Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް ސޭފްޓީ ވީކް

އެމްޕީއެލްގެ ސޭފްޓީ ވީކް ފަށައިފި

19 ޑިސެމްބަރު 2022 | ހޯމަ 08:22

"ހެލްތް ސޭފްޓީ އެންޑް އެންވަޔަރމަންޓް ޕޮލިސީ ސްޓޭޓްމަންޓް" ވަނީ އިފްތިތާހުކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޑިސެމްބަރު 2022 | ހޯމަ 08:22
އެމްޕީއެލް ސޭފްޓީ ވީކް

އެމްޕީއެލް ސޭފްޓީ ވީކް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސޭފްޓީ ވީކް 2022 ފަށައިފިއެވެ.

އެމްޕީއެލް އިން ބުނީ މިއީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން އެމްޕީއެލްއިން ސޭފްޓީ ވީކްއެއް ބާއްވާރާ 3 ވަނަ އަހަރެވެ. މީގެ ކުރިން 2019 އަދި 2021 ގައި ކާމިޔާބު ކަމާއެކު ސޭފްޓީ ވީކް ބާއްވާފައިވެއެވެ.

Advertisement - newsAdvertisement

ހަފްތާއެއްގެ މުއްދަތަށް ކުރިއަސް ގެންދިއުމަށް ހަމަޖެހިފައިވާ ސޭފްޓީ ވީކްގައި މި އަހަރު ވެސް ގިނަ ހަރަކާތްތްތަކެއް ވަނީ ހިމަނާފައެވެ. މިއަހަރުގެ ސޭފްޓީ ވީކް ފެށުމުގެ ގޮތުން ހޯމަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓުގެ އޮޕަރޭޝަންސްތަކުގައި ސަލަމަތާއި ރައްކާތެރިކަން ކަށަވަރުވާ މާހައުލެއް ގާއިމްކުރުމަކީ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ.

ޝާހިދު ވިދާޅުވީ ޕޯޓުގެ އޮޕަރޭޝަންސްތަކަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި މަސައްކަތަކަށްވާއިރު، ސަލާމަތާއި، ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް ހިންގޭ ސޭފްޓީ ވީކް އަކީ މުހިންމު ޕްރޮގްރާމެއް ކަަމަށެވެ.

މި ރަސްމިއްޔާތުގައި ކުންފުނީގެ ހެލްތް އެންޑް ސޭފްޓީ ސްޓެންޑަރޑް ތަންފީޒުކުރުމުގެ ގޮތުން، "ހެލްތް ސޭފްޓީ އެންޑް އެންވަޔަރމަންޓް ޕޮލިސީ ސްޓޭޓްމަންޓް" ވަނީ އިފްތިތާހުކޮށްފައެވެ. މި ޕޮލިސީ ސްޓޭޓްމަންޓަކީ ސިނާއަތުގެ އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކޮށް، ރާއްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ތަބާވެ، ކުންފުނީގެ ހުރިހާ ހަރަކާތްތަކާއި އޮޕަރޭޝަންސްތައް ރައްކާތެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމެވެ.

މީގެ އިތުރުން، ޕޯޓުގައި މަސައްކަތްކުރާ މަޖުރީ ގްރޫއްޕުތަކުގެ ފަރާތަކުން ލިބޭ އެއްބާރުލުމާއި އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެމްޕީއެލްގެ ފަރާތުން ހެލްމެޓްތަކެއް ވަނީ ހަދިޔާކޮށްފައެވެ.

އަދި އެމްޕީއެލްގެ ސޭފްޓީ ޑިޕާޓްމަންޓަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި، މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ އެކި ހާދިސާތަކުގއި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުންނާއި އެމްޕީއެލް އާއެކު މަސައްކަތް ކުރާ އެހެން މުއައްސަސާތަކުގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ އެފަރާތްތަކަށް ދީފައެވެ.

މި ރަސްމިއްޔާތުގައި މާލޭ ވިޔަފާރި ބަނދަރުގައި މީގެ ކުރިން ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ހަނދާންތައް އާކުރުމުގެ ގޮތުން ސްކޫތެއް ވަނީ ގެނެސްފައެވެ.

އެމްޕީއެލްއެމްޕީއެލް ސޭފްޓީ ވީކް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް