Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

އެތައް ބައެއް ލޯބި މޮރޮކޯއާއެކު، ޕޯޗުގަލާ ދެކޮޅަށްވެސް ހިތްވަރު ހޯދާނީ ދުއާއިން

ދިވެހިރާއްޖެވެސް ހިމެނޭ އޭޝިޔާގެ ގިނަ ބައެއްގެ ތާއީދު އޮތީވެސް މޮރޮކޯއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2022 | ހޮނިހިރު 08:36
މޮރޮކޯގެ ކުޅުންތެރިން ފަލަސްތީނުގެ ދިދައާއެކު އުފާ ފާޅުކުރަނީ

މޮރޮކޯގެ ކުޅުންތެރިން ފަލަސްތީނުގެ ދިދައާއެކު އުފާ ފާޅުކުރަނީ

މޮރޮކޯއަކީ މަޣްރިބްކަރައެވެ. އެއީ އަރަބި، އިސްލާމީ ގައުމެކެވެ. މެޑިޓަރޭނިއަން އަދި އެޓްލާންޓިކް ކަނޑަށްވާ ގޮތަށް އޮތް ޔޫރަޕުގެ ވިޔަފާރީގެ މުހިންމު ހިސާބެއްގައި އޮތް ގައުމެކެވެ. އެފްރިކާއާއި ޔޫރަޕް އަދި އިސްލާމީ ސަގާފަތާއި އާދަކާދައިގެ މުހިންމު ބައިވެރިއެކެވެ. އިގްތިސާދީގޮތުން މެދުމިނުގެ ފުދުންތެރި ގައުމެކެވެ.

ފްރާންސްގެ ހިމާޔަތުގައި 44 އަހަރު އޮތް މޮރޮކޯ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަނީ ގަދަ އަށަކަށް ދަތުރުކުރި ފުރަތަމަ އަރަބި ގައުމުގެ ޝަރަފާއެކުއެވެ. އަންދަލުސް ފަތަހުކުރިގޮތަށް ސްޕެއިންގެ ހިތްތައް ކުދިކުދިކޮށްލާފައި ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލަށް ދިއުމުގެ ކާމިޔާބީ އެމީހުން ފާހަގަކުރީ މުސްލިމް އުއްމަތް އެބަޔަކަށް އަބަދުވެސް ހެޔޮ ދުއާ ކޮށްދޭ ފަލަސްތީނުގެ ދިދައާއެކުއެވެ. މީގެ މާނައަކީ އަޅުގަނޑުމެންނަކީ މުސްލިމުންކަމާއި މިއީ އެއް އުއްމަތެއްކަމާއި، އުފަލާއި ހިތާމައިގައި މުޅި އިސްލާމީ ދުނިޔެ އެއް އިހުސާސެއްކުރާކަމެވެ.

މޮރޮކޯގެ ސަޕޯޓަރުން ދަނޑުގައި ތިބެ ޓީމަށް ތަރުހީބު ދިނުމުގެ ގޮތުން ދެނީ 12 ކުޅުންތެރިޔާގެ ހިތްވަރު އެކަންޏެއް ނޫނެވެ. ސްޕެއިން މެޗުގައި ދެ އަތް މައްޗަށް ނަގައި ﷲ އަށް ދުއާކުރަން ތިބި އެތައް ބަޔަކު ފެނިގެންދިޔައެވެ. ޕެނަލްޓީ ޖަހައިގެން ލިބުނު ތާރީޚީ ކާމިޔާބީއަށްފަހު އުފާ ފާޅުކުރުމުގެގޮތުން ޝުކުރުގެ ސަޖިދައަށް ހުރިހާ ކުޅުންތެރިން ތިރިވެގެންދިޔަ މަންޒަރަކީ އެތައް ދިވެހިންގެ ހިތްތަކުންވެސް އުފަލުގެ ކަރުނަ ހިލުނު ވަގުތުކޮޅެކެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އަރަބި އަދި އެފްރިކާގެ އެންމެންގެ ހިތްތަކުގައި ވަނީ މޮރޮކޯ ކަމަށް ކޯޗު ވަލީދު ރެގްރާބީ ބުނީވެސް މި ސަބަބު ތަކާހެދިއެވެ. އޭނާ މިހެން ބުނި ނަމަވެސް ދިވެހިރާއްޖެވެސް ހިމެނޭ އޭޝިޔާގެ ގިނަ ބައެއްގެ ތާއީދު އޮތީވެސް މޮރޮކޯ އަށެވެ. މިރޭގެ މެޗަށް އެމީހުން ނުކުންނަނީ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރާ ފުރަތަމަ ޓީމަށް ވުމުގެ އުއްމީދުގައެވެ.

މޮރޮކޯގެ ފުޓްބޯޅައިގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީވެސް ވޯލްޑް ކަޕުގެ ގަދަ އަށަކަށް ދިއުމެވެ. މިއަށްވުރެ ދުރަށް ދިއުމަށް އެމީހުން އުއްމީދު ކުރާއިރު އިތުބާރު ޑިފެންޑަރު ނަޔީފް އަގުއާޑަށް ކުޅެވޭނެކަން ނިންމާނީ އެންމެ ފަހު ވަގުތުއެވެ. ކޯޗު ބުނީ ވަރަށް ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އޭނާގެ ކުޅުންތެރިން ތިބީ ވަރުބަލިވެފައި ކަމަށާއި، ޓީމުގައި އަނިޔާގެ މައްސަލަތައްވެސް އެބަހުރި ކަމަށެވެ. ނަމަވެސް މިއީ ދެއްކޭނެ ބަހަނާއެއް ނޫން ކަމަށާއި އޭނާގެ ލަޝްކަރު ޕޯޗުގަލް ބަލިކުރަން ތައްޔާރު ކަމަށެވެ.

ރެގްރާގީ ބުނީ މޮރޮކޯއިން ވޯލްޑް ކަޕުގައި ސާބިތުކޮށްދޭ ކޮންމެ ނަތީޖާއަކީ އަރަބި ކޯޗުންނަށް ދުނިޔޭގެ މަތީ ފަންތީގެ ލީގުތަކުން ފުރުސަތު ލިބެން މެދުވެރިވާނެ މުހިންމު ސަބަބަކަށް ވާނެ ކަމަށެވެ. ސްޕެއިނުގެ ބާސެލޯނާއާއި ރެއާލް މެޑްރިޑް އަދި އިނގިރޭސި ބޮޑެތި ކުލަބުތަކުން އަރަބި ކޯޗުންނަށް ފުރުސަތު ދޭން މިހާތަނަށް ވިސްނާފައި ނުވިޔަސް، މޮރޮކޯފަދަ ގައުމުތައް ވޯލްޑް ކަޕުގައި ހޯދާ ނަތީޖާތަކުން އެކަން ބަދަލުވާނެ ކަމަށް އޭނާ އުއްމީދު ކުރެއެވެ. ކޯޗު ބުނީ އެންމެ ފަހުން ޕޯޗުގަލް ކުޅުނު މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11ގައި ނެތުމުން އެކަމާ އުފާކުރި ކަމަށާއި، އުއްމީދަކީ މިރޭ ވެސް ރޮނާލްޑޯ ނުފެނުން ކަމަށެވެ. މިކަމުގެ ތަފްސީލަކަށް ނުގޮސް އޭނާ ބުނީ ރޮނާލްޑޯ ނެތަސް ޕޯޗުގަލްއަށް އިހްތިރާމްދޭނެ ކަމަށާއި ދަނޑުމަތީގައި އޮންނާނީ ދޭތިން އެކައްޗަށް ކުޅުން ކަމަށެވެ.

މިމެޗަކީ މި ދެ ގައުމު ވޯލްޑްކަޕުގައި ކުޅޭ ތިން ވަނަ މެޗެވެ. 1986ގައި މޮރޮކޯއިން 3-1ން ޕޯޗުގަލް ބަލިކުރި ނަމަވެސް، 2018 ވަނަ އަހަރު ކުޅުނު މެޗު 1-0ން ކާމިޔާބުކުރީ ޕޯޗުގަލްއެވެ. ސްޕެއިން މެޗުގައި ޕެނަލްޓީ ޖެހުމުގެ ކުރިން މޮރޮކޯ ކުޅުންތެރިން ފާތިހާ ސޫރަތުން ހިތްވަރު ހޯދި ފަދައިން މިރޭގެ މެޗު އެމީހުން ފަށާނީ ފާތިހާ ސޫރަތް ކިޔަވައި ﷲގެ ބަރަކާތާއި ނަސްރަށް އެދި ދުއާ ދަންނަވަމުންނެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯކުޅިވަރު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
25 ޖުލައި 2024

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު