Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: "މައްސަލައެއް ލަސްވުމަކީ ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށްލަންޖެހޭ ސަބަބެއް ނޫން"

އޭނާއަށް ކުރަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2022 | ބުދަ 09:24
 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

119 ކިލޯގެ މައްސަލައިގައި ހިމެނޭ މުޖާހިދު ދޫކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، 119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި, ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވާ ގދ. ހޯނޑެއްދޫ, އަލޯރާ އަޙްމަދު މުޖާހިދު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް, 23 ނޮވެންބަރު 2022 ދުވަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުދަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ ދަށު ކޯޓުން ނިންމި ނިންމުން ބާތިލު ކުރައްވާފައެވެ. އެގޮތުން މައްސަލައެއް ލަސްވުމަކީ، ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، މައްސަލަ ބަލާ ކޯޓެއްގައި ނުވަތަ އެ ކޯޓެއްގެ ސެކްޝަނުގައި ނުވަތަ ޖުޑީޝަލް ދާއިރާގެ ކޯޓެއްގައި ދާއިމީ ފަނޑިޔާރަކު ނެތްނަމަ، ޢަމަލު ކުރަންވީ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފަނޑިޔާރަކު ނެތިގެން މައްސަލައެއް ލަސްވާނަމަ، ބަންދުގައި ހުންނަންޖެހޭ މީހަކު މުޖުތަމަޢުއަށް ދޫކުރުމުގެ ބަދަލުގައި ޢަމަލު ކުރަންޖެހޭނީ ޤާނޫނުގައިވާ ގޮތަށް އެމައްސަލައެއް އަވަސް ކުރެވޭނެ ގޮތަކަށް އެހެން ފަނޑިޔާރަކާއި މައްސަލަ ބެލުން ޙަވާލުކޮށްގެންކަމަށްވެސް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

ޙުކުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި މުޖާހިދު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މައްސަލައަކީ، 100 ކިލޯ ނުވަތަ އެއަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ހިމެނޭ މައްސަލައެއްގައި، އޭގެތެރެއިން 80 ވަރަކަށް ކިލޯއާ އަޙްމަދު މުޖާހިދުއާ ގުޅުވާލެވޭ އެކަށީގެންވާ ހެކިތަކެއް ހުރި މައްސަލައެކެވެ.

އަދި މަސްތުވާތަކެތި މުޖުތަމަޢަށް ފޯރުކޮށްދިނުމުގައި ނުވަތަ މި ކަމުގެ ވިޔާފަރީގައި އަޙްމަދު މުޖާހިދު ޝާމިލުވާކަމަށް ބެލެވޭނެ ހެކިތައް ހުށަހަޅާފައިވާކަންވެސް ޙުކުމުގައި ބަޔާން ކުރައްވާފައިވެއެވެ. ވުމާއެކު، މުޖާހިދު ޝަރުޠުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެގެހެއްޓިދާނެ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ދެކިވަޑައިނުގަންނަވާކަން ފަނޑިޔާރު ނިޔާޒު ފާހަގަ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އެ މައްސަލަ ބަލާ ސެކްޝަންގެ ދާއިމީ ފަނޑިޔާރަކު ނެތުމުން އެ މައްސަލަ ލަސްވާކަމަށް ބުނެއެވެ. އެހެންނަމަވެސް މުޖާހިދު ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ. އޭނާއަށް ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި ދައުލަތުގެ ހެކިންނާއި ވާހަކަ ނުދެއްކުމާއި، ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމަށް އަންގާއެވެ. އަދި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. އެހެންނަމަވެސް، އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގާޒީ ދީބާނާޒް ހައިކޯޓަށް ބަދަލު ކުރެއްވުމާއެކު އެ ސެކްޝަނުގެ މައްސަލަަތައް ބަލަމުން ގެންދަނީ އެކިއެކި ސެކްޝަންތަކުގެ ގާޒީންނަށް ބަހާލައިގެންނެވެ. އެގޮތުގެ މަތިން މައްސަލަތައް ކުރިއަށް ގެންދާއިރު އަޑުއެހުންތައް ތާވަލު ނުކުރެވިވެސް ގިނަ ދުވަސް ވޭތުވެގެންދާން ޖެހެއެވެ.

މި މަހުގެ 23 ވަނަ ދުވަހު ވެސް މި މައްސަލައިގައި ހިމެނޭ ބަޔަކު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެ މީހުންވެސް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ.

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލަ އިސްތިއުނާފުކުރުމަށް ނިންމައިފި

119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލަ އިސްތިއުނާފުކުރުމަށް ނިންމައިފި

02 ޖުލައި 2024
119 ކިލޯ ޑްރަގް ކޭސް: ކާރު ރަޖިސްޓްރީކޮށްދީފައިވާ މީހާއާއި އިތުރު ހެކިންގެ ހެކިބަސް ނަގައިފި

119 ކިލޯ ޑްރަގް ކޭސް: ކާރު ރަޖިސްޓްރީކޮށްދީފައިވާ މީހާއާއި އިތުރު ހެކިންގެ ހެކިބަސް ނަގައިފި

25 އޮކްޓޯބަރު 2023
ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 1 ފަނޑިޔާރަކު މައްސަލައެއް ބައްލަވައިފި

ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 1 ފަނޑިޔާރަކު މައްސަލައެއް ބައްލަވައިފި

06 ޑިސެމްބަރު 2022
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު