Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

އެތައް ބައެއްގެ ލޯބީގެ މެސެޖާއި ކައިވެނީގެ ހުށަހެޅުން ލިބުނު ކްރޮއޭޝިއާގެ އިވާނާ ނޯލް

15 ޑިސެމްބަރު 2022 | ބުރާސްފަތި 04:58

އިންސްޓަގްރާމް އިން އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ދުވާލަކު 200،000 ގައި އުޅޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2022 | ބުރާސްފަތި 04:58
ކްރޮއޭޝިއާގެ އިވާނާ ނޯލް

ކްރޮއޭޝިއާގެ އިވާނާ ނޯލް

ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކުރިއަށްދާއިރު އެކި މީހުންގެ ސަމާލުކަން ހުއްޓެނީ އެކި ކަންކަމަށެެވެ. ބައެއް ފަހަރު އެއީ ސަޕޯޓަރުން ކުރާ ޚާއްސަ ކަމަކަށްވާއިރު، އަނެއް ބައި ފަހަރު އެއީ ޤައުމެއްގެ ސަޕޯޓަރަކަށް ވެސް ވެއެވެ.

އެކި ޤައުމުތަކުގެ ސަޕޯޓަރުންނަށް ސަމާލުކަން ހުއްޓެނީ ވަރަށް ފަސޭހައިންނެވެ. މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގައި ވެސް އެކި މީހުންގެ ސަމާލުކަން ހުއްޓުނީ އެކި ސަޕޯޓަރުންނަށެވެ. އަންހެން ސަޕޯޓަރުންނަށެވެ. އެމީހުންގެ ރީތި ކަަމާއި، ބުރު ސޫރަ އަށެވެ. އެއްބައި ފަހަރު މޮރޮކޯގެ ސަޕޯޓަރެކެވެ. އަނެއް ބައި ފަހަރު ކްރޮއޭޝިއާގެ ސަޕޯޓަރެކެވެ. މި ފަހުން އެންމެންގެ ވެސް ސަމާލުކަން ހުއްޓުނީ ކްރޮއޭޝިއާގެ ސަޕޯޓަރަކަށެވެ. އުމުރުން 26 އަހަރުގެ އިވާނާ ނޯލްއަށެވެ. އޭނާ އަކީ ކްރޮއޭޝިއާގެ ރައްޔިތެކެވެ. ވޯލްޑް ކަޕަށް އޭނާ ޤަތަރަށް ދިޔައީ ކްރޮއޭޝިއާގެ މެޗުތައް ބަލައި، ޓީމަށް ސަޕޯޓުކުރުމަށެވެ.

ނަމަވެސް މުބާރާތުގެ ތެރެއިން އިވާނާ ވަނީ އެތައް ފިރިހެނުންގެ ހިތްތައް ދަމައިގަނެފައެވެ. އެންމެންގެ ލޮލުގައި އަޅައިގަތީ އޭނާއެވެ. ދެއްކެނީ ވެސް އޭނާގެ ވާހަކައެވެ. އިވާނާ އަކީ މޮޑެލެކެވެ. އޭނާގެ ރީތިކަން ފެނި އެކި ފަރާތްތަކުން އަންނަނީ އޭނާ އަށް މެސެޖު ކުރަމުންނެވެ. އެއް ބަޔަކު ލޯބީގެ މެސެޖު ފޮނުވަމުން އަންނައިރު، އަނެއް ބަޔަކު ފޮނުވީ ކައިވެނީގެ ހުށަހެޅުން މެސެޖުންނެވެ. އެ ވާހަކަ އޭނާ ވަނީ ހިއްސާކޮށްފައެވެ. އިވާނާ ބުނީ ގޮތުގައި އާންމުންގެ ތެރެއިން ގިނަ ބައެއްގެ އިތުރުން، ޤަތަރުގައި ތިބި ބައެއް ކުޅުންތެރިން ވެސް ވަނީ އޭނާ އަށް މެސެޖު ކޮށްފައެވެ.

ވޯލްޑް ކަޕުން އޭނާ ފެނުމާއެކު އިވާނާގެ އިސްޓަގްރާމް ފޮލޯވަރުންގެ އަދަދު ވެސް އަންނަނީ ދުވަހަކަށްފަހު ދުވަހެއް އިތުރުވަމުންނެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އިންސްޓަގްރާމް އިން އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ދުވާލަކު 200،000 ގައި އުޅޭނެއެވެ. މިހާތަނަށް އޭނާގެ އިންސްޓްގްރާމްގައި ޖުމުލަ 2.9 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ. އޭނާ ބުނީ ބައެއް މީހުންގެ ނަޒަރުގައި އޭނާ އަކީ ވަރަށް "ފަސޭހަ" އިން ލޯބި ހާސިލްވާނެ އަންހެނެއް ކަމަށެވެ. އެކަން އެނގެނީ ފޮނުވާފައި ހުންނަ މެސެޖުންކަމަށާއި، ގިނަ މީހުން އެދެނީ ބައްދަލު ކުރުމަށް ކަމަށެވެ.

ނަމަވެސް އިވާނާ ވަނީ އޭނާ އެކަހަލަ އެއްވެސް ވިސްނުމެއް ނުގެން ގުޅޭ ކަމަށް ބުނެފައެވެ. އޭނާ ބުނީ ވޯލްޑް ކަޕް ބެލުމަށް ޤަތަރަށް އައީ މަޖާ ކުރުމަށް ކަމަށެވެ. އެކަމުގައި އޭނާ އަށް ވަކި މީހަކު ޚާއްސަ ނުވާނެ ކަަމަށެވެ. އަދި ޓީމަށް ސަޕޯޓުކުރުމުގައި އޭނާ އެންމެނާ ވެސް ގުޅޭނެ ކަމަށެވެ. އޭނާ ބުނީ އެއްވެސް މީހަކާ ބައްދަލުކުރުމުގެ ވިސްނުން ނުގެން ގުޅޭ ކަމަށާއި، ބޭނުންވަނީ ކުޅިވަރުގެ ފޯރި ނެގުމަށް ކަމަށެވެ. އަދި މިހާތަނަށް ދިމާވި ކޮންމެ ސަޕޯޓަރެއް ވެސް އޭނާ ދެކެ ލޯބިވާ ކަމަށެވެ. އޭނާ ބުނީ މެޗުތަކަށް ދަނޑަށް ވަންނައިރު އޭނާގެ ރަހުމަތްތެރިން އޭނާއާ ކައިރީ ޝީޓުގައި ނުތިބެ، ދުރަށް ދަނީ ދަނޑު ތެރޭގައި ހުންނަ ކެމެރާގެ ސަބަބުން ކަމަށެވެ.

މުބާރާތުގައި ކްރޮއޭޝިއާ އަށް ދެން އޮތީ ތިން ވަނަ ހޮވާ މެޗެވެ. އިވާނާ ބުނީ އެންމެ ފަހު މެޗާ ހަމައަށް ވެސް އޭނާ ޓީމާއެކު ހުންނާނެ ކަމަށާއި، މުބާރާތް ނިމުމުން އަނބުރާ ޤައުމަށް ދާނީ އުފަލުން ކަމަށެވެ. މީގެ އިތުރުން އިވާނާ ބުނީ ޤަތަރުގައި ވަރަށް މަޖާ ދުވަސްތަކެއް ހޭދަ ކުރެވުނު ކަމަށާއި، އެއީ ހަނދާނުން ފޮހެލެން އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ކްރޮއޭޝިއާއިވާނާ ނޯލްކުޅިވަރު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
13 އޮކްޓޯބަރު 2025

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
19 ނޮވެމްބަރު 2024

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް