Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދެ ރައީސުން ގަދަހިފުމަކަށް

އެމްޑީޕީ ޕްރައިމަރީ ޖެނުއަރީ 28ގައި އޮންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2022 | ހޯމަ 13:52
އެމްޑީޕީ ކޮންގްރެސް 2022ގައި ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީ ކޮންގްރެސް 2022ގައި ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ވެރިކަމުގައި އޮތް މައި ޕާޓީ އެމްޑީޕީއަށް ކުރިޔަށް އޮތް އޮތީ ފޯރިގަދަ ދުވަސްތަކެކެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމެވެ. އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަން ވަނީ އިއުލާނުކުރައްވާފައެވެ. ޕްރައިމަރީއަށް ވާދަކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަދި ރަސްމީކޮށް އިއުލާނެއް ނުކުރައްވައެވެ. ނަމަވެސް ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު އެމަނިކުފާނު ޕްރައިމަރީއަށް ވާދަކުރައްވާނެކަމީ ޔަގީންކަމެކެވެ.

ކޮންމެއަކަސް މި ޕްރައިމަރީ ވެގެންދާނީ އެކި ގޮތްގޮތުން ފާހަގަކޮށްލެވޭނެ ޕްރައިމަރީއަކަށެވެ. އާންމުގޮތެއްގައި ވެރިކަންކުރާ މައި ޕާޓީން ކަންކުރަމުން އައި ގޮތަކީ، ޖެހިގެން އަންނަ އިންތިޚާބުގެ ޓިކެޓް އޭރު ރައީސަކަށް ހުންނަ މީހަކަށް ވެދުމަށްއެރުވެމުވެ. ރިޔާސީ ޓިކެޓްގެ ޕްރައިމަރީތަކަކީ މާބޮޑެތި ވާދަވެރިކަމެއް އާންމު ގޮތެއްގައި އޮންނަ ޕްރައިމަރީތަކެއް ނޫނެވެ. އާންމު ގޮތެއްގައި ޕްރައިމަރީއަށް ވާދަކުރަނީ އެކަކެވެ. ދެން ނަގަންޖެހެނީ ފެންނަ ނުފެންނަ ވޯޓެކެވެ. ނަމަވެސް 2013 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީއަކީ ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް އޮތް ޕްރައިމަރީއެކޭ ބުނެވިދާނެއެވެ. އެފަހަރު ޕްރައިމަރީގައި ވާދަކުރީ ރައީސް އަބްދުﷲ ޔާމީނާއި އުމަރު ނަސީރެވެ.

އޭގެފަހުން ވާދަވެރިކަމޭ ކިޔާޒާތުގެ ޕްރައިމަރީއަކަށް ވެގެންދާނީ، އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް އެމްޑީޕީން އިއުލާންކޮށްފައިވާ އެޕާޓީގެ ޕްރައިމަރީއެވެ. ރައީސަކަށް ހުރި މީހަކަށް ވެދުމަށް ޓިކެޓް ނާރުވައި ޕްރައިމަރީއަކަށް ދާންޖެހުނީ ޕާޓީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާތީއެވެ. އެމަނިކުފާނު ދެކެމުން އައި ބަރުލަމާނީ ނިޒާމުގެ ހުވަފެނުގައި ކުލަ ނުޖެހި އެންމެ ފަހުން ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަށް ނިކުންނެވުމަށް ނިންމެވީއެވެ. ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ މިސަރުކާރުން ވެފައިވާ ބަރުލަމާނީ ވައުދު ނުފައްދާކަމަށެވެ. ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެވައުދު ނުފުއްދާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނުކުތުމަކީ ހެދޭ ގޯހެކެވެ. ނަމަވެސް އެމަނިކުފާނު ޚުދު އެރޭހަށް ނުކުންނެވުމަށް މިވަނީ ނިންމަވާފައެވެ.

2019 ވަނަ އަހަރުން ފެށިގެން ޕާޓީގެ ދެ ރައީސުންގެ މެދުގައި އުފެދުމުން އައި ޚިޔާލުތަފާތުވުންތައް ބޮޑުވަމުން، ފުޅާވަމުން، ދެ ފެކްޝަނެއް ފާއިތުވި ދުވަސްތަކުގައި އުފެދެމުން ދިޔަތަން ވަނީ ފެނިގެންގޮސްފައެވެ. އެނޫން މަންޒަރެއް ކިތަންމެ ވަރަކަށް ދައްކަން މަސައްކަތްކުރިއަސް ކަން އޮތީ އެހެން ނޫންކަން ސާފުވާހާ މިންވަރަށް ކަންކަން ވަނީ ގޮސްފައެވެ. ފާޅުގައި ރައީސް ސާލިހު ފެކްޝަނާއި ރައީސް ނަޝީދު ފެކްޝަނުން މަސައްކަތްކުރަމުންދާތަން އަންނަނީ ފެންނަމުންނެވެ. ދެ ރައީސުންގެ ފަރާތުން ދެ ކެންޑިޑޭޓުން ޗެއަރޕަރސަން އިންތިޚާބަށް ނެރުނުތަން ވަނީ ފެނިފައެވެ. އޭގެފަހުން ބޭއްވި ކޮންގްރެސްގައި ދެ ރައީސުން ކޮނޑާއިކޮނޑު ޖައްސަވައި، ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯއްދަވާނެކަމަށް ވިދާޅުވިނަމަވެސް އޭގެފަހުންވެސް ފެނިގެންދިޔައީ އެފަދަ މަންޒަރެއްނޫނެވެ.

ކޮންގްރެސް ނިންމަވާލައްވަމުން ދެ ރައީސުން ސްޓޭޖު މަތީގައި ނެންގެވި ފޮޓޯތަކަކީ އެވަގުތަށް މުހިންމު ފޮޓޯތަކަކަށް ވެދާނެއެވެ. ނަމަވެސް އެފޮޓޯތަކުންވެސް ދެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އެއްފަރާތްކުރެވޭ ގޮތެއް ނުވެއެވެ. ޕްރައިމަރީއަކަށް ނުގޮސް ދެ ރައީސުންގެ ކަންކަން ސުލްހައިގައި ނިންމުމަށްވެސް ކޮންމެސްވަރެއްގެ މަސައްކަތްތަކެއް އެމްޑީޕީގެ ތެރެއިން ކުރެވުނު ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ޕްރައިމަރީއަށް އިއުލާންކުރީ އެވާހަކަތައް ކޮޅެއްގައި ނުޖެހުމުންނެވެ. އެމްޑީޕީގެ ދެ ރައީސުންނަކީ ކުޑައިރުއްސުރެ ނުހަނު ގާތް ދެ ރަހުމަތްތެރިންނެވެ. ޕާޓީގެ އާންމު މެމްބަރުން އަބަދުހެންވެސް ގަބޫލުކުރަނީ ދެ ރައީސުން ޕާޓީއަށް ދެރަގޮތެއް ނުހަދާނެކަމެވެ. ނަމަވެސް ދެ ރައީސުންގެ ވާދަވެރިކަމާއެކު އެމްޑީޕީ ވަނީ ރަނގަޅަށްވެސް ދެކަފިވެފައެވެ. އެ ދެކަފިވުންތަކާއެކު ދެ ފެކްޝަނުން އެއް ފެކްޝަނު އަނެއް ފެކްޝަނަށް ދެމުންދާ ބަހުގެ ހަމަލާތަކާއި، ކުރިކަމަށްބުނެ އެއް ބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވާ ކަންކަމަކީ އިދިކޮޅު ޕާޓީންވެސް ނުދައްކާ ވާހަކަތަކެވެ.

ދެ ރައީސުންގެ ޚިޔާލުތަފާތުވުންތަކާއި ވާދަވެރިކަން އެހާހިސާބަށް އޮތްއިރު، ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވައި، ނުކުންނަ ނަތީޖާ ވެގެންދާނީ ދެ ރައީސުންގެ މަގުބޫލުކަން އެމްޑީޕީގެ ތެރޭގައި އޮތް މިންވަރު އެންމެ ރަނގަޅަށް ކިރާލެވޭނެ ކަމަކަށެވެ. މީގެކުރިން ފެނިގެންދިޔައީ ޕާޓީގެ ތެރޭގައި ދެ ރައީސުންގެ ބާރު އޮތް މިންވަރު އެކިގޮތްގޮތަށް ބެލުމުގެ ކަންކަމެވެ. ނަމަވެސް ސީދާ ދެ ރައީސުން ޕްރައިމަރީގައި ވާދަކުރުން ވެގެންދާނީ ޕާޓީގެ މެމްބަރުންގެ މެދުގައި އެންމެ މަގުބޫލު ރައީސަކު ކަނޑައަޅަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަށެވެ.

ނަމަވެސް މިއާއެކު ދެން އުފެދެނީ އެހެން ސުވާލެކެވެ. ޕްރައިމަރީން ބަލިވާ ބޭފުޅަކު މޮޅުވާ ބޭފުޅެއްގެ ފަހަތަށް އަރުއްވައިގެން ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ނުކުންނަވާފާނެތޯއެވެ. ޕްރައިމަރީއަށްފަހު ދެ ރައީސުން އެއްގަލަކަށް އަރުއްވާފާނެތޯއެވެ. ދެ ރައީސުން ޕާޓީއަށް ދެރަގޮތެއް ނުހައްދަވާނެކަމަށް ގަބޫލުކޮށްގެން ތިބި އެމްޑީޕީގެ އާންމު މެމްބަރުންގެ އުންމީދުތަކަށް ހައްދަވާނީ ކިހިނެއްތޯއެވެ.

އެމްޑީޕީރައީސް ނަޝީދުރައީސް ސާލިހު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު