެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް އަކީ ޙަޔާތުގައި ވެސް ބެލި އެންމެ ފޯރިގަދަ، އެންމެ ރަނގަޅު މެޗު ކަމަށެވެ. ޒަވީ ބުނީ އޭނާ އަށް ޤަބޫލު ކުރުވޭ ގޮތުގައި އާޖެންޓީނާ ވަރުގަދަ ކަމަށާއި އެ ޓީމަށް މި ކާމިޔާބީ ވެސް ހައްގު ކަމަށެވެ. ޒަވީ ވަނީ އެހެން ބުނަން ޖެހުނީތީ ޑެމްބެލޭ އާއި ކޫންޑޭގެ ކިބައިން މައާފަށް ވެސް އެދިފައެވެ. ނަމަވެސް މެސީ އަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން ބޭނުންވާ ކަމަށާއި، މެސީގެ ކެރިއަރުގައި މިހާރު ވޯލްޑް ކަޕް ވެސް މަދު ނުވާނެ ކަމަށެވެ.

މީގެ އިތުރުން ބާސެލޯނާގެ ރައީސް ލަޕޯޓާ ވިދާޅުވީ މެސީ އަށް ވޯލްޑް ކަޕް މުބާރާތެއް ޙައްޤު ކަމަށާއި، މެސީ އަކީ އަބަދުވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެއީ ވަރަށް ބޮޑު ތާރީޚީ ކާމިޔާބެއް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ކޫންޑޭ އާއި ޑެމްބެލޭ މުބާރާތް ކާމިޔާބު ކުރި ނަމަވެސް އުފާވާނެ ކަމަށާއި، ނަމަވެސް އެންމެން ވެސް މެސީ ދެކެ ލޯބިވާ ކަމަށާއި، ފަޚުރުވެރިވާނެ ކަމަށެވެ. އަދި މެސީ ބާސެލޯނާ އަށް ކޮށްދިން ކަންކަމަކީ ވަރަށް އުފާވެރި ކަންތައްތައް ކަމަށެވެ.

ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާނެއެވެ. މެސީ ހޯދުމަށް ބާސެލޯނާއިން ފޫގަޅައިގެން އޮތް ކަމަށް ރިޕޯޓުތައް ބުނާއިރު، ޕީއެސްޖީން މެސީ ދޫކޮށްލާކަށް ބޭނުމެެއް ނުވެއެވެ.

ފީފާ ވޯލްޑް ކަޕްބާސެލޯނާޖޮއާން ލަޕޯޓާޒަވީލިއޮނެލް މެސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު