Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމު ހާސިލް ކުރުން

ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ - މިނިސްޓަރު

ތައުލީމީ ޖީލެއް ބިނާ ކުރުމަށްޓަކައި މިސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ސެޕްޓެމްބަރު 2022 | ހޯމަ 08:18
ވިލާ ކޮލެޖުގައި އޮތް ދަސްވެނިމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވާހަކަދައްކަވަނީ

ވިލާ ކޮލެޖުގައި އޮތް ދަސްވެނިމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވާހަކަދައްކަވަނީ

ކޮލިފިކޭޝަން ހޯލްޑަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އިލްމުވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިލްތިމާސްކުރައްވައިފި އެވެ.

ވިލާކޮލެޖުގައި އޮތް ދަސްވެނިމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދަސްވެނިންނަށް މަރުހަބާ ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ ގައުމު ބިނާ ކުރުމުގައި ކޮންމެ ދަސްވެނިއެއްގެ ވެސް ބޮޑު ޒިންމާއެއް އޮތްކަމަށެވެ. ދަސްވެރިންގެ އަޒުމަކަށް ވާންވާނީ އިލްމީގޮތުން މީހުންގެ އިހުތިރާމް ލިބިގެންވާ ބަޔަކަށްވޭތޯ މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް ހުރިހާ ދަސްވެނިން އަޒުމް ކަނޑައަޅަންވާނެ ކަމަށެވެ. މިވާހަކައަކީ ދަސްވެނިވާ ދަރިވަރުންގެ އިތުރުން ވިލާ ކޮލެޖުގައި ވެސް ކިޔަވަމުންދާ ދަރިވަރުންނަށް ދެއްވަން ބޭނުންވާ މެސެޖެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި މިސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ހޭދަނުކުރާ މިންވަރަށް މަތީ ތައުލީމާއި ތަމްރީނަށް މިސަރުކާރުން ދަނީ ހޭދަކުރަމުން ކަމަށެވެ.

ވިލާ ކޮލެޖަކީ އަބަދުވެސް ތައުލީމުގެ ކޮލެޓީ ހިފަހައްޓަން މަސައްކަތްކުރާ ކޮލެޖެއް ކަމަށާއި އެ ކޮލެޖަކީ ތައުލީމު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކޮލެޖުތަކުގެ ތެރެއިން ފުންނާބު އުސް އެއް ކޮލެޖުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށްޓަކައި ވިލާ ކޮލާ ކޮލެޖްގެ ފައުންޑަރ ގާސިމް އިބްރާހިމް ރާއްޖޭގައި ތައުލީމް ކުރިއެރުއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެމަނިކުފާނަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ. މިނިސްޓަރު ވިދާޅުވީ ވިލާ ކޮލެޖުގެ ބާނީއަށް ލިބިނުލެއްވި ތައުލީމު އެހެން ފަރާތްތަކަށް ހޯއްދަވައިދެއްވުން އެއީ އެމަނިކުފާނު ރާއްޖޭގެ ތައުލީމު ކުރިއެރުވުމަށް ކުރައްވާ ވަރަށް ބުރަ މަސައްކަތެއްކަމަށާއި އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.

ވިލާ ކޮލެޖުން ޖުމްލަ ދަރިވަރަކު ވަނީ މިއަހަރު 1،071 ދަސްވެނިފައެވެ. އެއީ ވިލާ ކޮލެޖުގެ ތަފާތު 15 ޕްރޮގްރާމެއް ފުރިހަމަކޮށް ސަނަދު ހާސިލުކުރި ދަރިވަރުންނެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންވިލާ ކޮލެޖް

އިތުރަށް ކިޔާލަން

08 ޖުލައި 2025

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

08 ޖުލައި 2025
އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި
01 އޮކްޓޯބަރު 2024

ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް

01 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
08 ޖޫން 2024

ވިލާ ކޮލެޖުގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި

08 ޖޫން 2024
ވިލާ ކޮލެޖުގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި
01 ޖޫން 2023

ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު

01 ޖޫން 2023
ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު