Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޯލްޑް ބޭންކު

"ގޮންޖެހުންތައް ބޮޑު ދުނިޔެއެއްގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރަން ބާރުއަޅަންޖެހޭ"

ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2022 | ހޮނިހިރު 16:56
ވޯލްޑް ބޭންކުގެ ނައިބްރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކ. ގުޅީގައި

ވޯލްޑް ބޭންކުގެ ނައިބްރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކ. ގުޅީގައި

ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

ޖުލައި 2022ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައިސާ ވަނީ ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކުރުމަށްޓަކައި ގެންނަމުންދާ މުހިންމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭނެކަން ތަކުރާރުކުރައްވާފައެވެ.

މާލޭގައި ރައިސާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު؛ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރައިސާ ވަނީ ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވޯލްޑް ބޭންކާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށް ގެންނަމުންދާ ގޮންޖެހުންތައް ބޮޑު މާލީ އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މާލިއްޔަތު އާރާސްތުކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުން މި ފަހުން ޓެކްސް ބޮޑުކޮށްފައިވާތީ އެކަމަށް ސަރުކާރަށް ތައުރީފްކުރެއްވިއެވެ.

ވޯލްޑް ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި 5 މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައިސާ ވަނީ ދިވެހި ސަރުކާރުގެ އިސް ވެރިންނާ އެކު ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫއުގެ ސަބަބުން، ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަރަންޓް އުފެއްދި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ބޭރު ފައިސާ ސަލާމަތްކުރުމަށް މުހިންމު އެހީއަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޖާދީ ވިސްނުންތަކާއި ވަސީލަތްތައް އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ރައިސާ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައިސާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މާލޭން ބޭރުގައި ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލާއި މުހިންމު އުމްރާނީ ވަސީލަތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގާތުން ބައްލަވާލެއްވުމަށް ކ. ގުޅިއަށް ވެސް ޒިޔާރަތްކުރައްވާފައެވެ.

ވޯލްޑް ބޭންކްވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، މާޓިން ރޭއިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
18 އޮކްޓޯބަރު 2025

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
20 މާރިޗު 2024

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް
23 ނޮވެމްބަރު 2023

ރާއްޖޭން އަވަސް މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކުން އިލްތިމާސްކޮށްފި

23 ނޮވެމްބަރު 2023
ރާއްޖޭން އަވަސް މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކުން އިލްތިމާސްކޮށްފި
05 އޮކްޓޯބަރު 2023

ރާއްޖޭގެ މެދު ރާސްތާގެ އިގްތިސާދީ ތަސައްވަރު ރަނގަޅު: ވަރލްޑް ބޭންކް

05 އޮކްޓޯބަރު 2023
ރާއްޖޭގެ މެދު ރާސްތާގެ އިގްތިސާދީ ތަސައްވަރު ރަނގަޅު: ވަރލްޑް ބޭންކް
27 ޖޫން 2023

ވޯރލްޑް ބޭނުންކުން ސްރީލަންކާއަށް 500 މިލިއަން ޑޮލަރު ދެނީ

27 ޖޫން 2023
ވޯރލްޑް ބޭނުންކުން ސްރީލަންކާއަށް 500 މިލިއަން ޑޮލަރު ދެނީ
09 މެއި 2023

މިއަހަރު ފަތުރުވެރިކަން 7.1 އިންސައްތައިން ކުރިއަރާނެ

09 މެއި 2023
މިއަހަރު ފަތުރުވެރިކަން 7.1 އިންސައްތައިން ކުރިއަރާނެ
07 މެއި 2023

މިއަހަރުވެސް ދެކުނު އޭޝިއާގެ އެންމެ ހަލުވި އިގްތިސާދަށް ރާއްޖެ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަނގަޅުވާނެ - ވޯލްޑް ބޭންކް

07 މެއި 2023
މިއަހަރުވެސް ދެކުނު އޭޝިއާގެ އެންމެ ހަލުވި އިގްތިސާދަށް ރާއްޖެ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަނގަޅުވާނެ - ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު