Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

މޮރޮކޯ މެޗަށް ނުކުންނައިރު ޑެޝޯމްޕްސްގެ އިތުބާރު ގްރީޒްމަނަށް

އޭނާ ބުނީ ކުރިއަށް އޮތީ ގްރީޒްމަން އަދި މާމޮޅުކޮށް ފެންނަން ޖެހޭ މެޗެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 02:24
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފްރާންސްގެ އެޓޭކިން މިޑްފީލްޑަރު އެންޓޮއިން ގްރީޒްމަން ދައްކަމުން އަންނަ މޮޅު ކުޅުމާއެކު، އޭނާ އަށް ފުރިހަމަ އަށް އިތުބާރު އޮތް ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ގްރީޒްމަންގެ ވާހަކަ ޑެޝޯމްޕްސް ދެއްކިއިރު އޭނާ އަންނަނީ މި މުބާރާތުގައި ފްރާންސް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޑެޝޯމްޕްސް ބުނީ އެ މެޗަށް ނުކުންނައިރު ގްރީޒްމަން ހުރި ހާލަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތީ ގްރީޒްމަން އަދި މާމޮޅުކޮށް ފެންނަން ޖެހޭ މެޗެއް ކަމަށެވެ. ޑެޝޯމްޕްސް ބުނީ ގްރީޒްމަން އަކީ އޭނާ ދައްކާ ކުޅުމުގެ ސަބަބުން މުޅި ޓީމުގެ މޫނު މަތި ބަދަލުކޮށްލެވޭނެ ވަރުގެ ކުޅުންތެރިޔެއް ކަމަށެވެ. އެގޮތަށް އެކަން ވަނީ ގްރީޒްމަން ޤައުމީ ޓީމުގައި ގިނަ މެޗުތަކެއް ކުޅެ، މޮޅު ކުޅުމެއް ދައްކާތީ ކަމަށް ވެސް އޭނާ ބުންޏެވެ. ޑެޝޯމްޕްސް ބުނީ ގްރީޒްމަން އަކީ ޕާސް ދިނުމުގެ އިތުރުން، ޑިފެންޑު ކުރުމުގައި މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

މޮރޮކޯ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ އެ ޓީމަކީ ސަޕޯޓަރުން ގިނަ ޓީމެއް ކަމަށެވެ. އަދި މެޗު ވަރަށް އަޑު ގަދަވާނެ ކަމަށާއި، މުޅިންހެން ތިބޭނީ މޮރޮކޯގެ ސަޕޯޓަރުން ކަމަށެވެ. އަދި ކުޅުންތެރިންނަށް ވެސް އެކަން އެތައް ފަހަަރަކު ހަނދާންކޮށްދީ، "އިންޒާރު" ދީފައިވާނެ ކަމަށެވެ. ޑެޝޯމްޕްސް ބުނީ އޭނާގެ ކުޅުންތެރިންނާއި މުޅި ޓީމު މެޗަށް ތައްޔާރުވާން ޖެހޭނީ ކުޅުމުގެ އިތުރުން މާހައުލަށް ވެސް ހޭނެން ކަމަށެވެ. އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ އަބަދުވެސް ފްރާންސް އިން ކުޅެނީ ބޯޅަ ގެންގުޅެ، އިދިކޮޅު ޓީމަށް ނުރައްކާކޮށް، ލަނޑު ޖަހަން ކަމަށެވެ. އަދި އެކަން ބިނާވެގެން ވަނީ އެ މެޗެއްގައި ދައްކާ ކުޅުމެއްގެ މައްޗަށް ކަމަށެވެ. ޑެޝޯމްޕްސް ބުނީ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ މީހުންގެ ޕޮޒިޝަން އެހެން މެޗުތަކަށްވުރެ ރަނގަޅު ކަމަށާއި، އެ ތަފާތު ފެންނާނެ ކަމަށެވެ. އަދި ފްރާންްސް ޓީމު ވަރުގަދަވާ ބީދައިން މޮރޮކޯ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން މޮރޮކޯ އިން ކައުންޓަ އެޓޭކުގައި ވަރަށް ނުރައްކާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މޮރޮކޯ އިން ގޮތް ދޫކޮށް، ހިތްވަރު އެލުވާނުލާނެ ކަން ވެސް އެނގޭ ކަމަށެވެ. އެގޮތުން ކޮންމެ ބައެއް ވެސް ގެންގުޅޭނީ އެބައެއްގެ އަމިއްލަ ގޭމް ޕްލޭނެއް ކަމަށާއި، އެއަށް ބަދަލުތަކެއް ވެސް އަތުވެދާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ފްރާންސް އިން މެޗު ފަށާނީ ބޯޅަ ގެންގުޅެ، ނުރައްކާ ކުރަން ކަމަށާއި، ހަމައެކަނި ނަމަކަށް ބޯޅަ ގެންގުޅެން ނޫން ކަމަށެވެ.

ފްރާންސް އަދި މޮރޮކޯ ވާދަކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ފްރާންސްޑިޑިއޭ ޑެޝޯމްޕްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު