Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އެމްބާޕޭ ހުއްޓުވުމަށް ޚާއްސަ ކަމެއް ނުކުރާނަން: ވަލީދު

އަޝްރަފް ހަކީމީ އަކީ ދުނިޔޭގައި ތިބި މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޑިސެމްބަރު 2022 | ބުދަ 02:20
މޮރޮކޯގެ ކޯޗު ވަލީދު

މޮރޮކޯގެ ކޯޗު ވަލީދު

ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ހުއްޓުވުމަށް މޮރޮކޯ އިން ޚާއްސަ ކަމެއް ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ވަލީދު ބުނެފިއެވެ.

ވަލީދު މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މިއީ މޮރޮކޯ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިއީ އެފްރިކާ އަދި މުސްލިމު ޤައުމެއް ވެސް މުބާރާތުގެ ސެމީ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ވަލީދު ބުނީ މެޗުގައި އެމްބާޕޭ ހުއްޓުވުމަށް ޚާއްސަ ގޮތްތަކެއް އޭނާ ނުގެންގުޅޭނެ ކަމަށެވެ. އޭނާ ބުނީ ފްރާންސްގައި އެމްބާޕޭ ނޫނަސް މޮޅެތި އެހެން ކުޅުންތެރިން ވެސް ތިބި ކަމަށެވެ. އެގޮތުން އެންޓޮއިން ގްރީޒްމަން އަންނަނީ ފްރާންސްގެ މެދު ތެރޭގައި މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި، އޮސްމާން ޑެމްބެލޭ އަންނަނީ އެމްބާޕޭ އަށް އެހީވުމަށް މޮޅަށް ކުޅެމުން ކަމަށެވެ. އެހެންކަމުން މެޗުގައި ހަމައެކަނި އެމްބާޕޭ އަށް ފޯކަސް ކުރުމަކީ ހެދޭނެ ގޯހެއް ކަމަށް އޭނާ ބުންޏެވެ. އެމްބާޕޭ ހުއްޓުވާ ގުޅޭ ގޮތުން އޭނާ ބުނީ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަކީ ދުނިޔޭގައި ތިބި މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔެއް ކަމަށާއި، އެހެންކަމުން އެއީ ދެ ކުޅުންތެރިންނަށް ޗެލެންޖަކަށް ވާނެ ކަމަށެވެ. އަދި ފްރާންސް އަކީ ދުނިޔޭގެ ޗެމްޕިއަނުން ކަމަށާއި، އެ ޓީމުގައި ވަރަށް މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ. އެހެންކަމުން ފްރާންސް އިން މެޗަށް ނުކުންނާނީ ހުރި ހުރިހާ ހަތިޔާރަކާއެކު ކަމަށެވެ. ވަލީދު ބުނީ މޮރޮކޯ އިން ވިސްނަން ޖެހޭނީ ފްރާންސް އަށް އުނދަގޫ ކުރެވޭނީ ކޮންގޮތަކުންތޯ ކަމަށެވެ.

މީގެ އިތުރުން ވަލީދު ބުނީ މޮރޮކޯގައި އަނިޔާގެ ބައިވަރު މައްސަލަ އުޅޭ ކަމީ މުޅި ދުނިޔެއަށް ވެސް އެނގޭ ބޮޑު ހަގީގަތެއް ކަމަށެވެ. ނަމަވެސް އެ ކުޅުންތެެރިން ވެސް މިހާރު ރަނގަޅު ވަމުން އަންނަކަން ފާހަގަކޮށް އޭނާ ބުނީ، މޮރޮކޯގެ މެޑިކަލް ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އަދި މެޑިކަލް ޓީމުގެ ފަރާތުން މިހާތަނަށް ލިބެނީ އުފާވެރި ޚަބަރު ކަމަށެވެ. އެހެން ނަމަވެސް ޓީމު އިޚުތިޔާރު ކުރުމަށް އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަޑުކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެއްވެސް ކުޅުންތެރިޔަކު އަދި ބޭރު ނުވާ ކަމަށާއި، އެއްވެސް ކުޅުންތެރިޔަކު އެތެރެ ވެސް ނުވާ ކަމަށެވެ.

އޭނާ ބުނީ ވޯލްޑް ކަޕް މުބާރާތެއްގެ ސެމީ ފައިނަލަށް އައިސް، އެއަށްވުރެ އިތުރަށް ދެން ބޭނުންނުވުމަކީ މައްސަލައެއް ކަމަށެވެ. އަދި ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއްގެ މިހާ ހިސާބުގައި ކުޅުމަކީ ކޮންމެ ކޮންމެ ޓީމަކަށް ލިބޭނެ ނަސީބެއް ނޫން ކަމަށެވެ. ވަލީދު ބުނީ މުބާރާތުގައި އޮތް އެންމެ މޮޅު ޓީމު ބްރެޒިލް ކަޓައިފި ކަމަށާއި މޮރޮކޯ އަކީ އުއްމީދީ ޓީމެއް ނަމަވެސް އިތުރަށް ވެސް ހާސިލް ކުރަން ބޭނުންވާ ކަންކަން ހުރި ކަމަށެވެ. ވަލީދު ބުނީ އޭނާ ބޭނުންވަނީ ދުނިޔޭގެ އެންމެ އުހުގައި އެފްރިކާ ބައްރު އޮންނަން ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި މޮރޮކޯ އިން ފްރާންސްއާ ދެކޮޅަށް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯވަލީދު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
09 މެއި 2024

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖެނުއަރީ 2024

މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

02 ޖެނުއަރީ 2024
މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު