Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އާޖެންޓީނާ

ވޯލްޑް ކަޕް ކާމިޔާބާއެކު އާޖެންޓީނާގެ ޒުވާރި ދަނޑުތަކަށް މެސީގެ މޫނު!

ކާލޯސް ފަރިސޭލީ ބުނީ، އެކަން ކުރުމުގެ ޚިޔާލު އައީ އާޖެންޓީނާ އާއި މެސީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2023 | ބުރާސްފަތި 05:39
އާޖެންޓީނާގެ ޒުވާރި ދަނޑުގައި މެސީގެ މޫނު ސިފަކޮށްފައި

އާޖެންޓީނާގެ ޒުވާރި ދަނޑުގައި މެސީގެ މޫނު ސިފަކޮށްފައި

މިދިޔަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރުން ވެގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުންނަށް އުފާވެރިކަން ގެނުވި ކަމަށެވެ.

ޚާއްސަކޮށް 36 އަހަރަށްފަހު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުން އެންމެ ބޮޑު އުފަލެއް ލިބުނީ އެ ޤައުމުގެ ރައްޔިތުންނަށެވެ. އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ މުޅި އާޖެންޓީނާ ކޮނޑު އަޅައިގެން ނުކުމެ 1986 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި ފަހުން، މިއީ އެ ޤައުމަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ވެސް އާޖެންޓީނާގެ އެންމެ ޚާއްސަ އެއް ކުޅުންތެރިޔަކީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އެއީ އޭނާގެ ކެރިއަރުގައި މަދުވާ ހަމަ އެކަނި ކާމިޔާބަކީ ވޯލްޑް ކަޕެވެ. އެ ކާމިޔާބީ މެސީ ހޯދުމާއެކު މުޅި އާޖެންޓީނާ އޮތީ އުފަލުން ފޮޅިފަ އެވެ.

މެސީ އަދި އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރިތާ މިހާރު މިވީ އެއް މަސް ދުވަހެވެ. ވޯލްޑް ކަޕްގެ ވާހަކަ ކޮންމެ ވެސް ވަރަކަށް މަޑުވެފައި އޮއްވާ، ގިނަ ބައެއް ސަމާލުކަން ހުއްޓުނީ އާޖެންޓީނާގެ ޒުވާރި ދަނޑުތަކަކަށެވެ. ޒުވާރި ދަނޑު ބަލަހައްޓާ މީހަކު ވަނީ މަތިން، މެސީގެ މޫނު ފެންނާހެން ދަނޑު ހައްްދައިފަ އެވެ. މަތިން ދަތުރުކޮށްފައި ދާއިރު ވެސް ޒުވާރި ދަނޑުން ސިފަ ވަނީ މެސީގެ މޫނެވެ. އެ ދަނޑުތައް ބަލަހައްޓާ މީހެއް ކަމަށްވާ، ކާލޯސް ފަރިސޭލީ ބުނީ، އެކަން ކުރުމުގެ ޚިޔާލު އައީ އާޖެންޓީނާ އާއި މެސީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ އެކަން ގިނަ ބަޔަކަށް އެނގެން ކަމަށާއި، އަދި ގިނަ ބަޔަކު އެގޮތަށް ދަނޑު ހެއްދުން ކަމަށެވެ. އޭނާ ވަނީ އެގޮތަށް ޒުވާރި ދަނޑު ހެއްދުމަށް އޮށް އިންދި ގޮތް ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އާންމު ގޮތެއްގައި އޮށް އިންދަނީ ތިން މީޓަރުން ކަމަށާއި، ނަމަވެސް މެސީގެ މޫނު ފާޅު ކުރުމަށް އޮށް އިންދަން ޖެހުނީ ފަސް މީޓަރުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އޭނާގެ ނަޒަރުގައި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ މެސީ ކަމަށެވެ. އެހެންކަމުން އެގޮތަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އޭނާ ބުނީ އެގޮތަށް ދަނޑު ހެއްދުނީތީ މިހާރު ވަރަށް އުފާވާ ކަމަށާއި، އޭނާ އަށް އެކަމުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

އާޖެންޓީނާ އަކީ ޒުވާރި ހެއްދުމުގައި މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ. ދުނިޔެއިން ތިން ވަނަ އަށް ޒުވާރި އެކްސްޕޯޓު ކުރާ ޤައުމަކީ އާޖެންޓީނާ އެވެ. އެޤައުމުގައި ޒުވާރި ދަނޑު ހައްދާ މީހުން ވަރަށް ގިނަ އެވެ. އެއީ އެމީހުންގެ އާމްދަނީގެ އެއް ވަސީލަތެވެ.

މެސީ އާއި އޭޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުފާ ފާހަގަކުރުމަށް އެ ޤައުމަށް ސަޕޯޓުކުރަމުން އަންނަ އެކި ފަރާތްތަކުން ވަނީ ތަފާތު އެކިއެކި ކަންކަންކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

06 ޖޫން 2021
ދުނިޔޭގެ ފުރަތަމަ އަންހެން ރޭޑިއޯ ކޮމެންޓޭޓަރ މުއުމިނާގެ، ނަންނެތި، "ވޯލްޑް ރެކޯޑް ބުކް" ފުރިހަމަވެދާނެ ހެއްޔެވެ؟!

ދުނިޔޭގެ ފުރަތަމަ އަންހެން ރޭޑިއޯ ކޮމެންޓޭޓަރ މުއުމިނާގެ، ނަންނެތި، "ވޯލްޑް ރެކޯޑް ބުކް" ފުރިހަމަވެދާނެ ހެއްޔެވެ؟!

22 ސެޕްޓެމްބަރު 2020
ލޮކްޑައުންއާއެކު 45ށް ވުރެ ގިނަ ބްރޭކަޕް، މިވީ ކިހިނެއް؟

ލޮކްޑައުންއާއެކު 45ށް ވުރެ ގިނަ ބްރޭކަޕް، މިވީ ކިހިނެއް؟

03 ސެޕްޓެމްބަރު 2020
"ވޯލްޑް ހެލްތް ޑޭ" ގެ އިރު އަލިކަމާއިއެކު ސިޔާސީ ލީޑަރުންގެ އަތަށް އެ އަރަނީ ކޮން ހުސްގަނޑެއް ހެއްޔެވެ؟

"ވޯލްޑް ހެލްތް ޑޭ" ގެ އިރު އަލިކަމާއިއެކު ސިޔާސީ ލީޑަރުންގެ އަތަށް އެ އަރަނީ ކޮން ހުސްގަނޑެއް ހެއްޔެވެ؟

07 އެޕްރީލު 2020
ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

24 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު