Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެސީއާއި އެމްބާޕޭ

މެސީއާއި އެމްބާޕޭ، އިންޑިއާގެ ގޮނޑުދޮށަށް؟

ޕައްޓްނައިކް، އޭނާގެ ފަރުމާތައް ދަމާލީ އިންޑިއާގެ އައްސޭރިފަށުގެ ސަރަޙައްދެއް ކަމަށް ވާ އޮރިއްސާގެ ގޮނޑުދޮށުގަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 ޑިސެމްބަރު 2022 | އާދީއްތަ 13:42
މެސީއާއި އެމްބާޕޭ، އިންޑިއާގެ ގޮނޑުދޮށަށް؟

މެސީއާއި އެމްބާޕޭ، އިންޑިއާގެ ގޮނޑުދޮށަށް؟

ކުރިކެޓަށް މަރުދޭ ޤައުމެއްގެ ގޮތުގައި ސިފަ ކުރާ އިންޑިއާގައި، ފުޓުބޯޅައަށް އޮންނަނީވެސް ވަކި އާދައިގެ ލޯތްބެކޭ ދެންނެވޭކަށް ނެތެވެ. އެކަން ސާބިތުކޮށްދިން އެކަކީ ވެލި ބޭނުންކޮށްގެން ތަފާތު އެކި ކަހަލަ ފަރުމާތައް ކުރުމަށް މަޝްހޫރު، އިންޑިއާގެ ފަންނުވެރިއެއް ކަމަށް ވާ، ސުދާރްސަން ޕައްޓްނައިކްއެވެ.  

ވޯލްޑްކަޕްގެ ތަށި އުފުލާލުމުގެ ވަރުގަދަ ޢަޒުމުގައި އާޖެންޓީނާއާއި ފަރަންސޭސިވިލާތުން، ޑިސެމްބަރު 18 ވަނަ ދުވަހުގެ ރޭ މެޗަށް ނުކުންނަ އިރު، އެ 2 ޓީމަށްވެސް ހެޔޮ އެދުމުގެ ގޮތުން ޕައްޓްނައިކް، އޭނާގެ ފަރުމާތައް ދަމާލީ އިންޑިއާގެ އައްސޭރިފަށުގެ ސަރަޙައްދެއް ކަމަށް ވާ އޮރިއްސާގެ ގޮނޑުދޮށުގައެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ފަރަންސޭސި ފޯވާޑް ކިލިއަން އެމްބާޕޭގެ ތަސްވީރު، ޕައްޓްނައިކް ކަނޑާނެގީ ގޮނޑޮދޮށުގައި ޖެހި ހާއްސަ ވެލި ފުންޏެއްގައެވެ. 2 ކުޅުންތެރިންނަށްވެސް "ގުޑްލަކް" ކިއާފައި އޮތީވެސް ހަމަ އެ ވެލިފުނީގައެވެ.

ޤަޠަރުގެ ލުސައިލް ސްޓޭޑިއަމްގެ ދަނޑުމަތީގައި ގަދަ ހިފުމަކަށް މެސީއާއި އެމްޕާބޭ ނުކުންނައިރު، އެ 2 ކުޅުންތެރިންނަށްވެސް ތަޢުރީފުކޮށް، ޕައްޓްނައިކް ތައްޔާރުކުރި ހާއްސަ ފަރުމާގައި 5 ޓަނުގެ ވެލި ބޭނުން ކޮށްފައިވެއެވެ. އެ ވެލި ފުންޏަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށްޓަކާ 150 ފުޓުބޯޅަވެސް ބޭނުން ކޮށްފައިވެއެވެ.

2018 ވަނަ އަހަރުގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ފަރަންސޭސިވިލާތުން މި ފަހަރުގެ ތަށި އުފުލާލައިފިނަމަ އެ ޤައުމު ވެގެންދާނީ 1962 ވަނަ އަހަރު ބްރެޒީލް އިން ތަށި އުފުލާލި ފަހުން، ވިދިވިދިގެން ވޯލްޑްކަޕް ތަށި ކާމިޔާބު ކުރި ފުރަތަމަ ޤައުމަށެވެ. ކަން މިހެން އޮތް އިރު، ފަރަންސޭސިވިލާތާ ދެކޮޅަށް، އޭނާގެ ޤައުމީ ޓީމު ގޮވައިގެން މެސީ ނުކުންނަނީ، ވޯލްޑްކަޕް މެޗުތަކަށް ވަދާޢީ ސަލާމް ކުރުމުގެ ކުރިން، އޭނާގެ ޤައުމަށް ތަށި ހޯދާ ދިނުމުގެ ވަރުގަދަ ޢަޒުމުގައެވެ.

ލިއޮނެލް މެސީކީލިއަން އެމްބާޕޭފީފާ ވޯލްޑް ކަޕް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު