Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: ކާރު ރަޖިސްޓްރީކޮށްދީފައިވާ މީހާއާއި އިތުރު ހެކިންގެ ހެކިބަސް ނަގައިފި

މަސްތުވާތަކެތި ފެނުނު ކާރު ރަޖިސްޓްރީކޮށްދީފައިވާ ފަރާތުގެ ހެކިބަސް ނެގި، ކާރު އެއިރު އޮތީ ވިއްކާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2023 | ބުދަ 08:15
119 ކިލޯ ޑްރަގް ކޭސްގައި ދައުވާ އުފުލާފައިވާ 3 މީހުން

119 ކިލޯ ޑްރަގް ކޭސްގައި ދައުވާ އުފުލާފައިވާ 3 މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން, ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެކިންގެ ހެކިބަސް ނަގައިފިއެވެ.

މި މައްސަލައަކީ ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނުއާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.

Advertisement - newsAdvertisement

މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ބުދަ ދުވަހުގެ ޝަރީއަތް ފައްޓަވަމުން ވިދާޅުވީ ފުރަތަމަ ހާޒިރުކުރެވުނީ 16 އޮކްޓޯބަރުގައި ހާޒިރުވާން އެންގި ހެކިވެރިޔާއަށް ކަމަށާއި ނަމަވެސް 9:00ށް ގަޑި ކިޔާފައިވީނަމަވެސް ގަޑިއަށް ހާޒިރުނުވާ ކަމަށެވެ.

ގާޒީ ވަނީ ދައުލަތުން ހެކިންނާއި ވާހަކަ ދައްކައިގެން ގަޑިއަށް އައުމަށް އެދުމަށް ވިދާޅުވެފައެވެ. ގާޒީ ވިދާޅުވީ ހެކިވެރިން ލަސްވާ މައްސަލަ ޓޮލެރޭޓް ކުރައްވާނީ ވަކި މިންވަރަކަށް ކަމަށެވެ. އަދި ގަޑިއަށް ނާންނާނަމަ ނުވަތަ ސަބަބު ބަޔާންނުކުރާނަމަ ޖެހޭނީ ފިޔަވަޅު އަޅުއްވަން ކަމަށާއި، އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ގާޒީ ވިދާޅުވީ ފުލުހުންނަށް ފިޔަވަޅު އަޅަން ބޭނުން ނުވާ ކަމަށެވެ.

ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރުކުރެވުނީ ފުލުހުންގެ އިދާރާގެ ފޮރެންސިކް ސަރވިސްގައި މަސައްކަތް ކުރާ އަލީ ޝަމީމެވެ. ހެކިވެރިޔާ ގަޑިއަށް ހާޒިރު ނުވި މައްސަލައިގައި ގާޒީ ސުވާލުކުރެއްވުމުން ހެކިވެރިޔާ ވިދާޅުވީ ލަސްވީ ބަނޑު ސަކަރާތްވެގެން ފާހާނައަށް ދާންޖެހިގެން ކަމަށެވެ. އެކަމާއި ގުޅިގެން ގާޒީ ވިދާޅުވީ ގަޑިއަށް ނާންނާނަމަ ކޯޓަށް ގުޅާފައި ނަމަވެސް އަންނަވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ލަސްވާނަމަ އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ އަލީ ޝަމީމް ވިދާޅުވީ އެވިޑެންސްގެ ބަރުދަން ބެލިގެންދާނެ ކަމަށާއި، އެކަން ކުރަނީ ހެކި އަޅާފައި ހުންނަރަބަރު ޕެކެޓާއި ނުލާ ކަމަށެވެ. ސާމްޕަލް ނަގާ ރަން ކުރާނެ ކަމަށާއި، ހުރިހާ އެވިޑެންސެއް ވެސް ޑައިމޯފިން އަށް ޕޮޒިޓިވްވާ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި ސާމްޕަލް ޓެސްޓް ކުރަނީ ޔޫއެންއޯޑީސީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި، ދެ މެތަޑެއް ޓެސްޓް ކޮށްފައިވާނެ ކަމަށެވެ. އެއީ ރޭންޑަމް އަދި ސްޓޭޓެސްޓިކަލް ސާމްޕަލިން ކަމަށާއި، ރޭންޑަމް މެތަޑުގައި އެވިޑެންސްގެ ތެރެއިން ރޭންޑަމްކޮށް ސާމްޕަލް ނަގާފައި ޓެސްޓް ކުރާނެ ކަމަށެވެ. އަދ ދެވަނަ މެތަޑުގައި ވަކި އަދަދަކަށް ސާމްޕަލް ނަގާނެ ކަމަށާއި، އެގޮތުން ހަތަރު ސާމްޕަލް ނަގާފައި ޕްލިމިނަރީ ސާމްޕަލް ހެރޮއިންއަށް ޕޮޒިޓިވް ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ ރިޕޯޓް ތައްޔާރުކުރުމަށްފަހު އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާ ކަމަށެވެ. ރިޕޯޓުގައި ހުރި ހުރިހާ މައުލޫމަތަކީ ސައްހަ މައުލޫމާތުތަކަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ވިދާޅުވީ ޗެއިން ފުރިހަމަވާކަމަށް ބަލާ ކަންކަމުގެ ތެރޭގައި، ހުރިހާ މައުލޫމާތެއް ފުރިހަމަވޭތޯ އަދި ހުރިހާ ފަރާތްތަކުން ސޮއިކުރެވިފައިވޭތޯ ކަމަށެވެ. އަދި އިޖްރާތްްތައް ފުރިހަމަވެފައިވާނަމަ ލެބޯޓަރީއަށް ހެކި ބަލައިގަންނަ ކަމަށާއި، ހެކި ކަނޑާފައިވާނަމަ ހަވާލުވުމުގެ ކުރިން އެކަންކަން ވެސް ބަލާނެ ކަމަށެވެ.

މި މައްސަލައިގައި ދެވަނަ ހެކިވެރިއަކަށް ވެސް ބުދަ ދުވަހު ހާޒިރުކޮށްފައިވަނީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގެ މަސައްކަތްކުރައްވާ ޑީއެންއޭ އެނަލިސްޓުގެ ހެކިބަހެވެ. ހެކިވެރިޔާއާއި ސުވާލުކުރެވުނީ ތައްޔާރުކޮށްފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ. ހެކިވެރިޔާ ވަނީ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރިގޮތާއި އެކަން ކުރި ގޮތް ހެކިބަސް ދެމުން ޝަރީއަތުގައި ކިޔާދީފައެވެ.

އެވިޑެންސްގެ ތެރެއިން މ. ލަކީހައުސް ދެވަނަ ފޯލްގެ ކޮޓަރިއަކުން ފެނުނު ޓީޝާޓަކާއި ސޯޓެއް ގެނެސްފައިވާ ކަމަށާއި، މީގެ ތެރެއިން ޓީޝާޓުން މިކްސްޗަރ ޕްރޮފައިލެއް ލިބުނު ކަމަށާއި، 3 މީހެއްގެ ޑީއެންއޭ ލިބުނު ކަމަށެވެ. އޭގެއިން މުޖާހިދުގެ ޑީއެންއޭ ލިބިފައިވާ ކަމަށެވެ.

ހެކިވެރިޔާ ބުނެފައިވަނީ ސޯޓުން ލިބުނު ޑީއެންއޭގައި ވެސް 2 މީހެއްގެ ޑީއެންއޭ ހުރި އިރު މޭޖަރ ކޮމްޕޯނަންނަޓް ދިމާވަނީ މުޖާހިދުގެ ޑީއެންއޭ ކަމަށް ބުނެފައިވެއެވެ.

ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނެފައިވަނީ ޓީޝާޓުން ޑީއެންއޭ ނަގާފައިވަނީ ކިހިލިފަތް ދަށުންނާއި، ސޯޓުގެ ކަށްގަނޑުން ކަމަށެވެ.

ބުދަ ދުވަހު ތިންވަނަ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ މަސްތުވާތަކެތި ފެނުނު ކާރުގެ ވެރިފަރާތްކަމުގައިވާ ނާޒްލީން އަބްދުއްސައްތާރުއެވެ. ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ކާރަކީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށާއި، އެ މައްސަލައާއި ގުޅިގެން ފުލުހުންނަށް ބަޔާންދީފައިވާނެކަމަށެވެ.

ހެކިވެރިޔާ ބުނީ މަސްތުވާތަކެތި ފެނުނު ކާރަކީ އޭނާގެ ފިރިމީހާ އޭނާއަށް ގަނެދިން ކާރެއް ކަމަށާއި، ކާރު ގަތީ ފިރިމީހާގެ ކޮއްކޮ އަތުން ކަމަށެވެ. ނަމަވެސް ކާރު ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ދިގުލައިގެންދާތީ އެ ކާރު އެހެން މީހަކަށް ވިއްކާލަން އެދުނު ކަމަށާއި، ކާރު ވިއްކާލި އިރުވެސް އޭނާގެ ނަންމައްޗަށް ކާރު ރަޖިސްޓްރީ ކުރެވިފައިވާކަމެއް ނޭނގޭ ކަމަށެވެ. ހެކިވެރިޔާ ބުނީ ފަހުން ކާރު ރަޖިސްޓްރީވިކަން އެނގުނީ ޓްރާންސްޕޯޓުން އޭނާއަށް ގުޅުމުން ކަމަށާއި، އެތަނުން ގުޅާފައި ބުނީ އޭނާގެ ނަމުގައި އިން ކާރެއް އެހެން މީހެއްގެ ނަމަށް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާތީ އެކަން ޔަގީންކުރަން ކަމަށެވެ. ހެކިވެރިޔާ ބުނީ ކާރު ގަތް ނަމަވެސް ކާރު ނުފެންނަ ކަމަށާއި އެއްވެސް ލިޔެކިޔުމެއް ވެސް އޭނާގެ އަތުގައި ނޯންނާނެކަމަށެވެ.

ބުދަ ދުވަހު 3 ހެކިންގެ ހެކިބަސް ނަގައިނިމުން، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލައިގައި އިތުރު 9 ހެކިބަސް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ 9 ހެކިވެރިންގެ ހެކިބަސް 2 ދުވަހަކަށް ބަހާލައިގެން އަންނަ މަހުގައި ނަގާނެ ކަމަށެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަސްތެރޭގައި ނޯންނާނެ ކަމަށެވެ. އަދި އަންނަ މަހުގެ ތާރީހުތައް ދައުލަތާއި ދިފާއީ ވަކީލަށްވެސް ހިއްސާކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު