Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ކޮރެއާގެ އުއްމީދުތައް ހުރީ ތާރީޚު ބަދަލުކުރުމަށް، ބްރެޒިލް މެޗަކީ ކުރިމަތިވާނެ ގޮންޖެހުމެއް

މިއީ 2010 ގެ ފަހުން ކޮރެޔާއިން މުބާރާތުގެ ނޮކްއައުޓް ފޭސްގައި ވާދަކުރާ ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 10:48
ކޮރެއާ އަދި ޕޯޗުގަލް ބައްދަލު ކުރި މެޗުގެ ތެރެއިން

ކޮރެއާ އަދި ޕޯޗުގަލް ބައްދަލު ކުރި މެޗުގެ ތެރެއިން

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބްރެޒިލާއި ދެކުނު ކޮރެޔާ ވާދަކުރާ މެޗަކީ ވަރަށް ހާއްސަ މެޗެކެވެ. މިއީ 2010 ވަނަ އަހަރު ގެ ފަހުން ކޮރެޔާއިން މުބާރާތުގެ ނޮކްއައުޓް ފޭސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ތަޖުރިބާ އެމީހުން ކުރަން ޖެހިފައިވަނީ އާދައިގެ ބަޔަކާ ދެކޮޅަކަށް ނޫނެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މުއްސަނދި މާޒީއެއް އޮތް ބްރެޒިލާ ދެކޮޅަށެވެ. އަނެއްކޮޅުން ބްރެޒިލް އަކީ މި ފަހަރުގެ މުބާރާތުގެ ހޮޓް ފެވަރިޓުން ވެސް މެއެވެ. މިރޭގެ މެޗަކީ މި ދެ ބައިމީހުންގެ އަށް ވަނަ ކުރިމަތިލުމެވެ. މިހާތަނަށް މުޅިން ވެސް ކުޅެފައިވަނީ އެކުވެރިކަމުގެ މެޗުތަކެވެ. މީގެ ތެރެއިން އެއް ފަހަރު މޮޅުވިއިރު އަނެއް ހަ ފަހަރު ކޮރެޔާ އަށް ނާކާމިޔާބުވީއެވެ. އެކަމަކު ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މިރޭގެ މެޗުގައި ކޮރެޔާއިން ބްރެޒިލަށް ތުރާކުރާނެއެވެ.

މުބާރާތުގައި ކޮރެޔާ ދައްކާފައިވާ ކުޅުމަށް ބަލާއިރު މިއީ ބްރެޒިލަށް ވެސް ފަސޭހަވާނެ މެޗަކަށްނުވާނެއެވެ. ހާއްސަކޮށް ކޮރެޔާ އަކީ ގިނައިރު ވާވަރަކަށް މެޗުތެރެއަށް ވަންނަ ޓީމަކަށްވެފައި އެމީހުންގެ ހަލުވި އެޓޭކަކީ ބްރެޒިލަށް ހުރި ނުރައްކަލެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮރެޔާ ދައްކާފައިވާ ކުޅުމަށް ބަލާއިރު އުރުގުއޭ އާއި ގާނާ އަދި ފަހު މެޗުގައި ޕޯޗުގަލް ބަލިކުރިއިރު ވެސް ކޮރެޔާގެ ފަރާތުން ފެނިފައިވަނީ ފަހު ހާފުގައި މެޗުގެ ކޮންޓްރޯލް ހޯދާ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް މެޗުގެ ފަހު ބައިގައި ކުރިއަރައި ފުލުފުލުގައި ހަމަލަދީ އިދިކޮޅު ޓީމުގެ ފޫދުއްވާލާއިރު އެމީހުންގެ ފަރާތުން ވަރުބަލިކަމެއް ހާސްކަމެއް ނުފެނެއެވެ.

މި މެޗަށް ނުކުންނައިރު ކޮރެޔާގެ ކުޅުންތެރިންނަށް ސަޕޯޓަރުން މިހާރު ވެސް ވަނީ ގައުމީ ބަތަލުންގެ ދަރަޖަ ދީފައެވެ. ހާއްސަކޮށް ފޯވަޑް ގުއި ސުން ޗޯގެ މަގުބޫލުކަން ވަނީ ވިލާތަކާ ހަމައަށް އުފުލިފައެވެ. ގާނާ ކޮޅަށް އޭނާ ޖެހި ދެ ގޯލާއެކު ކޮރެޔާގެ އަންހެންކުދިންގެ ލޮލުގައި އޭނާ އަޅައިގަތީ ބެންޗުގައި މަޑުމޮޅިވެފައި އިންތަން ފެނިފައެވެ. މިއާއެކު އޭނާގެ އިންސްޓަގްރާމް ފޮލޯވަރުން 20،000 އިން 1.6 މިލިއަށް މަތިވުމާއެކު ސުން ޗޯ ވަނީ އޭނާގެ މޮބައިލް ފޯނު ނިއްވާލާފައެވެ. ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ ހުރިހާ މެސެޖެއް ބަލައި ޖަވާބުދޭން ވަގުތެއްނެތް ކަމަށެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި ގުއި ސުން ޗީ ފޯނު އޮފްކޮށްލީ އަންހެން ކުދިން އިންނަން އެހުމާއި ޑޭޓްކުރަން ކިޔާވަރުންނެވެ. މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި ކޮރެޔާ ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަށް ވެސް ތަޖުރިބާކުރަން ޖެހުނު ފަދަ ކަމެކެވެ. އާން ޖުން ހުވާން ފަދަ ކުޅުންތެރިންނަށް އެއިރު މިފަދަ އުނދަގޫތައް ދިމާވީ ދަނޑުތެރެއިންނެވެ. އެއީ ސޯޝަލް މީޑިއާގެ ޒަމާނަކަށްނުވުމުން އެއިރު ކޮރެޔާގެ ކުޅުންތެރިންނަށް އަންހެން ކުދީންނާއި އެމީހުންގެ ސަޕޯޓަރުންގެ ޝުއޫރުތަކާއި ދޭން ބޭނުންވާ މެސެޖްތައް ފެނުނީ ކޮރެޔާ ކުޅޭ މެޗުތަކުގައި ދަނޑަށް ވައްދާ ބެނާތަކާއި ޕޯސްޓަރުތަކާއި ފޭސް މާސްކްތަކުގެ ސަބަބުންނެވެ. އެ ފަހަރު އާން ޖުން ހުވާންގެ ފަރި ހަރަކާތްތަކަށް ލޯބިކޮށް ކޮރެޔާގެ ކޮންމެ ސަޕޯޓަރަކު އޭނާ އަށް ބަދަލުވެގަތީ މޫނުގައި އޭނާ ސިފަކޮށްދޭ މާސްކެއް އަޅައިގެންނެވެ. މިފަހަރު ގުއި ސުން ޗޯ އަށް މި އުނދަގޫތައް ދިމާވީ ސޯޝަލް މީޑިއާ އިންނެވެ.

ކޯޗު ޕައުލޯ ބެންޓޯ ވަނީ މިދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ގިނަ ފޯމޭޝަންތަކަށް ކުޅުވައިފަ އެވެ. އެއީ ކުރިއަށް ކުޅުވާނީ ކިތައް ކުޅުންތެރިންކަން ކަނޑައަޅަން ދަތިވެގެންނެވެ. އޭނާ އަކީ ފަހަތާއި މެދުތެރެ ބައިވެރިވެގެން އެޓޭކް ފަށަން ބޭނުންވާ ކޯޗެކެވެ. މިހެންވެ އޭނާއާ މެދު ޝައްކުކުރާ މީހުން ބުނަނީ ކޮރެޔާގެ ޒަމާންވީ އާދަކާދަ ނައްތާލާފައިވާ ކަމަށެވެ. އެއީ ކޮރެޔާގެ ފޯވަޑުންގެ ސްޕީޑާއި ވަރުގަދަކަން ބޭނުންނުކުރާ ކަމަށްބުނެ އެވެ. އާއްމުކޮށް މިފަހުން އޭނާ ކުޅުވަނީ 4-2-3-1 އަށެވެ.

ކުޅުންތެރިން ހިތްހަމަޖެހޭތަ؟

ކޮރެޔާގެ އެންމެ މޮޅު ކުޅުންތެރިއަކީ ސޮން ހުންގް މިން އެވެ. އޭނާ ގައުމީ ޓީމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭތީވެ އެކަމާ މައްސަލަ ޖައްސައެވެ. ސޮން ޖައްސާ މައްސަލައަކީ ގައުމީ ޓީމުގައި އޭނާ އަށް ހާއްސަކަމެއް ނެތުމެވެ. މީގެ އިތުރުން ޓީމުގެ ޑިފެންޑަރުން މުޅިން ފިޓްނުވުމުގެ މައްސަލަ ވެސް ބޮޑެވެ. މިހެންވެ ކޮރެޔާއިން ގަތަރުގައި ކުރާނީ ކޮންކަމެއްތޯ ބަލަން އިންތިޒާރުކުރަންޖެހޭނެ އެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ދެކުނު ކޮރެއާކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު