Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ސިޔާސީ މަސްރަހު

ގައުމުގެ ހައްގުގައި ތަފާތުތައް އެއްފަރާތްކުރަން ތައްޔާރު: ޝަހްބާޒް ޝަރީފް

ތަފާތުތައް އެއްކައިރިކުރައްވަން ހުންނެވިކަމަށް ވިދާޅުވިނަމަވެސް، އިމްރާމް ޚާނަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2022 | އަންގާރަ 17:50
ޝަހްބާޒް ޝަރީފް

ޝަހްބާޒް ޝަރީފް

ގައުމުގެ ހައްގުގައި ތަފާތުތައް އެއްފަރާތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޝަހްބާޒް ވިދާޅުވީ، ތަފާތުތައް އެއްފަރާތްކޮށް ގައުމުގެ ހައްގުގައި ސަތޭކަ ފިޔަވަޅުވެސް ކުރިޔަށް އެޅިދާނެ ކަމުގައެވެ.

ސަރުކާރުގެ ފަރާތުން ފައިނޭންސް މިނިސްޓަރު އިސްހާގް ދަރް، އިމްރާން ޚާންގެ ޕާޓީ ތަހްރީކޭ އިންސާފްގެ ރައީސް އާރިފް އަލްވީއާ ބައްދަލުކުރައްވަން ފޮނުއްވިކަން ފާހަގަ ކުރެއްވިއެވެ. މިއީ ވެރިކަންކުރާ ކޯލިޝަނާ ތަކްރީފޭ އިންސާފާ ދެމެދު މުއާމަލާތުކުރުމުގެ "ޗެނެލް"އެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބޭއްވެވި ބައްދަލުވުމެއްކަމަށް ދަނީ ބެލެމުންނެވެ.

ޝަރީފް ވިދާޅުވީ ގައުމުގެ ހަމަޖެހުމަށްޓަކައި ސަތޭކަ ފިޔަވަޅު އެޅިޔަސް، ދެމީހަކު ގުޅިގެން ކުރާ ޓެންގޯ ޑާންސްފަދަ ކަމެއް ކުރެވޭނީ ދެފަރާތް ގުޅިގެން ކަމަށާއި، ގައުމުގެ ހައްގުގައި މިފަދަ ގުރުބާނީތައްވެސް ވާންޖެހޭނެ ކަމުގައެވެ.

ބޮޑުވަޒީރު އިމްރާން ޚާނަށް ސުލްހައިގެ އަތެއް ދިއްކުރައްވާފައި މިވަނީ ޑިސެމްބަރ 20 ވަނަ ދުވަހުގެ ކުރިން އާންމު އިންތިޚާބްގެ ތާރީޚެއް ނުދީފިނަމަ ޕަންޖާބާއި ޚައިބަރު-ޕަޚްތުންޚުވާގެ އެސެމްބްލީ އުވޭގޮތަށް ކަންތައްކުރާނެކަމުގެ އިންޒާރު ޕީޓީއައިއިން ދީފައިވާ ދަނޑިވަޅެއްގައެވެ.

ގައުމުގެ ހައްގުގައި ދެބަސްވުންތައް އެއްފަރާތްކުރައްވަން ހުންނެވިކަމަށް ވިދާޅުވިނަމަވެސް ޝަރީފް، އިމްރާން ޚާނަށް ބަހުގެ ހަމަލާތަކެއްވެސް ދެއްވިއެވެ. ޚާނަކީ ގައުމުގެ މުސްތަގްބަލާމެދު އެއްވެސް ވަރަކަށް ނުވިސްނަވައި "ފްރޯޑް"އެއް ކަމަށް ވިދާޅުވިއެވެ. އަދި އިމްރާން ޚާނަކީ އަމިއްލަ މަސްލަހަތަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރައްވަން ފަސްޖެހިވަޑައި ނުގަންނަވާ، އީގޯގެ މައްސަލަ ބޮޑު ބޭފުޅެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަންމާފުޅު ޝައުކަތު ޚާނުމްގެ ނަމުގައި ހަދާފައިވާ ހޮސްޕިޓަލަށް ލިބުނު ޑޮނޭޝަންވެސް ސިޔާސީ ބޭނުންތަކަށް އިމްރާން ބޭނުންފުޅުކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި ސައޫދީ ވަލީއަހުދު ހަދިޔާކުރެއްވި، ގެފުޅުގެ ފޮޓޯޖެހި ގަޑިކޮޅެއްވެސް ވިއްކަވާލެއްވުންފަދަ ދަށު ދަރަޖައިގެ އަމަލު އިމްރާން ޚާން ކުރައްވާފައިވާކަމަށް ޝަހްބާޒް ޝަރީފް ވިދާޅުވިއެވެ.

މައުލޫމާތު: ވިއޯން ޗެނެލް

ޕާކިސްތާންދުނިޔެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު