Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާޖެންޓީނާ ޤައުމީ ޓީމު

އެތައް ހާސް ބަންގްލަދޭޝް ރައްޔިތުން އާޖެންޓީނާ އަށް ސަޕޯޓުކޮށް މަރުދޭ ސަބަބު މިއޮތީ!

އަމިއްލަ އަށް އާޖެންޓީނާ އަށް ލަވަ ހެދުމުގެ އިތުރުން، ޤަތަރުގައި އާޖެންޓީނާ މެޗުތައް ބެލުމަށް ވެސް އެ ޤައުމުގެ ރައްޔިތުން އެބަ ތިބި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2022 | ހޯމަ 04:05
ބަންގްލަދޭޝް ރައްޔިތުން އާޖެންޓީނާ ޖާޒީގައި

ބަންގްލަދޭޝް ރައްޔިތުން އާޖެންޓީނާ ޖާޒީގައި

ޤަތަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ފެށިގެން ކުރިއަށްދާއިރު، ސަޕޯޓަރުން އެންމެ ގިނަ އެއް ޤައުމަކީ އާޖެންޓީނާއޭ ބުނެވިދާނެއެވެ.

ބައިނަލްއަޤުވާމީ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އާޖެންޓީނާ އަށް ސަޕޯޓުކުރަނީ ހަމައެކަނި އެ ޤައުމުގެ ރައްޔިތުންނެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާޖެންޓީނާގެ ސަޕޯޓަރުން ހާހުން ގުނާލެވެއެވެ. ޔޫރަޕުގެ ޤައުމުތަކާއި، އޭޝިއާގެ ޤައުމުތަކުން ފެށިގެން ގޮސް އެފްރިކާގެ ޤައުމުތަކުގައި ވެސް މެއެވެ. އެހެން ނަމަވެސް މަފަހަރު އެންމެ ބޮޑަށް އަޅައިގަތީ ބަންގްލަދޭޝް ރައްޔިތުން އާޖެންޓީނާ އަށް ކުރަމުން އަންނަ ސަޕޯޓެވެ. އެ ޤައުމައި މުޅިން ހެން އޮތީ އާޖެންޓީނާގެ ސަޕޯޓަރުންނޭ ބުނެވިދާނެއެވެ. އާޖެންޓީނާ އަށް ސަޕޯޓުކުރުމަށް އެމީހުން ތަފާތު ކަންތައްތައް ކުރެއެވެ.

އެމީހުންގެ ސަޕޯޓަކީ އާދައިގެ ސަަޕޯޓެއް ވެސް ނޫނެވެ. އަމިއްލަ އަށް އާޖެންޓީނާ އަށް ލަވަ ހެދުމުގެ އިތުރުން، ޤަތަރުގައި އާޖެންޓީނާ މެޗުތައް ބެލުމަށް ވެސް އެ ޤައުމުގެ ރައްޔިތުން އެބަ ތިއްބެވެ. އެކަމުގެ ސިއްރަކީ ކޮބައިތޯ ބެލުމަށް އަލް ޖަޒީރާގެ ނޫސްވެރިޔަކު ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ އެކަން ކާމިޔާބު ވެސް ކުރިއެވެ.

ބަންގްލަދޭޝް ރައްޔިތުން އާޖެންޓީނާ އަށް މަރުދޭ ސަބަބު ސާފެވެ. ސަބަބަކީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އާއި މިހާރުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. އޮންލައިންކޮށް އެ ސުވާލު އަމާޒުކުރުމުން އެއަށްވަނީ އެތައް ހާސް ރިޕްލައި ލިބިފައެވެ. ބަންގްލަދޭޝްގެ ރައްޔިތުން ބުނަނީ އާޖެންޓީނާ އަށް ސަޕޯޓު ކުރަނީ ފުޓުބޯޅައިގައި މެސީ ދައްކަމުން އަންނަ ހުނަރާއި، ޖާދުލުގެ ސަބަބުން ކަމަށެވެ. އެ މީހުން ބުނަނީ މެސީ އަކީ އެމީނުންނާ އެއް އުމުރެއްގެ ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް މެސީގެ ކުޅުމަކީ އެންމެ މޮޅު ކުޅުން ކަމަށެވެ. އެ މީހުން ބުނީ އެއީ ހަމައެކަނި މެސީ އަށް ވުމުން ކުރާ ސަޕޯޓެއް ނޫން ކަމަށެވެ.

މަރަޑޯނާ އަކީ ވެސް އެމީހުންގެ ހިތްތަކުން ޖާގަ ހޯދި މޮޅު ޖާދޫގަރެއް ކަމަށް އެމީހުން ބުނެއެވެ. އެ މީހުން ބުނަނީ އާޖެންޓީނާ އިން އެމީހުންގެ ހިތްތައް ފަތަހަ ކުރީ މަރަޑޯނާގެ ސަބަބުން ކަމަށެވެ. އަދި އެތައް ހާސް ބަޔަކު މިހާރު ވެސް މަަރަޑޯނާ ދެކެ ލޯބިވާ ކަމަށެވެ. އެމީހުން ބުނީ ބަންގްލަދޭޝްގައި ވެސް ވޯލްޑް ކަޕް އެންމެ ފުރަތަމަ ޓީވީން ދައްކަން ފެށީ 1986 ވަނަ އަހަރު ކަމަށެވެ. މެކްސިކޯގައި ބޭއްވި މުބާރާތުގައި މަރަޑޯނާ މުޅި އާޖެންޓީނާ ކޮނޑު އަޅައިގެން ގޮސް މުބާރާތް ކާމިޔާބު ކުރި ކަމަށެވެ. އަދި ފުޓުބޯޅައިގައި މަރަޑޯނާ ވަނީ އެތައް ޖާދުލެއް ދައްކާފައި ކަމަށެވެ.

އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލު ކުރި ކުއާޓާ ފައިނަލް ބެލުމަށް ވެސް ބަންގްލަދޭޝް ރައްޔިތުން ވަނީ ޤަތަރަށް ގޮސްފައެވެ. އެމީހުން ބުނީ ޤަތަރަށް ދިޔައީ ސީދާ މެސީ އާއި އާޖެންޓީނާގެ ކުޅުން ބެލުމަށް ކަމަށެވެ. އަދި އެ މެޗުގައި މެސީ ވަރަށް މޮޅަށް ކުޅުނުކަން ފާހަގަކުރަމުން އެ މީހުން ބުނީ، އެކަން ތަފްސީލުކޮށްދޭން ވެސް އުނދަގޫ ކަމަށެެވެ. މުސްލިމު އެ ރައްޔިތުންގެ ދުއާ އަކީ ވެސް އެއީއެވެ. މެސީ އާއި އާޖެންޓީނާ މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުމެވެ. އަދި އަންނަނީ ސްޓޭޑިއަމްތަކުގެ ބޭރުގައި ވެސް ފޯރީގައި ސަޕޯޓު ނަގަމުންނެވެ.

އެކަމާ ގުޅިގެން އާޖެންޓީނާގެ ބައެއް ރައްޔިތުން ބުނީ ބަންގްލަދޭޝް ރައްޔިތުންގެ ސަޕޯޓު ފެނި އެމީހުން ވެސް ހައިރާންވި ކަމަށެވެ. އަދި ބަންގްލަދޭޝް ރައްޔިތުން ދެކެ ވަރަށް ލޯބިވާ ކަމަށާއި، އާޖެންޓީނާ ރައްޔިތުންގެ ހިތްތަކުން އެމީހުންނަށް ޚާއްސަކަމެއް މިހާރު ދެވިފައިވާ ކަމަށެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާބަންގްލަދޭޝްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު