Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަލްފް ސަމިޓް

ތެލުގެ ވިޔަފާރީގައި ޔުއާން ބޭނުން ކުރަން ޗައިނާގެ ރައީސް ގޮވާލައްވައިފި

ޝީ މިފަދައިން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުން ގަދަކޮށްފައި އޮތް އޮތުން ކުޑަކުރުމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ޑިސެމްބަރު 2022 | އާދީއްތަ 02:17
ޗައިނާގެ ރައީސް ޝީ ޖިންޕިންގ

ޗައިނާގެ ރައީސް ޝީ ޖިންޕިންގ

އަރަބި ޤައުމުތަކުން ތެލުގެ ވިޔަފާރި ކުރުމުގައި ޗައިނާގެ ފައިސާ، ޔުއާން ބޭނުން ކުރަން އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ގަލްފް ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ޗައިނާއިން ތެޔޮ ގަތުމުގައި ޔުއާން ބޭނުން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝީ ވިދާޅުވިއެވެ.

ރައީސް ޝީ މިފަދައިން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުން ގަދަކޮށްފައި އޮތް އޮތުން ކުޑަކުރުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. ޗައިނާއިން ތެލުގެ ވިޔަފާރީގައި ޔުއާން ބޭނުން ކުރަން ފަށައިފިނަމަ ދުނިޔޭގެ ބާޒާރުގައި ޔުއާންގެ ބާރުވެސް ގަދަވާނެއެވެ.

އަރަބި ޤައުމުތަކުގައި ޗައިނާގެ ނުފޫޒު އަންނަނީ ދުވަހަކަށް ފަހު ދުވަހެއް ގަދަވަމުންނެވެ. އެގޮތުން، ޝީ މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް އަރަބި ޤައުމުތަކާ ގުޅުން ބަދަހި ކުރުމަށް ގިނަ މަޝްވަރާތަކެއް ދަނީ ކުރައްވަމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ އެމެރިކާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސައުދީ އާއި އަރަބި ޤައުމުތަކުން ވަނީ ޗައިނާއާއެކު ހަދާ އެއްބަސްވުންތައް ލިމިޓު ކުރުމަށް އެމެރިކާއިން ބުނި ބުނުމަށް ބީރުކަންފަތެއް ދެމުންނެވެ. އަދި އޯޕެކް ޕްލަސް ޤައުމެއް ކަމަށްވާ ރަޝިއާގެ ގުޅުން މެދުކަނޑާލަން ގޮވާލި ގޮވާލުމަށް ވެސް އެ ޤައުމުތަކުން އިޖާބައެއް ނުދެއެވެ.

ޗައިނާއިން އެ ޤައުމާއެކު ކުރާ ތެލުގެ ވިޔަފާރިތަކުގައި ޔުއާން ބޭނުން ކުރަން ގޮވާލި ނަމަވެސް އެކަން އަވަސް މުސްތަގުބަލެއްގައި ކުރެވޭނެކަމަށް މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. އެއީ ސައުދީގެ މިލްކިއްޔާތުގައި ހުރި ގިނަ ތަކެއްޗާއި ރިޒާވަކީ ޑޮލަރުން ހުރި އެއްޗެއްސަށް ވާތީއެވެ. އެގޮތުން ޓްރެޝަރީޒްގެ ގޮތުގައި އެކަނި 120 ބިލިއަން އެމެރިކާ ޑޮލަރު އެ ޤައުމުގައި އެބަހުއްޓެވެ.

ޗައިނާޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު