Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓްކުރުން

މަހުގެ އުފެއްދުންތައް އިޝްތިހާރުކުރުމާއި މާކެޓްކުރުމަށް އާ ކުންފުންޏެއް، ކުންފުނި އުފައްދަން 37 މިލިޔަން ރުފިޔާ

ކުރިން ރާއްޖޭގައި އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑް އުވާލެއްވުމަށް ވަނީ ނިންމަވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޑިސެމްބަރު 2023 | އާދީއްތަ 13:20
ކަނދުފަތި އެޅުމުގެ މަސައްކަތްކުރަނީ

ކަނދުފަތި އެޅުމުގެ މަސައްކަތްކުރަނީ

މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް, މާކެޓްކުރުމަށް އާ ކުންފުންޏެއް އުފައްދަން މި ސަރުކާރުން ނިންމާފައިވާކަމަށާއި އެ ކުންފުނި އުފައްދަން 37 މިލިޔަން ރުފިޔާ ބޭނުންވާކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން ނިންމެވީ އާދިއްތަ ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި މަސްވެރިކަމާއި ގުޅުންހުރި ތަފާތު އުފެއްދުންތަކަށް ޚާއްސަކޮށް އުފައްދާ ކުންފުނި އުފައްދަނީ، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ނަމުގައި ކަމަށެވެ. އެ ކުންފުނި އުފައްދަން ބޭނުންވާ ފައިސާ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިން ރާއްޖޭގައި އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑް އުވާލެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާކަމަށް ޝަހީބް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކުގެ ތެރެއިން އެކުއަރ ކަލްޗަރ އަދި މެރި ކަލްޗަރ ފަދަ، ކަނޑުގެ ހުރިހާ ރިސޯސަސްތައް ހިމެނޭ ގޮތަށް އިޝްތިހާރުކޮށް އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ޚާއްސަކޮށް ބްރޭންޑެއް ތައާރަފްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަކެތި ޕްރިމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި، ގައުމީ އަދި ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމަށް، އެ އުފެއްދުންތަކަށް އައު މާކެޓްތައް ހޯދުމަށް މަސައްކަތްކުރާނެ ވަކި އިދާރާއެއްގެ ގޮތުގައި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުގެ ނަމުގައި އުފައްދާ ކުންފުންޏަކީ ސަތޭކަ އިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީބް ވިިދާޅުވީ، މަސްވެރިކަމުގެ އުފެއްދުންތައް (އެކުއަރ ކަލްޗަރ އަދި މެރި ކަލްޗަރ ފަދަ ކަނޑުގެ ހުރިހާ ރިސޯސަސްތައް ހިމެނޭ ގޮތަށް) އިޝްތިހާރުކޮށް، އެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. މީގެ އިތުރުން ރާއްޖެއިންނާއި ބޭރުގެ މާކެޓްތަކަށް އެ ތަކެތި ނެރޭނެކަމަށާއި، ވިޔަފާރި ކުރިއެރުވުމަށް ޕްރޮމޯޝަންތައް ކުރިޔަށްގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ވައުދަކީ 23 އޮގަސްޓު 2023 ވަނަ ދުވަހު ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދެއްކަމަށް ސަރުކާރުން ބުނެއެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު