Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރބަން ޝެކް ކުއްޔަށް ދޫކުރުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދިކާ ވިއްކާނެ ތަންތަން ކުއްޔަށް ދޫކުރަނީ

9 ޑިސެމްބަރު 2022 | ހުކުރު 06:29

މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 ޑިސެމްބަރު 2022 | ހުކުރު 06:29
ހިޔާ ފްލެޓް ސަރަހައްދު

ހިޔާ ފްލެޓް ސަރަހައްދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދިކާ ވިއްކުމަށް ހާއްސަކޮށްގެން ހަދާ "އަރބަން ޝެކް" ކުއްޔަށް ދޫކުރަން ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހަތަރު އަރބަން ޝެކް ކުއްޔަށް ދޫކުރާނެއެވެ. މި ޝެކްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރަށްވެހިންނާއި، ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ، އެ ޝެކުތަކަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެކަމަށެވެ. މި ފައިސާ އަކީ ގޮޅި ކުއްތަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ގޮޅި އަނބުރާ އެޗްޑީސީއާ ހަވާލު ކުރާއިރު ފެންބިލު ނުވަތަ ކަރަންޓު ބިލު ނުދައްކާ ހުރެއްޖެނަމަ އެކަމަށް ނަގާ ޑިޕޮސިޓެކެވެ. ނަމަވެސް ގޮޅި އަނބުރާ ހަވާލު ކުރާއިރު ގޮޅިއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ އެ ފައިސާ އަނބުރާ ރައްދު ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވާނީ ގުރުނަގައިގެންނެވެ. ހަތަރު ގްރޫޕެއް ގުރުއަތުން ހޮވުމަށް ހަމަޖެހިފައިވާއިރު ވެއިޓް ލިސްޓަށް ދެ ގްރޫޕު ގުރުއަތުން ހޮވާނެއެވެ. މި ގޮޅިތަކަަށް އެދި ހުށަހަޅާއިރު ހުށަހެޅާ ކޮންމެ ފޯމެއްގައި ޖުމްލަ ފަސް ފަރާތެއް ހިމަނަން ޖެހޭނެ އެވެ. އޭގެ ތެރެއިން މަދުވެގެން އެކަކު ވާން ޖެހޭނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރަށްވެއްސަކަށެވެ.

މި ގޮޅިތަކަށް އެދި ހުށަހަޅާ ފޯމުތައް 19 ޑިސެމްބަރު 2022 ވާ ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ހުރަވީ ސްކޫލު ހޯލުން ބަލައިގަންނާނެއެވެ. ގުރުއަތުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރު 11:30 ގައެވެ.

ގުރުއަތުން ހޮވިގެން އަރބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ހަތް ދުވަހުގެތެރޭގައި ޚިދުމަތްދޭން ފަށަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ މުއްދަތުގައި ޚިދުމަތް ދޭން ނުފަށައިފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާއި ނުލައި ބާތިލުކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި އަރބަން ޝެކްތައް ލިބޭ ފަރާތްތަކަށް އެތަންތަން އެހެން މީހަކަށް ކުއްޔަށް ދީގެން ނުވާނެއެވެ. އަދި އެތަންތަނުގައި ހެދިކާ ވިއްކަން ޖެހޭނީ އެޗްޕީއޭގެ މިންގަޑުތަކާ އެއްގޮތަށް، ސާފުތާހިރުކަމަށް ބަލައިގެން ކަމަށާއި އެޗްޑީސީގެ ހުއްދަނެތި އެ ތަންތަނަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީ އާއި އަރބަން ޝެކް ލިބޭ ފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުލި ނުދައްކައިފިނަމަ ނުވަތަ އެއްވެސް މާއްދާއަކާ ޚިލާފުވެއްޖެނަމަ އެ ކުންފުންޏަށް އެމީހަކާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރެވޭނެއެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާއްމު ޚިދުމަތްތައް ތައާރަފު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފިހާރަތަކާއި ކްލިނިކްތަކާއި ޓިއުޝަން ސެންޓަރުތަކާއި ސެލޫންތަކާއި ރެސްޓޯރެންޓުތަކަށް ދެވަނަ ފިޔަވަހިން މިހާރު ދަނީ ޖާގަތައް ދޫކުރަމުންނެވެ.

އެޗްޑީސީހުޅުމާލެ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް