Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުބުނާންގެ އާންމު ހާލަތު

ރެސްޓޯރަންޓުން ކައިގެން މޮޅު ސްކޫލަށް ދަރިން ފޮނުވައިގެން ބަޔަކު އުޅަނަސް، ހަމާދީއަކަށް އެގޮތެއް ނެތެވެ!

6 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ލުބްނާނުގެ އާބާދީގެ 3 ބައިކުޅަ 1 ބައި މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސަނީ ވޯލްޑް ފުޑް ޕްރޮގްރާމްއިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2022 | އަންގާރަ 18:22
ޢުމުރުން 51 އަހަރުގެ ޙުޞައިން ހަމާދީ

ޢުމުރުން 51 އަހަރުގެ ޙުޞައިން ހަމާދީ

ވަޒީފާ ގެއްލި، 4 މެންބަރުންގެ ޢާއިލާ ބަލާނެ ފަދައެއް ނެތި، ޢުމުރުން 51 އަހަރުގެ ޙުޞައިން ހަމާދީގެ ކޮންމެ ދުވަހެއްގެ މަސައްކަތަށް ވެފައި އޮންނަނީ، ލުބްނާންގެ އާ އާންމު ހާލަތު ކަމުގައި ވެފައިވާ އިޤްތިޞާދީ ކާރިޘީ އޮއެވަރުގައި ޖެހި ޣަރަޤު ވަމުންދާ ދިރިއުޅުން ނެގެހެއްޓުމަށް ކުރެވެން އޮތް ހާ ކަމެއް ކުރުމެވެ.

މީގެ ކުރިން ވަޑިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ހަމާދީގެ ވަޒީފާ ގެއްލިފައި ވާއިރު، މިއަދު އޭނާއަކީ އިންތިހާއަށް އަގުބޮޑު ބޭސް ބޭނުންވާ ބައްޔެއްގެވެސް ޝިކާރައަކަށް ވެފައިވާ މީހެކެވެ.

ހަމާދީ އިތުރު އާމްދަނީ ހޯދާ އުޅުނީ މަސްވެރިކަން ކޮށްގެންނެވެ. ނަމަވެސް، މިއަދު އެކަންވެސް ކުރެވޭކަށް ނެތެވެ. ހަމާދީ ބުނާ ގޮތުގައި މީގެ ކުރިން އޭނާގެ ކަސްޓަމަރުންގެ ގޮތުގައި ތިބި މީހުންގެ އަތުގައި، މަސް ގަންނާނެ ތަނަވަސް ކަމެއް މިއަދަކު ނެތެވެ. ނުވަތަ މަސް ގަނެ، ފިނި ކުރުމަށްޓަކާ ލާ ފުރިޖަށް ކަރަންޓު ދޭނެ ތަނަވަސް ކަމެއް އެމީހުންގެ އަތަކު ނެތެވެ.

ލުބްނާނުގެ އެތައް ޢާއިލާއެއް ފަދައިން ހަމާދީގެ ޢާއިލާވެސް މިއަދު ދިރިއުޅެމުން ދަނީ، އަނދަވަޅަކަށް ވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ. އިޙްސާސް ކުރަމުން ދަނީ ދިރިއުޅުމުގެ ވަރުބަލިކަމެވެ. ހާސްކަމާއި ނުތަނަވަސް ކަމެވެ. ހެދޭނެ ގޮތެއް ނޭނގި، މާޔޫސްވެފައިވާ ހާލުގައެވެ. މުސްޠަޤުބަލާ މެދު ޢުއްމީދު ގެއްލިފައެވެ.

ޢުމުރުން 9 އަހަރާއި 13 އަހަރުގެ އަންހެން ދަރިފުޅު ފިލާވަޅު ދަސް ކުރަމުން ދިޔައީ ކަރަންޓުގެ އަލިކަމެއް ނެތް، 1 ކޮޓަރީގެ ގޭގެ ތެރެއަށް، ބޭރުން އެޅެމުން ދިޔަ ފަނޑު އަލީގައެވެ.

މީގެ ކުރިން މެދު ފަންތީގެ ދިރިއުޅުމެއް އުޅެމުން ދިޔަ ހަމާދީގެ ޢާއިލާއަށް މި ހިތްދަތިކަން ކުރިމަތިވީ، 2019 ވަނަ އަހަރު ލުބްނާންގެ އިޤްތިޞާދު އިނދަޖެހުމާ އެކުގައެވެ.

ޑިސެމްބަރު 2021 ގައި ގެލަޕްއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ލުބްނާނުން ސާވޭގައި ބައިވެރިވި ކޮންމެ 4 މީހަކުން 3 މީހަކީ ނުތަނަވަސްކަން ތަޖުރިބާ ކުރާ މީހެކެވެ. އަދި 63 ޕަސެންޓް މީހުން ވަނީ، ވެގެން ވާނަމަ، ޤައުމު ދޫކޮށް ދާނެ ކަމަށް ބުނެފައެވެ.

ހަމާދީގެ ޢާއިލާއަށް މި ވަރަށްވެސް ދިރިއުޅެވެނީ ލިބެމުންދާ އެހީއާއެކުގައެވެ.

ޢާއިލާގެ ހެޔޮ އެދޭ މީހުންނާއި، އަވަށްޓެރިންނާއި ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމާ ބެހޭ މަޝްރޫޢުގެ ތެރެއިން 200 އެއްހާ ޑޮލަރު ލިބެއެވެ. ދަރިންގެ ސްކޫލުގެ ޚަރަދުތައް ހަމަޖައްސަނީ ހިލޭ އެހީދޭ ޖަމިއްޔާއެއްގެ ދީލަތި އެހީގައެވެ. ހަމާދީގެ ބޭހަށް ހިނގާ ޚަރަދުގެ ބައެއް ވަނީ، ސަރުކާރުން ސަބްސިޑައިޒް ކޮށްދީފައެވެ.

ލުބްނާންގެ އިޤްތިޞާދު ނެގެހެއްޓުމަށް ބައިނަލްއަޤުވާމީ މާލީ އިދާރާއާއެކު އޭޕްރިލް މަހު އެއްބަސްވުންތަކެއް އެކުލާވާފައި ވީ ނަމަވެސް، އޭރު އެއްބަސްވެފައި ވާ އިޞްލާޙީ ބަދަލުތައް ތަންފީޒު ކުރުމަށް ލުބްނާންގެ ސިޔާސީ ލީޑަރުން ފެއިލްވެއްޖެ ނަމަ، އެ ޤައުމުގެ މަޞްރަޙު އަދިވެސް އިތުރަށް ގޯސްވެގެން ދާނެ ކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ލުބްނާނު މިއަދު އަނދަވަޅަކަށް ވެއްޓިފައި ވަނީ ސިޔާސީ އަދި މާލީ ނުފޫޒުގެ ބޮންތީގައި ތިބި މީހުން ގަސްތުގައި ހިންގި ޖަރީމާއަކުން ކަމަށް ވޯލްޑް ބޭންކުން ސިފަ ކުރާ އިރު، ލުބްނާންގެ ސަރުކާރުން ބުނަމުން ދަނީ، އިޞްލާޙީ ބަދަލުތައް ތަންފީޒު ކުރުން މަތީ ސާބިތުވެ ތިބޭނެ ކަމަށެވެ. 

ނަމަވެސް ލުބްނާންގެ މަޞްރަޙުން ފެންނަމުން ދަނީ އެހެން މަންޒަރެކެވެ. މީހުން ވަނީ އިންތިހާއަށް ބިކަވެ ހާލުގައި ޖެހިފައެވެ. ޤައުމު ދޫކޮށް އެތައް ބަޔަކު ހިޖުރަ ކޮށްފައި ވާ އިރު، ޤައުމުގައި ތިބި މަދު މީސްކޮޅު ބަރޯސާ ވަނީ ޤައުމުން ބޭރުގައި ތިބި ޢާއިލާ މެންބަރުން ދޭ އެހީއަށެވެ. 6 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ލުބްނާނުގެ އާބާދީގެ 3 ބައިކުޅަ 1 ބައި މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސަނީ ވޯލްޑް ފުޑް ޕްރޮގްރާމްއިންނެވެ.

ލުބްނާން އޮތީ ހަމަ ރަނގަޅަށްވެސް ދެބައި ވެފައެވެ. ފޯރާ މީހުންނާއި ފަޤީރުންނެވެ. ރެސްޓޯރަންޓުން ކައިގެން، އެންމެ ފެންވަރުގެ ސްކޫލުތަކަށް ދަރިން ފޮނުވައިގެން އުޅޭ މީހުންވެސް އެބަ އުޅެއެވެ. އެފަދަ މަންޒަރުތައް ފެނި، ހަމާދީ ފަދަ އާންމުންގެ ހިތްތައް ކުދިކުދިވެއެވެ. އެމީހުން ވަނީ އެ ޒަޚަމްތަކާއެކު ދިރިއުޅެން އާދަކޮށްފައެވެ.

ލެބަނަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު