Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަތަރު ވޯލްޑްކަޕް 2022

ތިން ވަނަ ހޮވާ މެޗަށް މޮރޮކޯ ނުކުންނައިރު، ބޯޅަ ހަދާ ކަމާލްގެ ފަޚްރު ބަދަލުވުމެއް ނެތް

17 ޑިސެމްބަރު 2022 | ހޮނިހިރު 09:42

ބޯޅަ އުފައްދާ، ފަހާ، އޭގެ މެއިންޓަނަންސް މަސައްކަތްކޮށް މުޅިން ނިންމާލުމަށް 2 ދުވަހާއި 2 ހަފުތާއާ ދެމެދު މުއްދަތެއް، ހޭދަ ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ޑިސެމްބަރު 2022 | ހޮނިހިރު 09:42
މަޝްހޫރު އެކި ފަރުމާތައް ނަކަލު ކޮށްގެން ބޯޅަ ފެހުމުގެ އިތުރުން، އޭނާގެ އަމިއްލަ ފަރުމާތަކަށްވެސް ކަމާލް ބޯޅަ ފަހާ

މަޝްހޫރު އެކި ފަރުމާތައް ނަކަލު ކޮށްގެން ބޯޅަ ފެހުމުގެ އިތުރުން، އޭނާގެ އަމިއްލަ ފަރުމާތަކަށްވެސް ކަމާލް ބޯޅަ ފަހާ

ފުޓުބޯޅައިގެ މައިދާނުގައި މުޅި ދުނިޔެ ހައިރާންކޮށްލި މޮރޮކޯގެ އިޤްތިޞާދީ ހަބްގެ ގޮތުގައި ސިފަ ކުރަމުން އަންނަ މަރާކިޝްގައި ލެދަރު މަސައްކަތް ކުރާ އަވަށެއްގައި ހިންގަމުން ދިޔަ ފިހާރައެއްގެ ތެރޭގައި، ލެދަރުން ފުޓުބޯޅަ ފެހުމުގައި އަވަދިނެތި އުޅެމުން ދިޔަ ކަމާލް ބޫކިންތާރު، އެ މަސައްކަތުގައި އުޅޭތާ މިހާރު އެތައް ޒަމާނެއް ވެއްޖެއެވެ. އެއީ އާއިލީ ވިޔަފާރިއެކެވެ.

ޢުމުރުން 50 އަހަރުގެ ކަމާލް ކިޔައިދިން ގޮތުގައި ލެދަރުން ބޯޅަ ހެދުމުގެ ފަންނުވެރިކަން އޭނާ ދަސްކުރީ، އޭނާގެ މައިންބަފައިންގެ ގާތުންނެވެ. ކަމާލްގެ މައިންބަފައިން، ބޯޅަ ހެދުމުގެ މަސައްކަތް، ވިޔަފާރިއެއްގެ ގޮތުގައި ފެށީ 1965 ވަނަ އަހަރުއެވެ.

ކަމާލް ބުނާ ގޮތުގައި، ލެދަރުން ފުޓުބޯޅަ ހެދުމުގެ ފަންނުވެރިކަމަކީ ވިލާތާއި ލެޓިން އެމެރިކާ ސަރަޙައްދުން އުފެދިގެން އައި ފަންނުވެރިކަމެކެވެ.

ކަމާލް ޤާބޫލު ކުރާ ގޮތުގައި އޭނާގެ ޢާއިލީ ވިޔަފާރިއަކީ، ޢަރަބި ދުނިޔޭގެ އިތުރުން މުޅި އިސްލާމީ ދުނިޔޭގައިވެސް ލެދަރުން ފުޓުބޯޅަ ފެހުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ހަމަ އެކަނި ވިޔަފާރިއެވެ. އެމީހުންނަކީ، މި މަސައްކަތުގެ ތަޖުރިބާކާރުން ކަމަށް ކަމާލް ބުނަނީ ފަޚްރް ވެރިކަމާއެކުގައެވެ.

ފަރަންސޭސި ފުޓުބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ސިކްސްއާއެކު ނަގާފައިވާ ފޮޓޯއެއްގެ ކައިރީގައި އިށީނދެލައިގެން އިނދެ، ބޯޅަ ފެހުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމާލް ކިޔައިދިން ގޮތުގައި، ލެދަރުން ބޯޅަ ފެހުމުގައި އޭނާ ބޭނުން ކުރަމުން ދަނީ 1920 ވަނަ އަހަރު އާޖެންޓީނާއިން ތައްޔާރު ކުރި ފަރުމާއެވެ. އެ ފަރުމާގެ ބޯޅަތައް، 1928 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސްގެ އިތުރުން 1930ގައި ކުޅެވުނު ފުރަތަމަ ވޯލްޑްކަޕް މެޗުތަކުގައިވެސް ބޭނުން ކުރިއެވެ.

މަޝްހޫރު އެކި ފަރުމާތައް ނަކަލު ކޮށްގެން ބޯޅަ ފެހުމުގެ އިތުރުން، އޭނާގެ އަމިއްލަ ފަރުމާތަކަށްވެސް ކަމާލް ބޯޅަ ފަހައެވެ. ބޯޅަ އުފައްދާ، ފަހާ، އޭގެ މެއިންޓަނަންސް މަސައްކަތްކޮށް މުޅިން ނިންމާލުމަށް 2 ދުވަހާއި 2 ހަފުތާއާ ދެމެދު މުއްދަތެއް، ކަމާލް ހޭދަ ކުރެއެވެ.

ޤަޠަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްއާއި މޮރޮކޯގެ ޤައުމީ ޓީމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަމާލް ބުނީ، އެމީހުންގެ އަތުގައި މި ފަހަރު މާ ބޮޑު ނަޞީބެއް ނުހިފާ ކަމަށެވެ.

މި ފަހަރުގެ ވޯލްޑްކަޕްގައި އެންމެ ގިނަ ބަޔަކު ޝޯޚް ކުރިވި ކުޅުމެއް ދެއްކި އެއް ޓީމަކީ މޮރޮކޯގެ ޓީމް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ގުރޫޕު ސްޓޭޖުގައި ބެލްޖިއަމްއާއި ކެނެޑާ ބަލިކޮށް، ގަދަ 16ގެ މެޗުގެ ޕެނަލްޓީގައި 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަމް ސްޕެއިން ބަލި ކުރިއެވެ. އަދި ކުއާޓަރ ފައިނަލުގައި، 2016 ވަނަ އަހަރުގެ ވިލާތުގެ ޗެމްޕިއަނުން ކަމަށް ވާ ޕޯޗުގަލްވެސް ބަލި ކުރިއެވެ.

ވޯލްޑްކަޕްގެ ތަށި އުފުލާލުމަށް މޮރޮކޯގެ ޓީމުން ދެކެމުން ދިޔަ ހުވަފެނުން ހޭލަން ޖެހުނީ، ފަރަންސޭސިވިލާތާ ދެކޮޅަށް ނުކުމެ، ކުރި ލިބޭ ގޮތް ނުވެގެންނެވެ. ނަމަވެސް މޮރޮކޯއަކީ އެފްރިކާ އަދި ޢަރަބި ޤައުމުތަކުގެ ތެރެއިން، ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ހަމަ އެކަނި ޤައުމުކަން ފާހަގަ ކުރަން ޖެހެއެވެ.

ފީފާ ވޯލްޑްކަޕް 2022ގެ 3 ވަނަ ހޮވާ މެޗަށް، ކްރޮއޭޝިއާއާ ދެކޮޅަށް މޮރޮކޯއިން ނުކުންނާނީ ޑިސެމްބަރު 17 ވާ ހޮނިހިރު ދުވަހުގެ ރެއެވެ.

ގަތަރުޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
24 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު

24 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު
17 ސެޕްޓެމްބަރު 2025

ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި

17 ސެޕްޓެމްބަރު 2025
ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި
15 ސެޕްޓެމްބަރު 2025

ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ
14 ސެޕްޓެމްބަރު 2025

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ: އެމެރިކާގެ ޚާރިޖީ ވަޒީރު

14 ސެޕްޓެމްބަރު 2025
ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ: އެމެރިކާގެ ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް