Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިނީ ބްރެޒީލް

"މިނީ ބްރެޒީލް"ގެ ލޯބި އާޖެންޓީނާއަށް ބަދަލުކޮށް، މެސީއަށް 1 ނަމްބަރުކަން!

ބޭންޑުގެ މެންބަރުންގެ ކިބައިން ފެންނަމުން ދަނީ ހިތްދަތިކަމުގެ އަސަރުތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2022 | ހުކުރު 03:47
"މިނީ ބްރެޒީލް"ގެ ލޯބި އާޖެންޓީނާއަށް ބަދަލުކޮށް، މެސީއަށް 1 ނަމްބަރުކަން!

"މިނީ ބްރެޒީލް"ގެ ލޯބި އާޖެންޓީނާއަށް ބަދަލުކޮށް، މެސީއަށް 1 ނަމްބަރުކަން!

ދެކުނު އޭޝިއާ ސަރަޙައްދުގައި ވޯލްޑްކަޕްގެ ފޯރި އެންމެ ގަދަ އެއް މަންޒިލަކީ ޕާކިސްތާނުގެ "މިނީ ބްރެޒީލް" ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ވޯލްޑްކަޕްގެ މެޗުތައް ޤަޠަރުގައި ފެށި ހިސާބުން އަދާ ޖެހުނުއިރުވެސް ޕާކިސްތާނުގެ "މިނީ ބްރެޒީލް"އިން ފުޓުބޯޅައިގެ ފޯރި ފަނޑުވި، ހަމަ އެންމެ ވަގުތެއްވެސް އަދި ނާދެއޭ ދެންނެވިދާނެއެވެ. ނަމަވެސް ވޯލްޑްކަޕްގެ ތަށި މި ފަހަރު ބްރެޒީލްއަށް ނުލިބޭނެކަން ކަށަވަރުވި ހިސާބުން، ޒާތެއްގެ މަޑުމޮޅިކަމެއް ލިޔާރީއޭ ކިއާ ޕާކިސްތާނުގެ "މިނީ ބްރެޒީލް"އަށް ވަނީ ވެރިވެފައެވެ.

ބްރެޒީލްގެ ޓީމަށް ތާޢިދުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވައިރަލްވި ލަވަ އުފެއްދި 9 މެންބަރުންގެ ރެޕް ގުރޫޕު ނުވަތަ ރިއަލް މިއުޒިކް ޕަވާ (އާރްއެމްޕީ) ބޯއީޒްގެ ރޫޙުވެސް މަރުވެފައި ވާ ފާދައެވެ. ބޭންޑުގެ މެންބަރުންގެ ކިބައިން ފެންނަމުން ދަނީ ހިތްދަތިކަމުގެ އަސަރުތަކެވެ. ބޭންޑްގެ ލީޑް ސިންގަރ، މުޙައްމަދު ޔާސީޏް އަލްޔާން ސިފަ ކުރާ ގޮތުގައި މުޅި ސަރަޙައްދުންވެސް އުފާވެރިކަން ގެއްލިފައި ވާ ފަދައެވެ.

ބްރެޒީލްގެ ޤައުމީ ޓީމަށް އޮތް ހާއްސަ ލޯބި ބަޔާން ކޮށްދިނުމުގެ ގޮތުން އާރްއެމްޕީ ބޯއީޒްއިން ވަނީ "ފީފާ ވޯލްޑްކަޕް ސޯންގް 2022"ގެ ނަމުގައި ހާއްސަ ލަވައެއް ރިލީޒް ކޮށްފައެވެ. އެ ލަވައަކީ ގިނަ ބައެއްގެ މެދުގައި "ވައިރަލް ވި ހިޓް" ލަވައެކެވެ. އެންމެ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 70000 އަށް ވުރެ ގިނަ ޔޫޓިއުބް ވިއުޒް ލިބުނެވެ.

އާރްއެމްޕީ ބޯއީޒްގެ އުއްމީދަކީ ބްރެޒީލްއާ ހަމައަށް އެ ލަވައިގެ ފޯރި ފޯރުމެވެ.

ވޯލްޑްކަޕްގެ ތައްޓާ ހިސާބަށް ދެވޭ ގޮތް ނުވެ، ޑިސެމްބަރު 9 ވަނަ ދުވަހު ބްރެޒީލްއިން މުބާރާތަށް ވަދާޢީ ސަލާމް ކުރިއެއް ކަމަށް ލިޔާރީގެ މަގުތަކުން އަދިވެސް ފެންނަނީ ބްރެޒީލްގެ ކުލަތަކެވެ. ނަމަވެސް ސަޕޯޓަރުންގެ ތާޢީދު މިހާރު އޮތީ އާޖެންޓީނާގެ ޤައުމީ ޓީމަށެވެ.

އާބާދީ ބައިބޯވެފައިވާ ލިޔާރީއަކީ ޕާކިސްތާނުގެ ފުޓުބޯޅައިގެ މަރުކަޒީ އިދާރާއެވެ. ފުޓުބޯޅައިގެ މައިދާނުގައި ޕާކިސްތާނު ދުށް ގިނަ ކުޅުންތެރިންތަކެއްގެ އުފަން ވަޒަނެވެ. އޭގެ ތެރޭގައި، މިދިޔަ އޮކްޓޯބަރު މަހު މި ދުނިޔެ ދޫކުރި، ޕާކިސްތާނުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ޢަލީ ނަވާޒް ބަލޫޗްގެ ނަން ފާހަގަ ކުރަން ޖެހެއެވެ.

ލިޔާރީއަކީ ޕާކިސްތާނުގައި ކުޑަކޮށް ތަރައްޤީ ވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ފަޤީރު އަވަށެކެވެ. ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކާއި، ޑްރަގް ޓްރެފިކް ކުރުން ފަދަ އެތައް ވަބާއެއްގައި ބެދިފައި އޮންނަތާ އެތައް އަހަރެއްވީ އަވަށެކެވެ. އިންތިހާ ފަޤީރު ކަމާއެކު ޢުއްމީދުގެ ހުޅުކޮޅު މުޅިންހެން ނިވިފައި އޮތް އަވަށެކެވެ. ނަމަވެސް، ގޭންގެ މާރާމާރީ ހުއްޓުވުމަށް، ސިންދް ސަރުކާރުން 2013 ވަނަ އަހަރު ހާއްސަ ފައުޖުތަކެއް ފޮނުވި ފަހުން ހިސާބެއްގެ ހަމަޖެހުމެއް ވަނީ ގެނުވާފައެވެ.

ފުޓުބޯޅައާއި ބޮކްސިންގްގެ އިތުރުން ހިޕްހޮޕް މިއުޒިކްގެ ފޯރި، ލިޔާރީގައި ގަދަވާން ފެށީ އެހާ ހިސާބުންނެވެ.

ބްރެޒިލްއާޖެންޓީނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު