Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލާ ކޮލެޖްގެ ސްކޮލަރޝިޕް ސްކީމް

ވިލާ ކޮލެޖުގެ 2023ގެ ސްކޮލަރޝިޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހަތް ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޑިސެމްބަރު 2022 | ބުދަ 01:40
ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްކޮލަރޝިޕް ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނީ އެކަމަށްޓަކައި، ވިލާކޮލެޖުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ތިން ދާއިރާއަކުން ސްކޮލަރޝިޕްތަކަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕާއި ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕާއި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕްއެވެ.

Advertisement - newsAdvertisement

ކުރިއަށްއޮތް ތަނުގައި ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކުން ރަށު ކައުންސިލްތަކާ ގުޅިގެން ކެމްޕަސްތަކުގައި ކިޔެވުމަށް ޚާއްސަކޮށްގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖު އޯޕަން ސްކޮލަރޝިޕުގެ ދަށުން ތިން ސްކޮލަރޝިޕް ދޭން ވަނީ ނިންމާފައެވެ. އެއީ ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސްގެ ކޮންމެ ޕްރޮގްރާމަކުން ވެސް އެއް ފުރުސަތެވެ. ވިލާ ކޮލެޖުގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެ ދާއިރާތަކުގެ ކޯސްތަކަށް ޝަރުތު ހަމަވާ ކޮންމެ ދިވެއްސަކަށް ވެސް މި ސްކޮލަރޝިޕަށް ކުރިމަތިލެވޭއިރު، ކޯހަށް ދަރިވަރުން ހޮވުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ތަޢުލީމީ ނަތީޖާއަށްކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ދޭ ފުރުސަތަކެވެ. މި ސްކޮލަރޝިޕް ދޭން ނިންމާފައިވަނީ ދެ ދަރިވަރުންނަށެވެ. ވިލާކޮލެޖުން ބުނި ގޮތުގައި މި ދާއިރާއިން ސްކޮލަރޝީޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން ދެ އަހަރު ނުވާ ދަރިވަރުންނަށެވެ.

އެލަމްނައި ސްކޮލަރޝިޕަކީ ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މާސްޓާސް ފެންވަރަށް ކިޔެވުމަށް ހުޅުވާލާފައިވާ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕްގެ ދަށުން މާސްޓާސްގެ އެއް ފުރުސަތާއި ޑިގްރީއަށް ކިޔެވުމަށް އެއް ފުރުސަތު ދޭނެއެވެ. މި ކެޓަގަރީގެ ސްކޮލަރޝިޕަށް ލެވޭނީ އެ ކޮލެޖުން ކުރިން ކިޔަވާފައިވާ ދަރިވަރުންނަށެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ މި ސްކޮލަޝިޕް ޕްރޮގްރާމުން ހަތް ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕަކީ ކެމްޕަސްތަކުގައި ތިބި ދަރިވަރުންގެ އަދަދަށް ބެލުމަށް ފަހު ދޭ ސްކޮލަޝިޕަކަށް ވުމުން، އެ ސްކޮލަރޝިޕްތައް އިޢުލާން ކުރެވޭއިރު އެ އަދަދަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާ ކޮލެޖު މި ސްކޮލަޝިޕްތައް ހާއްސަކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ކިޔަވާ ދަރިވަރުންނަށެވެ. ސްކޮލަރޝިޕަށް ހުށަހަޅާ ދަރިވަރުން ސްކޮލަރޝިޕަށް ކުރިމަތިލާއިރު، އެ ކުރިމަތިލާ ކޯހަކުން ކިޔެވުމަށް ޕްލޭސްމަންޓް ލިބިފައިވާކަމުގައި ވާން ޖެހޭނެއެވެ. ސްކޮލަރޝިޕް އާއި ބެހޭ މަޢުލޫމާތު ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހާއި ވިލާ ކޮލެޖުގެ ސޯޝަލް މީޑިއާ އަދި ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ 16 ޖެނުއަރީ 2023 އާ ހަމައަށެވެ.

2016 ވަނައަހަރު ވިލާ ކޮލެޖުން ތައާރަފު ކުރި މި ސްކޮރލަޝިޕް ސްކީމްގެ ދަށުން މިހާތަނަށް 34 ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައިކަމަށް އެ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖް

އިތުރަށް ކިޔާލަން

08 ޖުލައި 2025

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

08 ޖުލައި 2025
އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި
01 އޮކްޓޯބަރު 2024

ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް

01 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
08 ޖޫން 2024

ވިލާ ކޮލެޖުގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި

08 ޖޫން 2024
ވިލާ ކޮލެޖުގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި
19 ސެޕްޓެމްބަރު 2022

ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ - މިނިސްޓަރު

19 ސެޕްޓެމްބަރު 2022
ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ - މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު