Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތެޔޮ އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުން

އެމެރިކާއިން އިނގިރޭސިވިލާތަށް ގޭސް އެކްސްޕޯޓްކުރާ މިންވަރު ދެގުނައަށް

7 ޑިސެމްބަރު 2022 | ބުދަ 16:54

އެއްބަސްވެވަޑައިގެންފައިވަނީ 2021 ވަނަ އަހަރު އެކްސްޕޯޓްކުރި މިންވަރުގެ ދެގުނަ އެކްސްޕޯޓްކުރުމަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 7 ޑިސެމްބަރު 2022 | ބުދަ 16:54
ޖޯ ބައިޑަންއާއި ރިޝީ ސުނަކް

ޖޯ ބައިޑަންއާއި ރިޝީ ސުނަކް

އެމެރިކާއިން އިނގިރޭސިވިލާތަށް ގޭސް އެކްސްޕޯޓްކުރާ މިންވަރު ދެގުނައަށް އިތުރުކުރަން, އެމެރިކާގެ ރައީސް ޖޯބައިޑަންއާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އެއްބަސްވެވަޑައިގެންފިއެވެ. މިއީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ތެލާއި ގޭސް ލިބުމަށް ކުރިމަތިވެފައިވާ ދަތިކަން ފިލުވުމުގެގޮތުން ވެވުނު އެއްބަސްވުމެކެވެ.

ރަޝިޔާއިން ޔޫރަޕަށް ދޫކޮށްފައި އޮތް ގޭސް ސަޕްލައި ބަންދުކޮށްލުމުން އިނގިރޭސިވިލާތުގައި ގޭހުގެ ބިލްތައް ވަނީ އަތް ނުފޯރާ ހިސާބަށް މައްޗަށް އަރައިގެން ގޮސްފައެވެ.

ޖީސެވަން ސަމިޓްގެތެރޭން ބައިޑަންއާއި ސުނަކް ބައްދަލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، ވެވުނު "އެނަރޖީ ޕާރޓްނަރ ޝިޕް"ގެ އެއްބަސްވުމުގެ ދަށުން (ދެ ގައުމުގެ އޮފިޝަލުން ހިމެނޭހެން) ޚާއްސަ ޖޮއިންޓް އެކްޝަން ގްރޫޕެއްވެސް ހެދުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އެއްބަސްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރިޝީ ސުނަކް ވިދާޅުވީ، މިއީ ދުނިޔޭގެ ތެލުގެ އަގު ކޮންޓްރޯލްކުރުމަށް އެމެރިކާއާއާއި އިނގިރޭސިވިލާތް ގުޅިގެން މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ. އަދި ރަޝިޔާފަދަ ފޭލްވަމުންދާ "ރެޖީމް"އެއްގެ ކުއްލި އަމަލުތަކުގެ ސަބަބުން، ތެލުގެ ސަޕްލައިއަށް ބުރޫއެރިޔަނުދިނުމަށް ދެ ގައުމުން މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ސީދާ ރަޝިޔާގެ ތެލަށް ބަރޯސާ ނުވިނަމަވެސް، ރަޝިޔާ ނޫން ގޮތެއް ހޯދުމަށް ބޭނުންވެފައި ތިބި ގައުމުތަކުގެ ވާދަވެރިކަމުގެ ތެރޭން އެގައުމަށްވެސް ވަނީ ތެލުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައެވެ.

އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން،  އެމެރިކާއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ލިކުއިފައިޑް ނެޗުރަލް ގޭހުގެ މިންވަރު 2021 ވަނަ އަހަރު އެކްޕޯޓްކުރި ވަރުގެ ދެގުނައަށް އިތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ހަކަތަ ހޯދޭނެ އިތުރު ގޮތްތަކާ ބެހޭގޮތުންވެސް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އެމެރިކާއިނގިރޭސިވިލާތްދުނިޔެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި
13 ޑިސެމްބަރު 2025

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

13 ޑިސެމްބަރު 2025
ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި
13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް