Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ ދުވަސް

"އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރަން"

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރާނަން -ރައީސް-

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޑިސެމްބަރު 2022 | ހޮނިހިރު 08:21
41 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާ

41 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާ

އަބަދުވެސް މަސައްކަތްކުރައްވާނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކޮށްދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ 42 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ރައީސްގެ މި ޓްވީޓުގައި ވަނީ، މި ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މިއަދު މަސްވެރިންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ހަމަ އަގު ނުލިބުމެވެ. އަދި މަސް ކިރޭނެ ރަނގަޅު އިންތިޒާމުތައް ހަމަޖެހިފައި ނެތުމާއި، އެމީހުންނަށް ފައިސާ ލިބުން ލަސްވުމެވެ.

މަސްވެރިންގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މި ސަރުކާރުން ވަނީ މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށް، މަސް ކިރާ މިންވަރު ވަނީ އިތުރުކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ. މިގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު، 13 ޑިސެމްބަރު 2021ގައި އުވާލެއްވުމާ ގުޅިގެން މަސްވެރިިކަމުގެ ގާނޫނުގެ 56 ވަނަ މާއްދާގެ އިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ.

މިގޮތުން އެ މާއްދާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތް ތަން އުނިކޮށް، މި ގާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނީޓަރުކޮށް ކޮންޓްރޯލުކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި އެ ނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޒުކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

މަސްވެރިންގެ ދުވަސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
17 ސެޕްޓެމްބަރު 2024

ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

17 ސެޕްޓެމްބަރު 2024
ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ
10 ޑިސެމްބަރު 2023

މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް

10 ޑިސެމްބަރު 2023
މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް
09 ޑިސެމްބަރު 2023

މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ

09 ޑިސެމްބަރު 2023
މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ
23 ނޮވެމްބަރު 2023

މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

23 ނޮވެމްބަރު 2023
މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި
21 ނޮވެމްބަރު 2023

ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

21 ނޮވެމްބަރު 2023
ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު