Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް

ސަލާމަތީ ކަންކަން ޗާންސަކަށް ދޫކޮށްލައިގެން ނުވާނެ، ބޭނުންވަނީ ރަނގަޅު ފްރޭމްވޯރކްތައް: ނިޔާޒީ

އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓްގެ މުހިންމު ކަމަށް ނިޔާޒީ އަލިއަޅުވާލެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޑިސެމްބަރު 2022 | ހޯމަ 13:47
ޙުސައިން ނިޔާޒީ

ޙުސައިން ނިޔާޒީ

ސަލާމަތީ ކަންކަން ޗާންސަކަށް ދޫކޮށްލައިގެން ނުވާނެ ކަމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ބޭނުންވަނީ ރަނގަޅު ފްރޭމްވޯރކްތަކެއް ކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ ފުރަތަމަ އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

ކަނޑުމަތީގެ ދަތުރުތައް ކުރާތާ އެތައް ދުވަހެއް ވީ އިރު ވެސް ކަނޑުމަތީގެ ދަތުރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން އެންމެ އެކަށީގެންވާ ގޮތުގައި އަދިވެސް މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭވިއޭޝަން ދާއިރާގެ ޚިދުމަތް ފެށީ އެއަށް ވުރެ މާ ފަހުން ކަަމަށާއި، އޭވިއޭޝަން ދާއިރާގެ ސޭފްޓީ މެޝާސް ނުވަތަ ސަލާމަތީ ކަންކަން އެހެން ދާއިރާތަކާއި އަޅާ ބަލާ އިރު ވަރަށް ބޮޑު ތަނުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ހިނގަނީ ކަންކަން ދޫކޮށްލާފައި ބޭއްވުމުގެ ބަދަލުގައި ހަރުދަނާ އިންތިޒާމްތަކުގެ ދަށުން އެކުލަވާލާ ރަނގަޅު ފްރޭމްވޯކްތަކުގެ އަލީގައި ވިލަރެސްކުރާތީ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ވަކި ސްޓޭންޑަޑް ތަކެއް ކަނޑައެޅުމަށް ފަހު ސަލާމަތީ ކަންކަން ސްޓޭންޑާޑަށް ފެއްތުމަށް ޓްރެއިނިންގ ހަދަމުންދާ ކަން ނިޔާޒީ ވަނީ ފާހަގަކުރައްވާފައެވެ. ސަލާމަތީ ކަންކަން ރަނގަޅުވާނީ ވަރަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލައިގެން ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން އެމްޕީއެލް އިން އަޅާ ސަލާމަތީ ފިޔަވަޅުތަކާއި އެކު ވިޔަފާރިއަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިޔާޒީ ވަނީ ކޯޕަރޭޓް ދާއިރާގައި ވެސް ޕްރިންސިޕަލްތައް ނުވަތަ އުސޫލުތަކުގެ މަތީގައި ކަންކަން ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރުމަކީ މަކަރާއި ހީލަތް ނުވަަތަ ސްކޭމްތަކަށް ހުޅުވިފައި އޮންނަ ދޮރު ބަންދުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރި އަދި ކޯޕަރޭޓް މޮޑެލްތަކަށް ލިބޭ އެފަދަ ތަޖުރިބާތަކުގެ އެހީގައި ކަންކަން އިސްލާހުކުރަން އަބަދުވެސް މަސައްކަތްކުރަން ވާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު ހިމެނޭ ގޮތަށް ބަލާ އިރު ޕްރޮޖެކްޓްތަކުގެ ފީސިބިލިޓީ އާއި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ވެސް އެކަންކަމުގައި އޮތް ރިސްކް ދުރާލާ ދެނެގަނެވިފައި އޮތުން ވަރަށް މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީސްއެމްޕީއެލް

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު