Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ: އަންހެން ޗެމްޕިއަންކަން އެމްއެންޔޫއަށް، ފިރިހެން ޗެމްޕިއަންކަން މެޕްސްއަށް

އެމްއެންޔޫއިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކްލިކް ކޮލެޖު ބަލިކޮށްގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 06:50
އައިޔޫއެމްއެސްޔޫ ހޭންޑް ބޯލް މުބާރާތް ކާމިޔާބުކުރި އެމްއެންޔޫގެ ޓީމު

އައިޔޫއެމްއެސްޔޫ ހޭންޑް ބޯލް މުބާރާތް ކާމިޔާބުކުރި އެމްއެންޔޫގެ ޓީމު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އައިޔޫއެމްއެސްޔޫ) އިން ބޭއްވި އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022 ގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެޕްސް ކޮލެޖު ހޯދައިފިއެވެ.

ގައުމީ ހޭންޑް ބޯލް ގްރައުންޑުގައި ރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލްގައި އެމްއެންޔޫ ނިކުތީ ކްލިކް ކޮލެޖަ ދެކޮޅަށެވެ. ކްލިކް ކޮލެޖުގެ މައްޗަށް އެމްއެންޔޫއިން ކުރި ހޯދީ 10-14 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއެންޔޫގެ މަރިޔަމް ނާއިޝާ މަންސޫރެވެ. އެމްއެންޔޫއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެ ޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ އެމްއެންޔޫގެ ފިރުޝާނާ ނަސީރު، ރުނާ އިބްރާހީމް، ކްލިކް ކޮލެޖުގެ ޢާއިޝަތު ނަޝާޔާ، ފާތިމަތު ނިއުޝާ، ރައިޝާ ޝަރީފް، ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެކިޔުކޭޝަންގެ ޢާއިޝަތު އިބާ އަޙުމަދު އަދި ކައުސަރު އަޙުމަދުއެވެ. އަންހެން ޑިވިޝަނުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއެންޔޫގެ ފިރުޝާނާ ނަސީރުއެވެ.

ރޭ ކުޅުނު ފިރިހެން ޑިވިޝަަންގެ ފައިނަލްގައި މެޕްސް ކޮލެޖު ނިކުތީ އެމްއައި ކޮލެޖާ ދެކޮޅަށެވެ. މި މެޗު 09-12 އިން ކާމިޔާބުކުރީ މެޕްސް ކޮލެޖެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޕްސް ކޮލެޖުގެ އަޙުމަދު ފަޒީލްއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ، ވިލާ ކޮލެޖުގެ އިބްރާހިމް އަލްޠަފް ހާފިޒް، މުޙައްމަދު ހާދިފް، އެމްއައި ކޮލެޖުގެ އައިމަން އާދަމް، އަޙުމަދު ނޫހް، އިބްރާހިމް މުސްފިރު، މެޕްސް ކޮލެޖުގެ އިބްރާހިމް ރަޝީދު އަދި ޢަބްދުﷲ ޙިޝާންއެވެ. ފިރިހެން ޑިވިޝަނުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއައި ކޮލެޖުގެ އައިމަން އާދަމްއެވެ.

މި މުބާރާތަކީ އައިޔޫއެމްއެސްޔޫއިން އިންތިޒާމުކޮށްގެން ކޮލެޖު، ޔުނިވަރސިޓީ އަދި ހައި ސްކޫލްތަކުގެ މެދުގައި ބޭއްވި ފުރަތަަމަ މުބާރާތެވެ. އަދި މު މުބާރާތް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އައިޔޫއެމްއެސްޔޫއިން މައުލޫމާތު ދެއެވެ.

މުބާރާތާ ގުޅޭ ގޮތުން އައިޔޫއެމްއެސްޔޫގެ ރައީސް އަޙުމަދު ސުހާން ވިދާޅުވީ މުބާރާތް ބޭއްވުމުގެ މަޤުސަދަކީ ޒުވާން ހޭންޑް ބޯލް ކުޅުންތެރިން އުފެއްދުން ކަމަށާއި އެކަން ހާސިލުކުރެވުނު ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މި މުބާރާތުގައި ވިދާލި ބައެއް ކުޅުންތެރިންނަށް ކުރިއަށް އޮތް އެސޯސިއޭޝަން ކަޕްގައި ކުޅުމަށް ފުރުސަތު ލިބިފައިވާކަން ޝުހާން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސުހާން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ކޮލެޖު ޔުނިވަރސިޓީތަކުގެ މެދުގައި މަޑު ޖެހިފައި އޮތް ކުޅިވަރު މުބާރާތްތައް ނަގާ ކޮޅަށް ޖެހުމަކީ ވެސް މުބާރާތުގެ މަގުސަދެއް ކަމަށެވެ. އަދި އުންމީދު ކުރި ވަރަށްވުރެ ގިނަ ޓީމުތަކުން ބައިވެރިވުމުން އެކަން ހާސިލްކުރެވިއްޖެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ސުހާން ވިދާޅުވީ ފޯރިގަދަ މި މުބާރާތް ކުރިއަށް ގެންދެވުނީ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ. އެހެންކަމުން މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިވި ފަރާތްތަކަށް އައިޔޫއެމްއެސްޔޫގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަަދި އުންމީދަކީ އަންނަ އަހަރު މިއަށްވުރެ ފޯރި ގަދަ އަދި ކާމިޔާބު މުބާރާތެއް ބޭއްވުން ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އެމްއެންޔޫއެސްޔޫއެމްއައި ކޮލެޖްވިލާ ކޮލެޖްއައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

08 ޖުލައި 2025
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް

ކުރިއަށް އޮތް އަަހަރެއްހާ ދުވަހުގެ ތެރޭގައި 1600 އެއްހާ އިތުރު ވަޒީފާ އުފެދިގެން ދާނެ - ނާޒިމް

01 އޮކްޓޯބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު