Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު ސަރުކާރު

ވަގު ޓީޓީ ބޭނުންކޮށްގެން މޭވާ އާއި ތަރުކާރީ އެތެރެ ކުރި ޝިފާއު އެގްރިކަލްޗަރ މިނިސްޓްރީގެ ބޮޑު މަގާމެއް ދިނުމަށްފަހު ވަކިކޮށްފި

23 މެއި 2024 | ބުރާސްފަތި 12:36

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާއު އަށް ދެއްވީ އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރގެ މަގާމް

ރާއްޖެ އެމްވީ | 23 މެއި 2024 | ބުރާސްފަތި 12:36
ޝިފާއު އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ވެސް ފުލުހުން އޭނާ ހޯދަން އިއުލާން ނެރުނު މީހެއް

ޝިފާއު އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ވެސް ފުލުހުން އޭނާ ހޯދަން އިއުލާން ނެރުނު މީހެއް

ވަގު ޓީޓީ ހަދައިގެން ބޭރުގެ ކުންފުނިތަކުން ވަގަށް ވިޔަފާރި ކުރި މައްސަލަ 2023 ވަނަ އަހަރު ފެންމަތިވި ހުސެއިން ޝިފާއު އަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ މަތީ މަގާމެއް ދެއްވުމަށްފަހު، އެވާހަކަ މީޑިއާގައި ތިލަވުމުން އޭނާ ވަޒީފާއިން ވަކި ކޮށްފިއެވެ.

ޑރ މުއިއްޒުގެ ސަރުކާރަކީ އަޑިނޭގޭ ގޮތައް ހިނގަމުންދާ ސަރުކާރަކަށް ވުމާއެކު، އޭނާ އަށް މަގާމު ދިން ތާރީޚެއް ސާފުވާ ގޮތެއް ނުވިއެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރީ އޭނާ އަށް މަގާމު ދިން ވާހަކަ ބުރާސްފަތި ދުވަހު މީޑިއާގައި ފެންމަތިވުމުން ކަމަށް ބެލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާއު އަށް ދެއްވީ އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރގެ މަގާމެވެ.

ޝިފާއު އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ވެސް ފުލުހުން އޭނާ ހޯދަން އިއުލާން ނެރުނު މީހެކެވެ.

މަކަރު ހަދައިގެން ވަގު ވިޔަފާރި ހިންގާފައިވާ މައްސަލައިގައި 2023 ވަނަ އަހަރު ދިވެހި ފުލުހުން ޝިފާއު ހައްޔަރުކުރި ނަމަވެސް ކޯޓުން ބަންދުގެ މުއްދަތު އިތުރު ނުކުރުމުން، ދޫކޮށްލާފައި ހުއްޓާ ރާއްޖޭން ފިލައިގެން ދިއުމާއެކު އިންޓަރޕޯލް މެދުވެރިކޮށް އޭނާ ހޯދަން ރެޑް ނޯޓިސް ނެރެން ޖެހުނެވެ.

ސަރުކާރުގެ މަތީ މަގާމެއް ޝިފާއު އަށް ޑރ މުއިއްޒު ދެއްވީ މަކަރު ހީލަތް ހެދުމާއި، މަނީ ލޯންޑަރިން ގެ ދައުވާ ހިމެނޭ ގޮތުން ޝިފާއުގެ މައްޗަށް 23 ދައުވާ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނިކޮށްނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް