Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މަސްވެރިކަން

ހަމައެކަނި ރޯމެޓީރިއަލް ގޮތުގައި މަސް އެކްސްޕޯޓުކޮށްގެން ފައިދާއެއް ނުވާނެ: ފައުޒީ

19 ޑިސެމްބަރު 2022 | ހޯމަ 07:19

އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓުގެ އަގުތަކާއި ގުޅިގެން ހުރި ގޮންޖެހުންތައް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޑިސެމްބަރު 2022 | ހޯމަ 07:19
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

ހަމައެކަނި ރޯމެޓީރިއަލް ގޮތުގައި މަސް އެކްސްޕޯޓު ކޮށްގެން ފައިދާއެއް ނުވާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފައުޒީ ވިދާޅުވީ، މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ. އެގޮތުން ކުންފުނީގައި ވަރުގަދަ ޓީމެއް އެބައޮތް ކަމަށާއި، އެ ޓީމުން ކެނޑިނޭޅި އެކަމަށްޓަަކައި މަސައްކަތް ކުރަމުންދާކަމަށެވެ.

Advertisement - newsAdvertisement

ފައުޒީ ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓުގެ އަގުތަކާއި ގުޅިގެން ހުރި ގޮންޖެހުންތައް ކަމަށެވެ. ނަމަވެސް ސަރުކާރުން ދޭ އެއްބާރުލުމާއި، ރަނގަޅު އަގު ހޯދަން ކުރާ މަސައްކަތާއެކު، ކުރިއަށް އޮތް ތަނުގައި ނަތީޖާ ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މަސް ރޯ މެޓީރިއަލް ގޮތުގައި އެކްސްޕޯޓު ކޮށްގެން އެކަނި ފައިދާއެއް ނުވާނެކަން ފާހަގަ ކުރައްވައި ފައުޒީ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެތަކެތި ޕްރޮސެސްކޮށްގެން އާމްދަނީ ހޯދުން އިތުރުކުރަން ޖެހޭ ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރެއިން މިފްކޯއަކީ ބޮޑުތަނުން ފައިދާ ލިބޭ ކުންފުންޏަކަށް ހެދިދާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައުޒީ ވަނީ  މަސްވެރިންނަށް ދޭ ޚިދުމަތްތައް ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ލޯންޗު ކޮށްފައިވާ "ހޯސާ" އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ ލުއިފަސޭހަތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

މި އެޕްލިކޭޝަންގެ ސަބަބުން މަސްވެެރިން އެމީހުން ބާނާ މަސް ކިރުމަށް ކިއު ނަންބަރެއް ނެގުމަށް މަޑުކުރަންޖެހޭ ވަގުތު މަދުވެ، އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް ކިއު ނަންބަރެއް ނެގޭނެއެވެ. އަދި މަސް ކިރާ ޕޮއިންޓުތައް ހޯދުމާއި ކިއު ނަންބަރު ބަލާލުމާއި، ފައިސާގެ މުއާމަލާތްތައް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެއެވެ.

މިފްކޯއިން ބުނީ ސަރވިސް ބިލްތައް ވެސް މިހާރު އެޕްލިކޭޝަން މެދުވެރިކޮށް ފެންނަމުންދާނެ ކަމަށެވެ. ފައިސާ ލިބިފައި ހުންނަ ބިލްތައް ވެސް އެޕްލިކޭޝަނުން ފެންނާނެއެވެ. މީގެ އިތުރުން ދޯނީގެ ލައިސެންސާއި، ރެޖިސްޓްރޭޝަން ސެޓްފިކެޓް އަދި ހައިޖިން ސެޓްފިކެޓު ވެސް މަސްވެރިންނަށް ފަސޭހަކަމާއެކު މި އެޕަށް އަޕްލޯޑުކޮށްލެވެއެވެ.

މި އިންގިލާބީ ބަދަލާއެކު މަސްވެރިކަމުގެ މުޅި ސިނާއަތް ބަދަލުވެގެންދާނެ ކަމަށް މިފްކޯއިން ދެކެއެވެ. އަދި މި އެޕްގެ ސަބަބުން ސަރުކާރަށް ވެސް ޕޮލިސީލަތައް އެކުލަވާލުވުމުގައި ފަސޭހަވެގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯމަސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
02 ޖުލައި 2025

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް