Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މޮރޮކޯ ޓީމު އޮތީ މެޗަށް ތައްޔާރަށް، ސްޕެއިން ކަޓުވާލެވޭނެ

މުބާރާތުގެ ފައިނަލް ކުޅޭނެ ފޭވަރިޓުންގެ ތެރޭގައި ސްޕެއިން ހިމެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2022 | އަންގާރަ 02:20
މޮރޮކޯގެ ކޯޗު ވަލީދު ޕްރެސްގައި

މޮރޮކޯގެ ކޯޗު ވަލީދު ޕްރެސްގައި

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްޕެއިންނާ ދެކޮޅަށް ނުކުންނަން މޮރޮކޯ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ވަލީދު ބުނެފިއެވެ.

ވަލީދު މިހެން ބުނީ ސްޕެއިން މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ސްޕެއިންނާ ދެކޮޅަށް ކޫޅޭ މެޗަކީ އުނދަގޫ މެޗަކަށްވާނެ ކަމަށާއި، އެއީ މުބާރާތުގައި މޮރޮކޯ މިހާތަނަށް ކުޅޭނެ އެންމެ ޓަފް މެޗު ކަމަށެވެ. އޭނާ ބުނީ ފުޓުބޯޅައިގެ ނަޒަރަކުން ބަލާނަމަ، ސްޕެއިން އަކީ ދުނިޔޭގައި ވެސް އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. ސްޕެއިންއަކީ އަޒުމު ވަރުގަދަ ޓީމެއްކަން ފާހަގަކުރަމުން އޭނާ ބުނީ މުބާރާތުގެ ފައިނަލް ކުޅޭނެ ފޭވަރިޓުންގެ ތެރޭގައި ވެސް ސްޕެއިން ހިމެނޭނެ ކަމަށެވެ.

ނަމަވެސް މޮރޮކޯ ޓީމަކީ ވެސް ކޮލިޓީ ޓީމެއްކަން ފާހަގަކުރަމުން ވަލީދު ބުނީ، މެޗަށް ތައްޔާރުވީ ފުރިހަމަ އަށް ކަމަށެވެ. އަދި ގަދަ 16 ގެ މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބުނު ކަމަށާއި، އެ ވަގުތުގެ ބޭނުން ވެސް ހެޔޮ ގޮތުގައި ހިފުނު ކަމަށެވެ. މީގެއިތުރުން މޮރޮކޯ އިން އޮތީ އަދިވެސް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެން ބޭނުންވެފައި ކަމަށެވެ. އެކަމަށް އިޝާރަތް ކުރަމުން ވަލީދު ބުނީ މުބާރާތުން ސްޕެއިން ކަޓުވާލެވިއްޖެ ނަމަ އެކަން ވާނީ މޮރޮކޯ ޓީމާއި، އެ ޤައުމުގެ ރައްޔިތުންނަށް ވެސް ހައިރާންކުރުވަނިވި ކަމެއް ކަމަށެވެ.

ވޯލްޑް ކަޕް މުބާރާތުގައި މޮރޮކޯގެ ނަތީޖާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވަލީދު ބުނީ މިއަހަރުގެ މުބާރާތުގައި މޮރޮކޯ އަށް އޮތީ ހައްތަހާ ވެސް ފައިނަލް ކަމަށެވެ. އެގޮތުން ސްޕެއިން މެޗަކީ މޮރޮކޯ އިން ކުރިމަތިލާނެ ހަތަރު ވަނަ ފައިނަލް ކަމަށާއި، މަސައްކަތް ކުރާނީ ކުރިއެކޭ އެއްގޮތަށް އެ މެޗުން ވެސް މޮޅުވުމަށް ކަމަށެވެ. އޭނާ ބުނީ އެކަން ކުރާނީ ޓީމުގައި އޮތް އުސޫލުތައް ހިފަހައްޓައި، ކޮލިޓީއާއެކު ކަމަށެވެ.

މީގެ އިތުރުން ވަލީދު ބުނީ މޮރޮކޯ ޓީމުގެ މެޗު ބަލާނެ މިލިއަން މީހުން ތިބޭނެކަން ކުޅުންތެރިން ގާތު ބުނަމުން އަންނަ ކަމަށެވެ. އަދި ޓީމުގެ ފަހަތުގައި ޓީމާއެކު އެތައް ބަޔަކު ތިބި ކަމަށާއި، ޓީމުގެ ސަބަބުން މޮރޮކޯގައި ވެސް އޮތީ އާދަޔާ ޚިލާފު ރޫހެއް ކަމަށެވެ. އަދި މެޗުގައި ކުޅޭނީ މޮރޮކޯ ސްޓައިލްގެ ފުޓުބޯޅައެއް ކަމަށާއި، ޓީމުގެ ހުރިހާ ފެންވަރެއް އެ މެޗުގައި ދައްކާނެ ކަމަށެވެ.

މުބާރާތުގައި މޮރޮކޯ އަދި ސްޕެއިން ވާދަކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯވަލީދު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު