Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީންގެ މަރު

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީންގެ މަރުގެ މައްސަލަ އައިސީސީއަށް ހުށަހަޅައިފި

އެ މައްސަލައިގައި އެއްވެސް މީހަކާމެދު އިޒްރޭލުން ފިޔަވަޅެއް ނާޅާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2022 | އަންގާރަ 09:34
އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލަޙް މަރާލި މައްސަލަ އެ ނޫހުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް ހުށަހަޅައިފިއެވެ.

ޝީރީން އަބޫ އަކްލަޙް މަރުވީ އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި ކަމަށް އިސްރާއީލުގެ ޑިފެންސް ފޯސް އިން ވަނީ އެއްބަސްވެފައެވެ. އިސްރާއީލުގެ ބަޔާނުގައި ބުނެފައިވަނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެކަމުގެ ތަހުގީގުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޝީރީންއަށް އަމާޒުވި ވަޒަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެހެންވެ، އެ ވަޒަން ޖެހީ ކޮން ބަޑިއަކުން ކަން ބުނަން ދަތި ކަމަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ބުނެފައެވެ.

ނަމަވެސް ސީއެންއެންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި އިސްރާއީލުގެ ސިފައިން ޝީރީން މަރާލީ ގަސްތުގައެވެ. އެގޮތުން، ސީއެންއެންއަށް ލިބިފައިވާ ދެ ވީޑިއޯއެއްގައި ފެންނަނީ އޭނާއަށް އަމާޒުކޮށް ހަމަލާދޭ މަންޒަރެވެ. އަދި ޝީރީން ހުރި ސަރަހައްދުގައި ފަލަސްތީނުގެ ފަރާތުން އެއްވެސް ވަރަކަށް ހަމަލާތައް ދޭ މަންޒަރު ވެސް އެ ވީޑިއޯތަކުގައި ނުފެނެއެވެ.

ސީއެންއެންގެ އިތުރުން އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ވެސް ވަނީ މިނިވަން ތަހުގީގެއް ހިންގާފައެވެ. އެ ނޫހުގެ ތަހުގީގުތައް ވެސް ބުނަނީ ޝީރީން މަރާލާފައިވަނީ ގަސްތުގައި ކަމަށެވެ.

އަލްޖަޒީރާއިން ވަނީ ޝީރީންގެ މަރުގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އަންގާރަ ދުވަހު އަލްޖަޒީރާއިން ވަނީ އެކަން ތަހުގީގުކޮށް، އެކަމުގެ ފަހަތުގައިވާ ފަރާތްތަކަށް ދައުވާކޮށްދިނުން އެދި އެ މައްސަލަ އައިސީސީއަށް ހުށައަޅާފައެވެ.

އަލްޖަޒީރާއިސްރާއީލް އަސްކަރިއްޔާ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2025

އިސްރާއީލަށް ސިފައިންގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ފްރާންސް އިން ސިފައިންގެ ޚިދުމަތައް ވަންނާނެ މީހުން ހޯދަނީ

19 އޯގަސްޓު 2025
އިސްރާއީލަށް ސިފައިންގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ފްރާންސް އިން ސިފައިންގެ ޚިދުމަތައް ވަންނާނެ މީހުން ހޯދަނީ
07 އޯގަސްޓު 2025

އަސްކަރިއްޔާގެ ބަސް ހާމަ ކުރުމުގައި ސަރުކާރު ދެކެ ބިރު ނުގަންނާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ބުނެފި

07 އޯގަސްޓު 2025
އަސްކަރިއްޔާގެ ބަސް ހާމަ ކުރުމުގައި ސަރުކާރު ދެކެ ބިރު ނުގަންނާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ބުނެފި
09 ޖުލައި 2025

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

09 ޖުލައި 2025
އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ
03 ފެބުރުއަރީ 2025

ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަނަކީ "ނަސްލު ނައްތާލުން" ކަމަށް މަހްމޫދު އައްބާސްގެ އޮފީހުން ބުނެފި

03 ފެބުރުއަރީ 2025
ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަނަކީ "ނަސްލު ނައްތާލުން" ކަމަށް މަހްމޫދު އައްބާސްގެ އޮފީހުން ބުނެފި
27 ޖެނުއަރީ 2025

ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް: ހަމާސް

27 ޖެނުއަރީ 2025
ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް: ހަމާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު