Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުން

79.9 މިލިއަން ރުފިޔާއަށް ށ. މިލަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މަޝްރޫއުގެ އަގު79،949،851.28ށް އަރާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2022 | ބުރާސްފަތި 13:37
ށ. މިލަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން

ށ. މިލަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން

79،949،851.28 (ހަތްދިހަ ނުވަ މިލިއަން ނުވަ ލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ ފަންސާސް އެއް ރުފިޔާ އަށާވީސް ލާރީގެ) އަގަކަށް، ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީއާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ހައުސިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް / އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް ފާތިމަތު ޝާނާ ފާރޫގުއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްއެވެ.

Advertisement - newsAdvertisement

މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ބަނދަރު ޑިޒައިންކޮށްފައިވަނީ ވަރަށް ފުރިހަމަކޮށް ކަަމަށެވެ. އެ މަސައްކަތް ނިމޭއިރު ށ. މިލަންދޫ ބަނދަރު ވެގެންދާނީ، ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެއް ބަނދަރަށް ކަަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް އަކްރަމް ކަމާލުއްދީން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެމްޓީސީސީއާއެކު ވަރަށް ގާތުން މަސައްކަތްކުރެއްވިކަމަށެވެ. މީގެ އިތުރުން އެ މަޝްރޫއުގެ ޑިޒައިނިންގ މަރުހަލާގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާވެސް އެހީތެރިވެދެއްވި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ، މިލަންދޫ ބަނދަރު ޕްރޮޖެކްޓުގައި ސޮއިކުރެއްވުމަކީ، ރަށްރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހެދުމަށް މި ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަަމަށެވެ. އަދި މިލަންދޫގެ ޝޯ ޕްރޮޓެކްޝަން ނުވަތަ ރަށް ގިރުމުން ހިމާޔަތްކުރުމުގެ މަޝްރޫއުވެސް މި މަސައްކަތާއެކު ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކަމަށް ވާއިރު، މި ޕްރޮޖެކްޓަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ޕްރޮޖެކްޓްކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން (މެދު ދިޔައިން ފެށިގެން 3- މީޓަރު ހަމަވާ ވަރަށް) 17،900 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަރަށް) 70،400 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް) 8،400 ކިއުބިކް މީޓަރ ނެރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 213 މީޓަރު ނެރު ބްރޭކް ވޯޓަރ ޖެހުމާއި، 360 މީޓަރ ސޭންޑްފިލް ބްރޭކް ވޯޓަރ ޖެހުމާއި، 10 މީޓަރ ސަމްބާޖް ބްރޭކް ވޯޓަރ ޖެހުމާއި، 93 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރ ގްރޮއިން ޖެހުމާއި، 311 މީޓަރ އެއްގަމު ތޮށި އަދި ސްކޯރިންގ އެޕްރޮން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ މި މަޝްރޫއުގެ ދަށުން 10 މޫރިންގ ބޮއި ހަރުކުރުމާއި، 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، އެކްސެސް ޕްލެޓްފޯމެއް އެޅުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 42 މަގު ބައްތި ހަރުކުރުން އަދި 3789 އަކަމީޓަރުގެ ޕޭވްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 3 ކޮންކްރީޓް ބްރިޖް ހެދުމަށްވެސް މި މަޝްރޫއުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 މީޓަރު ދިގު 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން 30 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއެމްޓީސީސީޕްލޭނިންގއަކްރަމް ކަމާލުއްދީންއާދަމް ޢާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު