Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ޑރ. އަހުމަދު އަންވަރު

ގައުމާތަގޭ ބޮޑު އޮޑިން ފެއްޓެވި ދަތުރު އަދިވެސް އޮތީ ކުރިއަށް

ޑރ އަންވަރު ތައުލީމީ ދާއިރާގައި ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް ބައިގަރުނު ވަނީ ވެފައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 3 މާރިޗު 2022 | ބުރާސްފަތި 16:32
ޑރ. އަހުމަދު އަންވަރު

ޑރ. އަހުމަދު އަންވަރު

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ އެންމެ އުހުގައި އެންމެ ގިނަ ދުވަހު އެންމެ ފާހަގަކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވަނީ އަދި އެ ޚިދުމަތުގައި އަދިވެސް ދެމިހުންނެވީ ކޮންބޭފުޅެއްތޯ ބަލައިފިނަމަ ސަމުގާގެ ކަށި ގޮސް އަމާޒުވާނީ އެއްވެސް ޝައްކެއްނެތި ޑރ. އަހުމަދު އަންވަރަށެވެ. އައްޑޫ މީދޫ ހަސަންކާރުގެޔަށް އުފަން މިހާރު އުމުރުފުޅުން 66 އަހަރުވެފައިވާ ޑރ އަހުމަދު އަންވަރަށެވެ. ރާއްޖޭގެ އެންމެ ބޮޑު އެންމެ ދުވަސްވީ އަމިއްލަ ކޮލެޖުކަމުގައިވާ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރަށެވެ. ތައުލީމަށްޓަކައި އުމުރުފުޅުން އެންމެ އެގާރަ އަހަރުގައި ޑރ. އަހުމަދު އަންވަރު ފެއްޓެވި ދަތުރުފުޅަކީ ކޮންމެ ދިވެއްސަކަށްވެސް ފިލާވަޅަކަށް ފުދޭ ދަތުރެކެވެ. ހިތްވަރާއި އަޒުމާއި ކެރުން ދައްކުވައިދޭ ދަތުރެކެވެ.

މައިންބަފައިންނާއި އަމިއްލަ ފަސްގަނޑު ދޫކުރައްވައި ޑރ.އަންވަރު އެންމެ ފުރަތަމަ ދަތުރު ފެއްޓެވީ 1964 ގައެވެ. ދުވަސްވަރަކީ އައްޑުއަތޮޅުގައި އިނގިރޭސިން ތިބި ޒަމާނެވެ. އެހެންނަމަވެސް ޑރ. އަންވަރު ދަތުރުކުރެއްވީ އިންޖީނުއެޅި ބޯޓަކުން ނޫނެވެ. ކުރީޒަމާނުގެ ރިޔަލު އޮޑިއެއްގައެވެ. ހުޅުދޫ ގައުމާތަގޭ އަބްދުﷲ މަނިކުފާނުގެ ގައުމާތަގޭ ރިޔަލު ބޮޑު އޮޑީގައި މާލެއަށް ފޯރާން ހަފުތާއަކަށްވުރެ ގިނަ ދުވަސް ނެގިއެވެ. އައްޑޫކަނޑާއި ހުވަދޫކަނޑާއި ހައްދޫކަނޑު ހުރަސްކުރާން ޖެހުނެވެ. ވައިހިނދި މަޑުޖެހުނެވެ. ވިއްސާރަވެ ވައިބާރުވެ އޮޑިޔަށް ހިފަހައްޓައިލެވިދާނެބާއޭ ހީވި ދަނޑިވަޅުތައް އައެވެ. ތައުލީމަށްޓަކައި ފެއްޓެވި ދަތުރުގެ ފުރަތަމަ މަރުހަލާގައި ކުރާން ޖެހުނު ތަޖުރިބާތަކުންވެސް މިއީ ކިހައިވަރެއްގެ ދަތުރެއްކަން އިހުސާސް ކުރެއްވުނެވެ.

ގައުމާތަގޭ ބޮޑު އޮޑި އައްޑުއަތޮޅު މާކަނޑުން ނުކުމެގެން މާލެއަތޮޅު ގާދޫކޮލަށް ރިޔާދޫކޮށްލީމާ ޑރ. އަންވަރުގެ ތައުލީމީ ދަތުރު އެހިސާބުން ނިމުނީއެއް ނޫނެވެ. އެއީ އަދި ފެށުމެކެވެ. ގާދޫކޮލަށް ދޫކޮށްލި ރިޔަލާއެކު މަޖީދިއްޔާ ސްކޫލްގައި މަޑުކުރައްވައި އެތަނުން އޯލެވެލް ފާސް ނެންގެވި ނެންގެވުމަކީ މި ދަތުރުގެ ފުރަތަމަ މަރުހަލާއެވެ. އެކަހަލަ ކިތަންމެ މަރުހަލާއެެއް ޑރ. އަންވަރު ވަނީ ފާއިތުވި ބައިގަރުނުގެ ތެރޭގައި ފުރިހަމަ ކުރައްވައިފައެވެ. އެކަމަކު ރިޔަލު އޮޑީގެ ޒަމާން ދިޔައީއެވެ. އޭގެފަހުން އިންޖީނު އެޅި ބޯޓުފަހަރުގައެވެ. މަތިންދާބޯޓުފަހަރުގައެވެ. ތައުލީމަށްޓަކައި ފައްޓަވާފައިވާ މި ދަތުރުގައި އެމެރިކާ ބައްރު ފިޔަވައި ދުނިޔޭގެ ހުރިހާ ބައްރަކަށް ޑރ. އަންވަރު ވަނީ ވަޑައިގެންފައެވެ. ޔޫރަޕާއި އެފްރިކާއެވެ. އޮސްޓްރޭލިޔާ އާއި އޭޝިޔާއެވެ.

މަޖީދިއްޔާ ސްކޫލްގައި އޯލެވެލް ހެއްދެވުމަށްފަހު ޑރ. އަންވަރު ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ އިންޑިޔާގެ މައިސޫރުގައެވެ. އެޑްވާންސް ޑިޕްލޮމާޔާއި މާސްޓާރސް އާއި ޕީއެޗްޑީ ހާސިލް ކުރެެއްވީ އިނގިރޭސިވިލާތުގެ ބްރިސްޓޯލްގައެވެ. ކޮންމެއަކަސް ޑރ. އަހުމަދު އަންވަރުގެ ބައިގަރުނުވީ ޚިދުމަތުގެ ވަނަވަރަށް ބަލައިލާއިރު ތައުލީމީ ދާއިރާ ނޫން އެހެން ދާއިރާތަކުގައިވެސް ޚިދުމަތް ކުރައްވާފައިވާތަން ފެނެއެވެ. ޚާއްސަގޮތެއްގައި އެންމެޒުވާން ދައުރުގައެވެ. އެގޮތުން ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އެކިއެކި ވަޒީފާތައް އަދާކުރެއްވިއެވެ. އެއީ ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައި އެދާއިރާއަށް ޚާއްސަވެވަޑައިގަތުމުގެ ކުރީންނެވެ.

ޑރ. އަންވަރު އޯލެވެލްއަށް މަޖީދިއްޔާގައި ކިޔަވައިވިދާޅުވި ދުވަސްވަރަކީ ރަސްމީ ތައުލީމުގެ ނިޒާމުން ބޭރުގައި ސަރުކާރުގެ އެކި ވަޒީފާތަކަށް މީހުން ތަމްރީނު ކުރުމަށްޓަކައި ސަނަދަށް ކިޔެވުން ވަރަށްވެސް ބޮޑަށް ވައިގައި ހިފާފައި އޮތް ޒަމާނެކެވެ. އެހެންވީމާ ސްކޫލުން ބޭރުގައި އެޒާތުގެ ބައެއް ކޯސްތަކުގަައި ބައިވެރިވެވަޑައިގެން ޕިޔޯނުކަމާއި ކާތިބުކަމާއި ސެކްރެޓަރީކަމުގެ ސަނަދު ހާސިލް ކުރެއްވިއެވެ. އޯލެވެލް ސެޓްފިކެޓް ލިބިވަޑައިގެންނެވިއިރު ކުރިން ދެންނެވި ސަނަދުތައް އަތުގައި ހުއްޓެވެ. އޯލެވެލް ހަމަ ނިމުމާއެކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ އެހާ ގިނަ މުއައްސަސާތަކަށް ބަދަލުވެވަޑައިގަތުމުގެ މައިގަނޑު ސިއްރަކީ އެއީއެވެ. ތަމްރީނު ލިބިފައިވާ ޒުވާނުންނަށް އޮތް ޑިމާންޑުގެ ބޮޑުކަމެވެ.

ފޮރިން މިނިސްޓްރީގައި ދެވަނަ ފަހަރަށް މަސައްކަތް ކުރައްވަނިކޮށް ދެން ކުރައްވަން ޖެހިވަޑައިގެންނެވީ މާވަރުގަދަ ތަޖުރިބާއެކެވެ. އެއީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅެވެ. އަތޮޅުވެރިކަމުގެ ފަތްކޮޅު ދެއްވައިފައި ސަރުކާރުން ޑރ. އަންވަރު ފޮނުއްވީ ށ. އަތޮޅަށެވެ. އޭރު އުމުރުފުޅުން ގާތްގަޑަކަށް 26 އަހަރެވެ. ޑރ. އަންވަރު ހިމެނިވަޑައިގަތީ މިޒަމާނުގެ ތާރީޚުގައި އެންމެ ޒުވާން އަތޮޅުވެރިޔާކަމުގައެވެ. މާގިނަ ދުވަސްތަކެއް ވާންދެން ފުނަދޫގައި ހުންނަވާކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން 1978 ގައި ބޭއްވުނުއިރު ބައެއް ބޭފުޅުން އުންމީދު ކުރެއްވި ކަހަލަ "ފުރިހަމަ" ނަތީޖާއެއް އައު ރައީސަށް ށ. އަތޮޅަކުން ލިބިވަޑައެއް ނުގެންނެވިއެވެ. އެކަން އެހެން މެދުވެރިވުމުގައި ސަބަބުތަކެއްވެސް ހުއްޓެވެ.

އެޒަމާނުގެ އާދަކާދައިގެ މަތިން ވޯޓު އަޅާންވީގޮތް ކަތީބުންނަށް އަންގަވާނީ އަތޮޅުވެރިންނެވެ. ކަތީބުން އަމަލުކުރާނީ އަތޮޅުވެރިން އަންގަވާ ގޮތަކަށެވެ. ހޮވާން ޖެހިފައި އޮތީ އައު ބޭފުޅެކެވެ. ޑރ. އަންވަރު ބޭނުންފުޅުވާގޮތް ކަތީބުންނަކަށް ނާންގަވައެވެ. ކަތީބަކު އަތޮޅުވެރީންގެ އިރުޝާދަށް އެދިއްޖެނަމަ ޑރ. އަންވަރު ވިދާޅުވަމުން ގެންދެވީ ވޯޓަކީ ރައްޔިތުންގެ މިނިވަން ހައްގެއް ކަމަށާއި އެއީ އަތޮޅުވެރީންނާއި ކަތީބުންގެ ނުފޫޒު ފޯރުވާންޖެހޭ އެއްޗެއް ނޫންކަމުގައެވެ. ރައްޔިތުންނަށް ފެންނަ ގޮތަކަށް އެކަންކުރަން ރައްޔިތުންނަށް ދޫކޮށްލުމަށެވެ. ކޮންމެއަކަސް މިމަގުން ވޯޓުނަގައި ނިމުނުއިރު ށ. އަތޮޅުގައި އައު ރައީސަށް ނޫނެކޭ ބުނެފައިވާ މީހުންގެ އަދަދު އެހެން އަތޮޅުތަކަށްވުރެ ނިސްބަތުން މައްޗެވެ. އެހެންވީމާ ޑރ. އަންވަރުގެ އަތޮޅުވެރިކަންވެސް ނިމުނީއެވެ.

އަތޮޅުވެރިކަމުގެ ތަޖުރިބާޔަށްފަހު ދެން ޑރ. އަންވަރު ގުޅިވަޑައިގެންނެވީ ތައުލީމީ ދާއިރާޔާއެވެ. އެ ދާއިރާއަކަށް އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާ ދާއިރާޔާއެވެ. އެގޮތުން އެކި ސްކޫލްތަކުގައި ކިޔަވައިދެއްވައި ބައެއް ސްކޫލްތައް ހިންގަވައި ތައުލީމީ ވުޒާރާގެ އިސް ބައެއް މަގާމުތައް ފުރުއްވިއެވެ. ސަރުކާރުން ވަކިވެވަޑައިގެން ދެން ޚިދުމަތް ކުރައްވަން ފެއްޓެވީ ވިލާ ކޮލެޖް ކޮޅަށް ޖައްސަވައި މަތީ ތައުލީމު ފެތުރުމުގެ މަސައްކަތްޕުޅެވެ. ވިލާ ކޮލެޖަކީ މިއަދު ޔުނިވަރސިޓީއެއްގެ ނަން ލިބިފައިނެތަސް އެލެވެލްގައި ގުނާލެވޭ ކޮލެޖެކެވެ. އެތެރެޔާއި ބޭރުގެ ދެނެގަތުމާއި އިތުބާރު ލިބިފައިވާ ތަނެކެވެ. ވިލާ ކޮލެޖުގެ ކާމިޔާބީތަކާއި ގުޅިފައިވަނީ އެއްވެސް ޝައްކެއްނެތި ޑރ. އަންވަރުގެ ހިކުމަތްތެރިކަމާއި ތަޖުރިބާއެވެ. ވިލާ ކޮލެޖާއެކު ޑރ. އަންވަރުގެ ތައުލީމީ ދަތުރު އަދިވެސް އޮތީ ކުރިއަށެވެ.

ޑރ. އަހުމަދު އަންވަރުވިލާ ކޮލެޖް

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

08 ޖުލައި 2025
ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް

ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް

01 އޮކްޓޯބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
ވިލާ ކޮލެޖުގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި

ވިލާ ކޮލެޖުގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި

08 ޖޫން 2024
ވިލާ ކޮލެޖުގެ 2023ގެ ސްކޮލަރޝިޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުގެ 2023ގެ ސްކޮލަރޝިޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

07 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު