Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންގެ ތަމްރީނު

ފަނޑިޔާރުން އިންޑިއާ އެމްބަސީއަށް ގެންދިޔަކަމަށް ބުނެ ދިޔަރެސްއިން ލިޔުނު ޚަބަރާއި ގުޅޭ މައްސަލަ މީޑިއާ ކައުންސިލަށް

ފަނޑިޔާރުން އިންޑިޔާ އެމްބަސީއަށް ހާޟިރު ވެފައިވަނީ ވިސާ ޕްރޮސެސް ކުރުމާ ގުޅޭ މަސައްކަތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޑިސެމްބަރު 2022 | ބުރާސްފަތި 07:23
49 ފަނޑިޔާރަކު އިންޑިއާގެ ބޯޕާލްއަށް ވަޑައިގަންނަވާފައިވޭ

49 ފަނޑިޔާރަކު އިންޑިއާގެ ބޯޕާލްއަށް ވަޑައިގަންނަވާފައިވޭ

ފަނޑިޔާރުން އިންޑިއާ އެމްބަސީއަށް ގެންދިޔަކަމަށް ބުނެ ދިޔަރެސްއިން ލިޔުނު ޚަބަރާއި ގުޅޭ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށައަޅައިފިއެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ދިން ޖަވާބުގައި ޑީޖޭއޭއިން ބުނީ، އިންޑިއާގެ ބޯޕާލްގައި ހުންނަ ނޭޝަނަލް ޖުޑީޝަލް އެކެޑަމީ އޮފް އިންޑިއާގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ޤާބިލްކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި، ދާއިރާގެ ޢިލްމާއި ތަޖުރިބާ ބަދަލު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި މިއީ ދާއިރާއާއި ގުޅޭ ދިރާސާތައް އެކުގައި ކުރުމަށް މަގުފަހި ކުރުމުގެ މަޤްޞަދުގައި، ޖުޑީޝަލް ސާރވިސް ކޮމިޝަނާއި ނެޝަނަލް ޖުޑީޝަލް އިންސްޓިޓިއުޓް އޮފް އިންޑިއާ އާ ދެމެދު 2020 ވަނަ އަހަރު ސޮއިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން ކުރިއަށް ގެންދެވޭ ފުރަތަމަ ތަމްރީން ޕްރޮގްރާމްކަމަށް ޑީޖޭއޭއިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަނޑިޔާރުންނަށް ސެންޑްއޯފް ހަފްލާއެއް ޖުޑީޝަލް އެކަޑަމީއިން އިންތިޒާމްކޮށް 8 ޑިސެންބަރު 2022 ގައި ވަނީ ބާއްވާފައެވެ.

މި ހަފްލާއަށްފަހު، ފަނޑިޔާރުން އިންޑިޔާ އެމްބަސީއަށް ހާޟިރުވެފައިވަނީ ވިސާ ޕްރޮސެސް ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްކަމަށް ޑީޖޭއޭއިން ބުނެއެވެ. ސަބަބަކީ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު ޑިސެންބަރު 2017 ގައި ސޮއިކޮށް، 11 މާރިޗު 2019 ގައި އަމަލުކުރަން ފެށުނު 'ބައިލެޓަރަލް އެގްރީމަންޓް' ގައިވާ ގޮތުން ފަތުރުވެރިކަން، ބޭސްފަރުވާ، އަދި ވިޔަފާރީގެ ބޭނުންތަކަށް ފިޔަވައި އެހެނިހެން ބޭނުންތަކަށް އިންޑިޔާއަށް ކުރާ ދަތުރުތަކުގައި ވިސާ ނެގުން ލާޒިމްވާތީއެވެ.

ޑީޖޭއޭއިން މައުލޫމާތު ދޭ ގޮތުގައި މާރިޗު 2019 ގައި ސޮއިކުރެވި، 5 އޮގަސްޓް 2019 ގައި އަމަލުކުރަން ފެށުނު 'ބައިލެޓަރަލް އެގްރީމަންޓް އޮން އެކްޒެމްޕްޝަން ފްރޮމް ވިސާ ރިކުއަޔަރމެންޓް ފޮރ ހޮލްޑަރސް އޮފް ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ޕާސްޕޯޓްސް' ގައިވާ ގޮތުގެ މަތިން، އޮފިޝަލް ޕާސްޕޯޓެއް އޮންނަ ފަރާތްތަކުން އިންޑިއާއަށް ދަތުރު ކުރާއިރު ވިސާ ނެގުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ގިނަ ފަނޑިޔާރުންނަކީ އޮފިޝަލް ޕާސްޕޯޓް ހައްދާފައިވާ ފަނޑިޔާރުން ނޫންކަމަށް ޑީޖޭއޭއިން ފާހަގަ ކުރެއެވެ.

ވުމާއެކު، ވިސާގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވަނީ އިންޑިޔާ ހައިކޮމިޝަނަށް ވަޑައިގެންނެވެ.

ޑީޖޭއޭއިން ބުނީ، އޮންލައިން ނޫހެއް ކަމަށްވާ ދިޔަރެސްގައި "ގިނަ އަދަދެއްގެ ފަނޑިޔާރުން އިންޑިއާ އެމްބަސީއަށް ގެންގޮސްފި" މި ސުރުހީގެ ދަށުން 2022 ޑިސެމްބަރު 08 ވަނަ ދުވަހު ހަބަރެއް ޝާއިއު ކޮށްފައިވާކަން އެ ޑިޕާޓްމަންޓްގެ ސަމާލުކަމަށް އައުމުން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ 25 ވަނަ މާއްދާގައި ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވާ އިޖުރާއަތުތަކުގެ ދަށުން އެ އިދާރާއިން އަމަލު ކޮށްފައިވާ ކަމަށެވެ.

އެގޮތުގެ މަތިން، ފުރަތަމަ މަރުހަލާގައި، ޝާއިއުކުރި ވަސީލަތެއްގެ އެޑިޓަރަށް ނުވަތަ ލިޔުންތައް ޒިންމާވާ ފަރާތަކަށް އަންގައި، ދެފަރާތުގެ މެދުގައި މަޝްވަރާކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ބަޔާންކޮށްފައިވާތީ، މިފަދައިން ހައްލެއް ހޯދުމަށްޓަކައި، ހަމަ އެދުވަހު އެ ޑިޕާޓްމަންޓްގެ ފަރާތުން ވަނީ ދިޔަރެސް ނޫހަށް އީމެއިލްކޮށް، އެ ޚަބަރާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ހިއްސާކޮށް ހަބަރު ނެގުމަށް ދަންނަވާފައެވެ.

އެކަމާ ގުޅޭ ގޮތުން ދިޔަރެސް ނޫހުގެ ފަރާތުން ޖަވާބެއް ދެއްވުމަށް އެ ޑިޕާޓްމަންޓްއިން އީމެއިލްގައި ބަޔާން ކޮށްފައިވީނަމަވެސް އެ ޑިޕާޓްމަންޓްއަށް ދިޔަރެސް ނޫހުގެ ފަރާތުން ޖަވާބެއް ދެއްވާފައި ނުވާކަން އެ އިދާރާއިން ފާހަގަ ކުރެއެވެ.

އަދި 2022 ޑިސެމްބަރު 09 ވަނަ ދުވަހު ދިޔަރެސް ނޫހުގެ ފަރާތުން ވަނީ "ފަނޑިޔާރުން އިންޑިއާ އެންބަސީއަށް ގެންދިޔަ ހަބަރު ނަގަން ޑީޖޭއޭ އިން އަންގައިފި" މިފަދައިން ޚަބަރެއް ޝާޢިއު ކޮށްފައެވެ.

ވުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ޙައްލު ހޯދުމަށް އެ ޑިޕާޓްމަންޓްއިން ކުރި މަސައްކަތް ކާމިޔާބު ނުވުމުން "ގިނަ އަދަދެއްގެ ފަނޑިޔާރުން އިންޑިއާ އެމްބަސީއަށް ގެންގޮސްފި" އެ ޚަބަރާ ގުޅޭ ގޮތުން އެ ޑިޕާޓްމަންޓުން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅާފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
27 އެޕްރީލު 2024

ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

27 އެޕްރީލު 2024
ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ
04 އެޕްރީލު 2024

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

04 އެޕްރީލު 2024
ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު