Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފީފާ ވޯލްޑް ކަޕް ޤަތަރު

ފުޓުބޯޅަ ޓްރެއިނިންގް ސައިޓެއްގައި މަސައްކަތްތެރިއަކު މަރުވެ ޤަޠަރުން ސީރިއަސް ތަޙްޤީޤުތަކެއް ފަށައިފި

މަސައްކަތްތެރިންނާ މެދު އެ ޤައުމުން އަމަލު ކުރަމުން ދަނީ ލާއިންސާނީ މޭރުމަކުން ކަމަށް ހުޅަނގުން ބުނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2022 | ހޯމަ 07:18
ޤަތަރު- ޤަޠަރުގެ އޮފިޝަލުން ގެންދަވަނީ އެ ޤައުމަށް އަމާޒު ކުރާ އެފަދަ ފާޑުކިއުންތަކަށް އިންކާރު ކުރައްވަމުން

ޤަތަރު- ޤަޠަރުގެ އޮފިޝަލުން ގެންދަވަނީ އެ ޤައުމަށް އަމާޒު ކުރާ އެފަދަ ފާޑުކިއުންތަކަށް އިންކާރު ކުރައްވަމުން

ޤަޠަރުގައި ކުރިއަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ޓްރެއިނިންގް ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ހިޖުރަވެރި މަސައްކަތްތެރިއަކު މަރުވި ހާދިޘާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ، މަސައްކަތުގެ މައިދާނުގައި ސަލާމަތްތެރިކަން ހުރި ނެތް ގޮތުގެ ތަޙްޤީޤުތައް ކުރުމުގެ މަސައްކަތް، ޤަޠަރުން ފަށާފައި ވާ ކަމަށް، ޤަޠަރުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޤަޠަރުން މިފަދަ ތަޙްޤީޤެއް ފަށާފައި މި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަޠަރަށް ހިޖުރަކޮށްގެން އުޅޭ މަސައްކަތްތެރިންނާ މެދު އެ ޤައުމުން އަމަލު ކުރަމުން ދަނީ ލާއިންސާނީ މޭރުމަކުން ކަމަށް ބުނެ، ބައިނަލްއަޤުވާމީ ފެންވަރުގައި، ވަކިން ހާއްސަކޮށް، ހުޅަނގުގެ ބާރުތަކުން ހަރު އަޑުން ވަކާލާތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޢާއިލާއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވަމުން، ދޯހާގައި ކުރިއަށްދާ 2022 ވޯލްޑްކަޕްގެ ޗީފް އެގްޒެކެޓިވް ނާސިރު އަލް ޚާތިރު ވަނީ، މަސައްކަތްތެރިއަކު މަރުވެފައި ވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މަރަކީ ދިރިއުޅުމާ ގުޅިފައިވާ ޤުދުރަތީ ކަމެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް، ހާދިޘާގެ އިތުރު ތަފްސީލުތަކެއް އޭނާ ނުދެއްވައެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ ދި އެތުލެޓިކްއާ ހަވާލާދީ، ރޮއިޓަރޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މަރުވެފައި ވަނީ ސީލައިން ރިޒޯޓްގައި ކާރު ޕާކު ކުރަން ހާއްސަކޮށްފައި ވާ ސަރަޙައްދުގައި ބޮކި ހަރުކުރުމަށް، ކޮންޓްރެކްޓް އުސޫލުން ހަވާލު ކޮށްފައިވާ، ފިލިޕީންސްގެ މަސައްކަތްތެރިއެކެވެ. އެ ސަރަޙައްދަކީ، ސައުދީ ޓީމުގެ ޓްރެއިނިންގް ސައިޓްއެވެ. ބޮކި ހަރުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އޭނާ ކައްސާލައިގެން ވެއްޓި، ކޮންކުރީޓްގަނޑުގައި ފުރަތަމަވެސް ޖެހުނީ ބޯ ކަމަށް މައުލޫމާތު ލިބެއެވެ.

ހާދިޘާ ހިނގާފައި ވަނީ ވޯލްޑްކަޕް މެޗުތައް ފެށި ފަހުން ކަމަށް، ގިނަ މަސްދަރުތަކަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް، ކަނޑައެޅިގެން ވަކި ތާރީޚެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި ހާދިޘާއާ ގުޅިގެން ފީފާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މި ހިތްދަތި ހާދިޘާއާ ގުޅިގެން އިންތިހާއަށް ހިތާމަ ކުރާ ކަމަށާ، އެ އިދާރާގެ ޙަމްދަރުދީ ވަނީ މަރުވި މަސައްކަތްތެރިޔާގެ ޢާއިލާއާ އެކުގައި ކަމަށެވެ.

ގަލްފްގެ ޢަރަބި ޤައުމެއްގައި ފުރަތަމަ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް ހޮސްޓް ކުރުމުގެ ރެކޯޑް ޤަޠަރުން ދަމަހައްޓަމުން ދާއިރު، އެކަމަކީ، ހުޅަނގުގެ ބާރުތަކަށް ހަޖަމް ކުރަން މާ ފަސޭހަ ކަމަކަށް އޮތީ ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން، އިންސާނީ ޙައްޤުތަކާއި މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅުވައިގެން ތަފާތު އެކި ކަހަލަ ވާހަކަތައް ހުޅަނގުން ދަނީ ފެންމަތި ކުރަމުންނެވެ. އަދި ޤަޠަރާ ދެކޮޅަށް، ވިލާތުންވެސް ވަނީ ތަޙްޤީޤުތަކެއް ފަށާފައެވެ.

މަސައްކަތްތެރިންގެ އާބާދީ ބޮޑު ޤަޠަރުގެ އޮފިޝަލުން ގެންދަވަނީ އެ ޤައުމަށް އަމާޒު ކުރާ އެފަދަ ފާޑުކިއުންތަކަށް އިންކާރު ކުރައްވަމުންނެވެ. އަދި ޤަޠަރުގައި މަސައްކަތް ކުރުމަށް ފަހު، އުފަން ވަޒަނަށް އެނބުރި ގޮސްފައި ވާ މަސައްކަތްތެރިންގެ ފަރާތުންވެސް އިވެމުން ދަނީ ޤަޠަރުގެ އޮފިޝަލުންނާ ދާދި އެއް ރޫހެއްގެ ވާހަކަތެކެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
36 އަހަރަށްފަހު ވޯލްޑް ކަޕްގެ ޗެމްޕިއަން ތަށި އާޖެންޓީނާގެ ފަސްގަނޑަށް

36 އަހަރަށްފަހު ވޯލްޑް ކަޕްގެ ޗެމްޕިއަން ތަށި އާޖެންޓީނާގެ ފަސްގަނޑަށް

20 ޑިސެމްބަރު 2022
ފްރާންސް ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާން ޖެހޭ: މެކްރޯން

ފްރާންސް ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާން ޖެހޭ: މެކްރޯން

20 ޑިސެމްބަރު 2022
ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމު އެނބުރި ޤައުމަށް

ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމު އެނބުރި ޤައުމަށް

20 ޑިސެމްބަރު 2022
ފައިނަލުން ބަލިވުމުން އެމްބާޕޭގެ މެސެޖެއް

ފައިނަލުން ބަލިވުމުން އެމްބާޕޭގެ މެސެޖެއް

20 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު