Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ މަޝްވަރާތައް ރައީސް ޕުޓިން، ގައުމުގެ އަސްކަރީ ކޮމާންޑަރުންނާއެކު ކުރައްވައިފި

ކޮމާންޑަރުންގެ ޚިޔާލު ބަލައިގަންނާނެ ކަމަށް ރައީސް ޕުޓިން ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 11:52
ޕުޓިން

ޕުޓިން

ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ދެން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ރައީސް ވްލެޑްމިއަރ ޕުޓިން, ގައުމުގެ އަސްކަރީ ކޮމާންޑަރުންނާއެކު ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ ރަޝިއާ އަސްކަރީ އޮޕަރޭޝަންގެ މައި އޮފީހުގައި، އާދިއްތަ ދުވަހުއެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތަފްސީލު ހާމަކޮށްފައި ނެތްނަމަވެސް، މިބައްދަލުވުމުގައި ކޮމާންޑަރުންގެ ޚިޔާލު ބަލައިގަންނާނެ ކަމަށް ރައީސް ޕުޓިން ވިދާޅުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ފެށި ހަނގުރާމައަށް މިހާރު 10 މަސް ވެފައިވާއިރު، ދާދިފަހުން ރަޝިއާ އަސްކަރިއްޔާއަށް ވަނީ ހަނގުރާމާގައި ގިނަ ނާކާމިޔާބީތަކަކާ ވެސް ކުރިމަތިލާން ޖެހިފައެވެ. ޔޫކްރެއިންގައި ހިފާފައި ހުރި ބައެއް ސަރަހައްދުތައް ދޫކޮށް ރަޝިއާ ސިފައިންނަށް ފައިބަން މަޖުބޫރުވިއިރު، މިކަމުގެ ސަބަބުން އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

މީގެ އިތުރުން މިފަހުން ރަޝިއާއިން ދަނީ ޔޫކްރެއިނަށް އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ގޮތަކަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ރަޝިއާއިން ވަނީ ހުކުރު ދުވަހު ޔޫކްރެއިނަށް އަމާޒުކޮށް 70 އަށްވުރެ ގިނަ މިސައިލް ހަމަލާ ދީފައެވެ. މިއީ މިހަނގުރާމަ ފެށުނު ފަހުން ރަޝިއާއިން ޔޫކްރެއިނަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ހުކުރު ދުވަހުގެ ހަމަލާތަކުގެ ސަބަބުން އިމަރޖެންސީގޮތުން ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކަނޑާލަން ޔޫކްރެއިނަށް މަޖުބޫރުވެފައިވާ ކަމަށް، ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ޔޫކްރެއިނުން ބުނާގޮތުން މިހަމަލާތަކުގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް އަމާޒުވި މިސައިލްގެ ސަބަބުން ދެމީހަކު ވަނީ މަރުވެފައެވެ. އަނެއްކޮޅުން ރަޝިއާއިން ވަނީ ޔޫކްރެއިނުން އެގައުމުގެ އިރުމަތީގައި ރަޝިއާއިން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް، ދިން ހަމަލާތަކުގެ ސަބަބުން 12 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޔޫކްރެއިނުން ވަނީ ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް، އަންނަ އަހަރު އިތުރަށް ވަރުގަދަކުރަން ރާވަމުންދާކަމަށް ބުނެފައެވެ.

އޮކްޓޫބަރު މަހުން ފެށިގެން ރަޝިއާއިން ދަނީ ޔޫކްރެއިންގެ އުމްރާނީ އިމާރާތްތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންނެވެ. ނަމަވެސް ހުކުރު ދުވަހުގެ ހަމަލާތަކަކީ މިހާތަނަށް އެގައުމަށް އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ހަމަލާތައްކަން ޔޫކްރެއިނުން ފާހަގަކުރެއެވެ.

ޔޫކްރެއިންގެ އެއަރ ފޯސްއިން މައުލޫމާތުދޭގޮތުގައި ރަޝިއާއިން ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ސަމާލުކަން ހޯދައި، ޑިފެންސް ނިޒާމަށް އޮޅުވާލުމަށް ހަނގުރާމަމަތީ މަތިންދާބޯޓު ބޭނުންކޮށްފައެވެ. މިއާއެކުވެސް ރަޝިއާއިން ދިން 76 މިސައިލް ހަމަލާގެ ތެރެއިން 60 ހަމަލާ ޔޫކްރެއިން އަސްކަރިއްޔާއިން ވަނީ ހުއްޓުވާފައެވެ.

ޔޫކްރެއިންގެ އޮފިޝަލުން ފާހަގަކުރާގޮތުގައި، 9 މިސައިލް ހަމަލާއެއް ވަނީ ޔޫކްރެއިންގެ އިންޖީނުގެތަކަށް އަމާޒުވެފައެވެ.

ރަޝިއާގެ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތާކެއް ކަމަށް ޔޫކްރެއިނުން ސިފަކުރަމުންދާއިރު، ރަޝިއާއިން ބުނަނީ އެގައުމުން ހަމަލާތައް ދެނީ ޔޫކްރެއިންގެ އަސްކަރިއްޔާ ބަލިކަށިކުރުމަށް ކަމަށެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންވްލަޑިމިއަރ ޕުޓިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު