Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަޠަރުގެ މިސްކިތްތައް

އާޖެންޓީނާގެ ސަޕޯޓަރު މާރިއާއަށް ޤަޠަރުގެ މިސްކިތަކުން ކުރެވުނު ތަޖުރިބާ!

ވޯލްޑްކަޕްއަކީ ހަމައެކަނި ފުޓުބޯޅައެއް ނޫން، ޘަޤާފަތް ދަސްކުރަންވެސް ލިބޭ ފުރުޞަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 ޑިސެމްބަރު 2022 | ބުރާސްފަތި 07:36
މާރިއާ ބުނި ގޮތުގައި އޭނާއަކީ މެދުއިރުމަތީގެ ދީނީ ކަންކަމަށް އަބަދުވެސް ޝަޢުޤު ހުންނަ މީހެއް

މާރިއާ ބުނި ގޮތުގައި އޭނާއަކީ މެދުއިރުމަތީގެ ދީނީ ކަންކަމަށް އަބަދުވެސް ޝަޢުޤު ހުންނަ މީހެއް

ކަތާރާ މިސްކިތުގެ މުއައްޒިން ބަންގި ގޮވަމުން ދިޔައިރު، އޭނާގެ ފަހަތުގައި އިށީނދެލައިގެން އިން އާޖެންޓީނާގެ ސަޕޯޓަރު، މާރިއާ ރޮޑިރިގޭޒް، އެ މަންޒަރުތައް ވީޑިއޯ ކުރަމުން ދިޔައީ އިންތިހާ ޝަޢުޤުވެރިކަމާ އެކީގައެވެ.

މާރިއާ ބުނި ގޮތުގައި އޭނާއަކީ މެދުއިރުމަތީގެ ދީނީ ކަންކަމަށް އަބަދުވެސް ޝަޢުޤު ހުންނަ މީހެއް ކަމަށާ، ވޯލްޑްކަޕް މެޗުތައް ބަލާލުމަށް އާޖެންޓީނާއިން ޤަޠަރަށް ދަތުރު ކުރުމަށް ފަހު، ކަތާރާ މިސްކިތަށް ޒިޔާރަތް ކުރަން ބޭނުން ވި ކަމަށެވެ.

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަޠަރަށް ޒިޔާރަތް ކުރާ މެހެމާނުންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްތަކުގެ ތެރޭގައި ޤަޠަރުގެ ހިތްގައިމު މިސްކިތައް ހިމެނެއެވެ. އޭގެ ތެރޭގައި ކަތާރާ މިސްކިތްވެސް ހިމެނެއެވެ. މިސްކިތްތަކަށް ޒިޔާރަތް ކުރާ މެހެމާނުންގެ ބޭނުމަކަށް ވަނީ މިސްކިތްތަކުގެ ފަރުމާތައް ބަލާލުމުގެ އިތުރުން، އިސްލާމް ދީނުގެ ކަންކަން އުނގެނުމެވެ.

ޢަރަބި ގަލްފްގެ އިސްލާމީ ޤައުމެއްގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕް މުބާރާތެއް ހޮސްޓް ކުރުމުގެ ރެކޯޑް ޤަޠަރުން ހޯދި އިރު، އިސްލާމި ޝިޢާރު ފާޅުކޮށް، ފެތުރުމުގައިވެސް ޤަޠަރުން ދައްކަމުން ދަނީ ލާމަސީލު މިސާލެކެވެ.

ހުޅަނގުގެ ލާ ދީނީ ފިކުރުތަކަށް ދީލާލާފައި ނުވާ އިރު، ޤަޠަރުން ފަތުރަމުން ދިޔައީ އިސްލާމީ ދަޢުވަތެވެ.

މިސްކިތްތަކުގައި މުއައްޒިނުން ބަންގި ގޮވާ މަންޒަރު ބަލާލުމުގެ ފުރުޞަތު ދިނުމުގެ އިތުރުން، ނަމާދު ކުރާނެ ގޮތް ކިޔައި ދިނުމަށް ހާއްސަ ވޮލަންޓިއަރުންވެސް ޤަޠަރުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވެއެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރުކަތަރާ މިސްކިތް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު