Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލް މީހުންގެ ޙައްޤުތައް ދިނުމަށް ގޮވާލުން

ޤަޠަރުގައި މަސައްކަތްކުރި ނޭޕާލް މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދޭން އެ ޤައުމުން ގޮވާލައިފި

ނޭޕާލުގެ މަދަނީ ޖަމްޢިއްޔާތަކުން ވަނީ، ޤަޠަރުގައި ކުރި މަސައްކަތްތަކަށް ޙައްޤު އުޖޫރަ ދީފައި ނުވާ މަސައްކަތްތެރިންނަށް ބަދަލުދިނުމަށް ޑިމާންޑްކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ޑިސެމްބަރު 2022 | ހޮނިހިރު 17:28
ޤަޠަރުގެ ސްޓޭޑިއަމެއް ހެދުމުގައި މަސައްކަތްތެރިން ޙަރަކާތްތެރިވަނީ

ޤަޠަރުގެ ސްޓޭޑިއަމެއް ހެދުމުގައި މަސައްކަތްތެރިން ޙަރަކާތްތެރިވަނީ

ޤަޠަރުގައި މަސައްކަތްކުރި ނޭޕާލްގެ ހިޖުރަވެރި މަސައްކަތްތެރިންގެ ޙައްޤުތަކާއި ޢިނާޔަތްތައް ކަށަވަރުކޮށްދީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ނޭޕާލްގެ ގުރޫޕުތަކުން، ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އަށް ގޮވާލައިފިއެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ނޭޕާލްގެ މަދަނީ ޖަމްޢިއްޔާތަކުން ވަނީ، ޤަޠަރުގައި ކުރި މަސައްކަތްތަކަށް ޙައްޤު އުޖޫރަ ދީފައި ނުވާ މަސައްކަތްތެރިންނަށް ބަދަލު ދިނުމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ޑިމާންޑްކޮށްފައެވެ.

ފީފާ ވޯލްޑްކަޕް 2022ގެ ހޮސްޓް، ޤަޠަރުގެ 2.9 މިލިއަން މީހުންގެ އާބާދީގެ އަޣުލަބިއްޔަތު ޙިއްޞާކުރަނީ ހިޖުރަވެރި މަސައްކަތްތެރިން ނުވަތަ ބިދޭސީންނެވެ. ޤަޠަރުގައި ދިރިއުޅެމުންދާ ހިޖުރަވެރިންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގައި ޤަޠަރުން ފެއިލްވެފައިވާކަމުގެ ޝަކުވާއަކީ، ހުޅަނގުގެ ބާރުތައް އިސްވެ އޮވެ، ތާ އަބަދުމެހެން ފެންމަތިކުރަމުންދާ ޝަކުވާއެކެވެ.

ޤަޠަރުގެ ސަރުކާރުން ބުނީ، އެ ޤައުމުގެ މަސައްކަތްތެރިންގެ ނިޒާމު އޮތީ އަދިވެސް އޮތީ ހަރުދަނާކުރުމުގެ މަރުޙަލާގައި ކަމަށެވެ. ނަމަވެސް އެތައް މަސައްކަތްތެރިންނެއް ޤަޠަރުގައި ބެދި، އިންތިހާއަށް ބިކަވެފައިވާކަމަށް ތުހުމަތުކޮށް، އެމްނެސްޓީ އިންޓަރނޭޝަނަލްއިން 2021 ވަނަ އަހަރު ޢާންމުކުރި ރިޕޯޓަށް، ޤަޠަރުގެ ސަރުކާރުން ވަނީ އިންކާރުކޮށްފައެވެ.

ނޭޕާލްގެ ޖަމްޢިއްޔާތަކުން އިންފަންޓީނޯއަށް ފޮނުވާފައިވާ އޯޕަން ލެޓަރއެއްގައި ބުނެފައިވަނީ، ޤަޠަރުގައި އެކި ކަހަލަ އަނިޔާ ތަޙައްމަލުކުރަން ޖެހުނު މަސައްކަތްތެރިންނާއި، ޤަޠަރުގައި ހިނގި ޙާދިޘާތަކުގައި ފުރާނަ ގެއްލިގެންދިޔަ މަސައްކަތްތެރިންގެ ޢާއިލާތަކަށް ބަދަލު ހޯދައިދިނުމަށް ޑިމާންޑްކުރާކަމަށެވެ. ޙައްޤު ޢިނާޔަތް ހޯދުމަށް ޑިމާންޑްކުރުމަށް ޤަޠަރުން އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން، އެކަމަށް އެދި ހުށަހަޅައިގެން ކާމިޔާބެއް ލިބުމަކީ، އަނބުރާ ނޭޕާލަށް ދަތުރު ކޮށްފައިވާ މަސައްކަތްތެރިންނަށް، ވުމަށްވުރެ ނުވުން ގާތް ކަމެއް ކަންވެސް އޯޕަން ލެޓަރގައި ވަނީ ފާހަގަކޮށްފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރެކޯޑްތަކަށް ބަލާއިރު، ޤަޠަރުގެ އެކި ސެކްޓަރުތަކުގައި މަސައްކަތްކުރާ ނޭޕާލް ރައްޔިތުންގެ ޢަދަދު 4 ލައްކައަށް އަރައެވެ. އަދި ވޯލްޑްކަޕަށް ޤަޠަރުން ހިންގި ޢުމްރާނީ މަޝްރޫޢުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވި އެއް ބަޔަކީވެސް ނޭޕާލްގެ ހިޖުރަވެރި މަސައްކަތްތެރިން ކަމަށް ޚަބަރު ލިބެއެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ނޭޕާލްގެ ޖަމްޢިއްޔާތަކުގެ އޯޕަން ލެޓަރއާ ގުޅިގެން، ފީފާއާއި މުބާރާތް އިންތިޒާމްކުރާ ސުޕްރީމް ކޮމިޓީ ފޮރ ޑެލިވަރީ އެންޑް ލެގަސީގެ ބަހެއް އަދި ލިބިފައި ނުވާކަމަށް، ރޮއިޓަރސްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ނޭޕާލްގަތަރު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
24 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު

24 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު
17 ސެޕްޓެމްބަރު 2025

ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި

17 ސެޕްޓެމްބަރު 2025
ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް