Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަގާފީ ތަރިކަ

ފ. ނިލަންދޫ އާސާރީ މިސްކިތުގެ ގޯތި ތެރޭގައި ހުރި މަހާނަ ގާތަކަށް ބަޔަކު ގެއްލުންދީފި

ރަށު ކައުންސިލާއި ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2022 | ހޮނިހިރު 09:53
ފ. ނިލަންދޫ އާސާރީ މިސްކިތުގެ ގޯތި ތެރޭގައި ހުރި މަހާނަ ގާތަކަށް ބަޔަކު ގެއްލުންދީފައި

ފ. ނިލަންދޫ އާސާރީ މިސްކިތުގެ ގޯތި ތެރޭގައި ހުރި މަހާނަ ގާތަކަށް ބަޔަކު ގެއްލުންދީފައި

ފ. ނިލަންދޫ އާސާރީ މިސްކިތުގެ ގޯތިތެރޭގައި ހުރި މަހާނަ ގާތަކަށް ބަޔަކު ގެއްލުންދީފިއެވެ.

އާސާރީ މިސްކިތުގެ ގޯތި ތެރޭގައި ހުރި އިހުޒަމާނުގެ ގިނަ މަހާނަ ގާތައް، ގަސްތުގައި ބަޔަކު ބިންދާލައި ހަލާކުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން އެނގިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

އެރަށު ކައުންސިލުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި، އެކަން އެނގުމާއެކު، ރަށު ކައުންސިލާއި ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އެގޮތުން ގިނަ ގާތަކަކަށް ގެއްލުންދީފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރެކޯޑްތަކަށް ބަލާއިރު، ފ. ނިލަންދޫ އާސާރީ މިސްކިތަކީ ރާއްޖެ އިސްލާމްކުރެއްވުމަށްފަހު، އޭރުގެ ރަސްގެފާނު މުހައްމަދު ބިން އަބްދުﷲ (ދަރުމަވަންތަ ރަސްގެފާނު) ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުރަތަމަ ބިނާކުރެއްވި 3 މިސްކިތުގެތެރެއިން އެއް މިސްކިތެވެ. އަނެއް ދެ މިސްކިތަކީ މާލޭ ހުކުރު މިސްކިތާއި ދަރުމަވަންތަ މިސްކިތެވެ. 

ދަރުމަވަންތަ މަހާރަދުންގެ އަމުރުފުޅަށް ބިނާކުރި މި މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްކިތެކެވެ.

ނިލަންދޫ އާސާރީ މިސްކިތަކީ އެވޭލާ ޒަމާނުގައި ބުޑިސްޓު ދީނުގެ ވޭރެއް ހުރި ތަނެއްގައި ބިނާކުރެވިފައިވާ މިސްކިތެކެވެ. މި ހުކުރު މިސްކިތުން މިހާރު ފެންނަން ހުރީ އެ އިމާރާތުގެ އަސްލުކަމަށް ބެލެވޭ ބިންގަލުގެ ވެލިގަލާއި ހިރިގަލުގެ ބައެވެ. އަދި ގޯތިތެރޭގައި މަހާނަ ގާތައްވެސް ހުރެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާއީލް ނާއިލް ނަޝީދު ވިދާޅުވީ، ސަގާފީ ތަރިކަ ރައްކާތެރިކުރުމާބެހޭ މަރުކަޒުން ރަށު ކައުންސިލާ ގުޅިގެން އެކަން ބަލަމުންދާކަމަށެވެ. އަދި އެކަމުގައި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ 54 ވަނަ މާއްދާގައި ސަގާފީ ތަރިކައަށް ގެއްލުންދިނުމާއި އިހުމާލުވުމަކީ ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަހައްދެއް ހަލާކުކޮށް، ގެއްލުންދީ، ނުވަތަ ނެތިކޮށްލުމުގެގޮތުން ކުރާ އެންމެހައި ކަންކަމަކީ އެ ގާނޫނުގެ ދަށުން ކުށެކެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗަކަށް ބަދަލުގެނެސް، ނުވަތަ އެ އެއްޗެއްގެ އަސްލު އޮޅުވާލައި ނުވަތަ އުނިއިތުރު ގެނައުންވެސް މިއީ ކުށެކެވެ.

ފ. ނިލަންދޫ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

25 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 ސެޕްޓެމްބަރު 2025
މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
18 އޯގަސްޓު 2025

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނިލަންދޫން ގިނަ ބަޔަކު ހައްޔަރުކޮށްފި

18 އޯގަސްޓު 2025
މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނިލަންދޫން ގިނަ ބަޔަކު ހައްޔަރުކޮށްފި
29 އެޕްރީލު 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫއިން މީހަކު ހައްޔަރުކޮށްފި

29 އެޕްރީލު 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫއިން މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު