Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލުން ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ހޯދަނީ

ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔަކު ފެނިއްޖެ ނަމަ، އެ ކުޅުންތެރިޔަކު ގެނައުމަށް މަސައްކަތް ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޑިސެމްބަރު 2022 | ބުދަ 02:22
އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލްގެ ކޯޗު އާޓެޓާ

އަންނަ ޖެނުއަރީ ޓްރާންސްފާގައި އާސެނަލުން އައު ކުޅުންތެރިން ހޯދަން މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ޖެނުއަރީ ޓްރާންސްފާއާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އާޓެޓާ ބުނީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކަޔާ ކައިނަކަށް ދިން އިންޓަވިޔުއްގައި އާޓޭޓާ ބުނީ އާސެނަލުން އޮތީ ވަރަށް ހަރަކާތްތެރިކަމާއެކު ކަމަށާއި، ފުރުސަތެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ޓީމަށް ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔަކު ފެނިއްޖެ ނަމަ، އެ ކުޅުންތެރިޔަކު ގެނައުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އާސެނަލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ބެން ވައިޓާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އާޓެޓާ ބުނީ ބެން ވައިޓް އާސެނަލްގައި ހުރުމަކީ އޭނާގެ އިތުރުން މުޅި ޓީމު ވެސް އެދޭ ގޮތް ކަމަށެވެ. ނަމަވެސް އާޓެޓާ ބުނީ ބެން ވައިޓް ޓީމު ދޫކޮށްލަން ބޭނުންވާ ސަބަބު ވެސް އެ މީހުންނަށް އެނގޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް އާޓެޓާ ގޮސްފައެއް ނުވެއެވެ.

ބެން ވައިޓް ވަނީ ބްރައިޓަންގައި ހުރުމަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ތިން ކުލަބަކަށް ކުޅެފައެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ އެންމެ ފަހުން ކުޅުނީ ލީޑްސް ޔުނައިޓެޑަށެވެ. އެއަށްފަހު އޭނާ ދާއިމީ އެއްބަސްވުމެއްގައި އާސެނަލަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. މިހާތަނަށް އޭނާ ވަނީ އާސެނަލަށް 56 މެޗު ކުޅެދީފައެވެ.

އާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު