Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ: އެއްދުވަހެއްގެ ތެރޭ ޔޫކްރެއިނަށް 70އަށް ވުރެ ގިނަ މިސައިލް ހަމަލާ

ހުކުރު ދުވަހުގެ ހަމަލާތަކަކީ މިހާތަނަށް ޔޫކްރެއިނަށް އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ހަމަލާތައް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 ޑިސެމްބަރު 2022 | ހުކުރު 15:20
ހުކުރު ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ދިން މިސައިލް ހަމަލާތަކަކީ މިހާތަނަށް އެގައުމަށް އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ހަމަލާތައް

ހުކުރު ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ދިން މިސައިލް ހަމަލާތަކަކީ މިހާތަނަށް އެގައުމަށް އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ހަމަލާތައް

ރަޝިއާއިން އަނެއްކާވެސް ޔޫކްރެއިނަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

ރަޝިއާއިން ވަނީ ހުކުރު ދުވަހު ޔޫކްރެއިނަށް އަމާޒުކޮށް 70އަށް ވުރެ ގިނަ މިސައިލް ހަމަލާ ދީފައެވެ. މިއީ މިހަނގުރާމަ ފެށުނު ފަހުން ރަޝިއާއިން ޔޫކްރެއިނަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ހުކުރު ދުވަހުގެ ހަމަލާތަކުގެ ސަބަބުން އިމަޖެންސީގޮތުން ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކަނޑާލަން ޔޫކްރެއިނަށް މަޖުބޫރުވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ޔޫކްރެއިނުން ބުނާގޮތުން މިހަމަލާތަކުގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް އަމާޒުވި މިސައިލްގެ ސަބަބުން ދެމީހަކު ވަނީ މަރުވެފައެވެ. އަނެއްކޮޅުން ރަޝިއާއިން ވަނީ ޔޫކްރެއިނުން އެގައުމުގެ އިރުމަތީގައި ރަޝިއާއިން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން 12 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހުގެރޭ ޔޫކްރެއިނުން ވަނީ ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އަންނަ އަހަރު އިތުރަށް ވަރުގަދަކުރަން ރާވަމުން ކަމަށް ބުނެފައެވެ.

އޮކްޓޫބަރު މަހުން ފެށިގެން ރަޝިއާއިން ދަނީ ޔޫކްރެއިންގެ އުމްރާނީ އިމާރާތްތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންނެވެ. ނަމަވެސް ހުކުރު ދުވަހުގެ ހަމަލާތަކަކީ މިހާތަނަށް އެގައުމަށް އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ހަމަލާތައް ކަމަށް ޔޫކްރެއިނުން ފާހަގަކުރެއެވެ.

ޔޫކްރެއިންގެ އެއަރ ފޯސްއިން މައުލޫމާތުދޭ ގޮތުގައި ރަޝިއާއިން ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ސަމާލުކަން ހޯދާ، ޑިފެންސް ނިޒާމަށް އޮޅުވާލުމަށް ހަނގުރާމަ މަތީ މަތިންދާބޯޓު ބޭނުންކޮށްފައެވެ. މިއާއެކުވެސް ރަޝިއާއިން ދިން 76 މިސައިލް ހަމަލާ ގެ ތެރެއިން 60 ހަމަލާ ޔޫކްރެއިން އަސްކަރިއްޔާއިން ވަނީ ހުއްޓުވާފައެވެ.

ޔޫކްރެއިންގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި ނުވަ މިސައިލް ހަމަލާއެއް ވަނީ ޔޫކްރެއިންގެ އިންޖީނުގެތަކަށް އަމާޒުވެފައެވެ.

ރަޝިއާގެ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރިމާތާކެއް ކަމަށް ޔޫކްރެއިނުން ސިފަކުރަމުންދާއިރު، ރަޝިއާއިން ބުނަނީ އެގައުމުން ހަމަލާތައް ދެނީ ޔޫކްރެއިންގެ އަސްކަރިއްޔާ ބަލިކަށިކުރުމަށް ކަމަށެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު