Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން

ޓާގެޓް ހާސިލުވާން ދެން ބޭނުންވަނީ 33،000 ފަތުރުވެރިން

ފަތުރުވެރިން އިތުރުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޕްރައިވެޓް ސެކްޓަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޑިސެމްބަރު 2022 | ހޮނިހިރު 10:51
އަމާޒަށް ވާސިލުވާން ދެން ބޭނުންވަނީ 33،000 ފަތުރުވެރިން

އަމާޒަށް ވާސިލުވާން ދެން ބޭނުންވަނީ 33،000 ފަތުރުވެރިން

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ދެން ބޭނުންވަނީ 33،000 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން, ނޮވެމްބަރުމަހުގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1,566,083 (އެއް މިލިއަން ފަސްލައްކަ ފަސްދޮޅަސް ހަ ހާސް އައްޑިހަ ތިނަކަށް) އަރާފައެވެ. އެހެންކަމުން 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 33،917 ފަތުރުވެރިންނެވެ.

Advertisement - newsAdvertisement

މިއީ އެންމެ ގޯސް ހާލަތުގައި މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާ 1،520،060 ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ނޮވެމްބަރު މަސް ނިމުނުއިރު (146،879) އެއްލައްކަ ސާޅީސް ހަހާސް އަަށްސަތޭކަ ހަތްދިހަ ނުވަ ފަތުރުވެރިން އައިސްފައިވާކަމަށެވެ. ނޮވެމްބަރު މަހު ދުވާލަކު 4،896 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި 7 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި މިންވަރު 2021 ވަނަ އަހަރާ އަޅައިބަލާއިރު 28.8 އިންސައްތަ އިތުރު ކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރާ އަޅައިބަލާއިރު މިއީ 2.6 އިންސައްތަ ދަށް އަދަދެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދިވެސް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އަހަރުގެ މިހާތަނަށް އެ މާކެޓުން ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ މާކެޓުންނެވެ. އެ މާކެޓުން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

އަދި ތިންވަނާގައި އިނގިރޭސިވިލާތް ހިމެނޭއިރު، މިހާތަނަށް އެ މާކެޓުންވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

މި މާކެޓުތަކުގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ; ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުތު ކޮރެއާ އަދި ސްވިޒަރލޭންޑެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޕްރައިވެޓް ސެކްޓަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިނިސްޓްރީން ބުނީ، ފަތުރުވެރިކަމަށް ދިމާވި ގިނަ ގޮންޖެހުންތަކާއެކުވެސް ޕްރައިވެޓް ސެކްޓަރުގެ ބުރަ މަސައްކަތުން، ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާކަމަށެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު