Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ފްރާންސްގެ ބައެއް ކުޅުންތެރިން ބަލިވެފައި، ނަމަވެސް ކޯޗަށް ހާސް ކަމެއް ނެތް

ޑެޝޯމްޕްސް ބުނީ މަސައްކަތް ކުރަމުން އަންނަނީ ވީ މިންވަރަކުން އެ ހާލަތު ބަދަލު ކުރުމަށް ކަމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 02:16
ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ފްރާންސްގެ ބައެއް ކުޅުންތެރިން ބަލިވެފައި ތިބި ކަމަށް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދިފާއީ ޗެމްޕިއަނުންގެ ކޯޗު ބުނީ ޓީމުގައި ބަލިމަޑުކަމެއް އުޅޭ ކަމަށާއި، ނަމަވެސް އެކަމާ ހާސްވެ ކަންބޮޑުވާން ޖެހޭ ހާލަތަށް ނުދާ ކަމަށެވެ. ޑެޝޯމްޕްސް ބުނީ، ޓީމު ތައްޔާރުވަމުން އަންނަނީ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ދިފާއު ކުރަން ކަމަށެވެ.

ފްރާންސްގެ ކުޅުންތެރިންގެ ތެރެއިން ޑިފެންޑަރު ޑޭޔޮޓް އުޕަމެކާނޯ، އިބްރާހިމާ ކޮނާޓޭ، ރަފެއެލް ވެރާން، މިޑްފީލްޑަރު އެޑްރިއަން ރާބިއޮޓް އަދި ފޯވާޑް ކިންގްސްލޭ ކޯމަން އަށް ވަނީ ފާއިތުވި ހަފްތާގައި ބަލީގެ އަސަރުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކުޅުންތެރިން އަންނަނީ މަޑުމަޑުން ރަނގަޅުވަމުން ކަމަށް ކޯޗު ޑެޝޯމްޕްސް ވަނީ ބުނެފައެވެ. މީގެ ތެރެއިން ކޮނާޓޭ، ކޯމަން އަދި ވެރާން ވަނީ ހުކުރު ދުވަހު މުޅި ޓީމުގެ ފަރިތަކުރުމުގައި ބައިވެރިނުވެ ކަމަށް ކޯޗު ބުންޏެވެ. ނަމަވެސް ސެމީ ފައިނަލް މެޗުގައި ވެސް ނުކުޅެވުނު ރާބިއޮޓް އަދި އުޕަމެކާނޯ ވަނީ އަލުން އަނބުރާ ފަރިތަކުރުންތަކަށް ނުކުމެފައި ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ މަސައްކަތް ކުރަމުން އަންނަނީ ވީ މިންވަރަކުން އެ ހާލަތު ބަދަލު ކުރުމަށް ކަމަށެވެ. ޑެޝޯމްޕްސް ބުނީ އެކަމުގެ ސަބަބުން އޭނާ އެއްވެސް ވަރަކަށް ކަންބޮޑުވެ، ހާސް ނުވާ ކަމަށާއި މިވަގުތަށް މުހިންމީ ކެތްތެރިކަމާއެކު ކުރިއަށް އޮތް މެޗަށް ތައްޔާރުވުން ކަމަށެވެ.

އަދި ވޯލްޑް ކަޕްގެ ފައިނަލެއްގައި މުހިންމީ މެޗު ކަމަށާއި، ނަމަވެސް ދަނޑު ބޭރުގެ ހިއްސާ ވެސް އޮންނާނެ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ސަޕޯޓަރުންގެ އިތުރުން ފްރާންސްގެ ބައެއް ރައްޔިތުން ވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވޯލްޑް ކަޕް މުބާރާތް އުފުލާލާ މަންޒަރު ބަލަން ބޭނުންވާ ކަމަށެވެ.

ޕްރެސްގައި ބައިވެރިވެ ވާހަކަ ދައްކަމުން ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ބުނީ، އެންމެ ކުޅުންތެރިޔަކަށް ފޯކަސް ކުރުމަށްވުރެ ފައިނަލް މެޗު މުހިންމު ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ ކަހަލަ ކުޅުންތެރިޔަކާ ދެކޮޅަށް ނުކުންނައިރު ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް މެޗުގައި ބަލަން ޖެހޭނީ ހަމައެކަނި މެސީއަށް ނޫން ކަމަށެވެ. އަދި ފައިނަލް މެޗުގައި އޮންނާނީ އިޙުތިރާމް ކުރަން ޖެހޭނެ ގޭމް ޕްލޭނެއް ކަމަށާއި، އަދިވެސް އާޖެންޓީނާ ޓީމުގެ ކަންކަން ދަސްކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ މެޗަށް ފުރިހަމަ އަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެކަމަކު ވެސް އަބަދު ތައްޔާރު ނުވެވޭ ކަންކަން ހުންނާނެ ކަމަށެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ވާދަކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ފްރާންސްޑިޑިއޭ ޑެޝޯމްޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު