Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޭރުމުގެ މައްސަލަތައް

ފުލުހަކު ބިދޭސީއެއް އަތުން ފޭރެން އުޅުނުކަމަށް ބުނެ ކުރި ދައުވާ ހެކި ނެތުމުން ސާބިތެއް ނުވި

ހެކިންގެ ހެކިބަހުގައިވެސް ފުށުއެރުންތައް ހުރިކަން ޝަރީއަތުން ވަނީ ފާހަގަކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 09:10
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ފުލުހަކު ބިދޭސީއެއް އަތުން ފޭރެން އުޅުނުކަމަށް ބުނެ ކޮށްފައިވާ ދައުވާއާ ގުޅިގެން އެކަށީގެންވާ ހެކި ނެތުމުން، އެ މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މިއީ 2019 ވަނަ އަހަރު ހިނގި ޙާދިސާއަކާއި ގުޅޭ މައްސަލައެކެވެ. އެގޮތުން މި މައްސަލައިގައި ފުލުސް އޮފިސަރަށް ދައުވާ ކޮށްފައިވަނީ ހަށިވިއްކުމުގެ މައްސަަލައަކާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ހައްޔަރުކޮށް، އޭނާގެ އަތުން އެ ފުލުސް އޮފިސަރު ފޭރެން އުޅުނުކަމަށް ތުހުމަތުކޮށް ހިންގި ތަހުގީގަށްފަހުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ބިދޭސީ މީހާ ހައްޔަރުކޮށް ބަލައި ފާސްކޮށްފައިވަނީ ބަލައި ފާސް ކުރުމާއި، ހައްޔަރު ކުރުމުގެ އިޖުރާއަތާ ޚިލާފަށް ކަމަށެވެ.

އަދި އަތޮޅުވެއްސަށް ގެންގޮސް، ބިދޭސީ މީހާ ހުރީ ޤާނޫނާ އެއްގޮތަށް ހައްޔަރު ކޮށްފައި ނޫންކަން އެނގިހުރެމެ، ބަންދުން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން އެއްލައްކަ ރުފިޔާ ހޯދަން ޑިމާންޑުކޮށް، އެވަރު ނެތުމުން، 10،000 ރުފިޔާ ހޯދާފައިވާކަމަށް ދައުވާގައި ބުނެއެވެ.

ދައުވާގައި ބުނެފައިވަނީ ބިދޭސީ މީހާއަތުން 10،000 ރުފިޔާ ފޭރުމަށްފަހު، އޭނާ އަތުން އިތުރު 20،000 ރުފިޔާ ހޯދުމަށްޓަކައި މަޖުބޫރުކޮށްފައިވާ ކަމަށެވެ.

ބިދޭސީ މީހާ ދޫކޮށްލީވެސް އޭނާ ފައިސާ ދޭން އެއްބަސްވުމުންކަމަށްވެއެވެ. އަދި ދޫކޮށްލުމަށްފަހުވެސް އޭނާ އަތުން 20،000 ރުފިޔާ ފޭރެން އުޅެފައިވާކަމަށް ދައުލަތުން ހުށައަޅާފައިވާ ދައުވާގައި ވަނީ ބުނެފައެވެ. އެގޮތުން ބަންދުން ދޫކޮށްލުމަށްފަހު، ފަހުން ވަޓްސްއަޕް މެދުވެރިކޮށް ފުލުސް އޮފިސަރު ވަނީ ފައިސާ ހިފައިގެން އައުމަށް ބިދޭސީ މީހާއަށް އަންގާފައެވެ.

އެހެންނަމަވެސް، އެ ބިދޭސީ މީހާ އެކަން ފުލުހުންނަށް ރިޕޯޓުކޮށް، އެތަނަށް ދިޔައީ ކުލަ ހެދުމުގައި ތިބި ފުލުސް އޮފިސަރުންނާއެކުގައެވެ.

ވުމާއެކު، މި މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކުރީ ފޭރެން އުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއާއި ގުޅިގެން ދައުލަތުން ހުށައެޅި މައިގަނޑު ހެއްކަކީ ބިދޭސީ މީހާއެވެ.

އެހެންނަމަވެސް، އޭނާގެ ހެކިބަސް ނެގުމަށް ކޯޓު އަމުރު ރައްދު ކުރުމަށް މަސައްކަތް ކުރުމުން، އޭނާއަކީ މިހާރު ރާއްޖޭގައި އުޅޭ ފަރާތެއް ނޫންކަމަށް ދައުލަތުން ވަނީ ޝަރީއަތުގައި ބުނެފައެވެ. ވުމާއެކު އެ ބިދޭސީ މީހާގެ ހެކިބަސް ނެގިފައެއް ނުވެއެވެ.

ޝަރީއަތުން ބުނެފައިވަނީ، ހެކިބަސް ދިނުމަށް ބިދޭސީ މީހާ ނައުމުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ޙައްޤު ފުލުސް އޮފިސަރަށް ގެއްލިގެންދާ ކަމަށެވެ.

ވަކިން ޚާއްސަކޮށް، މި މައްސަލައިގެ ކުށުގެ އަމަލުގެ ޝިކާރައަކަށްވި ފަރާތުގެ ބަހެއް ނެތި ޝަރީއަތް ކުރުމަކީ ތަބީއީ އިންސާފުގެ އުސޫލުތަކާ ޚިލާފު ކަމެއްކަންވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، ތަހުގީގުގައި ބިދޭސީ މީހާގެ ބަޔާން ފުލުހުން ނަގާފައިވަނީ ބަންގްލަދޭޝް ބަސް އެނގޭ ތަރުޖަމާނެއްގެ ހާޒިރުގައި ނޫންކަންވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.

ޝަރީއަތުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ސީންއަށް ދިޔަ ފުލުހުންގެ ހެކިބަސްތަކުގައިވެސް ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން އެކަކު ބުނެފައިވަނީ ބިދޭސީ މީހާ ގޮވައިގެން ފުލުސް އޮފިސަރު ދިޔަތަން ފެނުނު ކަމަށެވެ. ދެން ހުރި އޮފިސަރު ބުނެފައިވަނީ ބިދޭސީ މީހާ ފައިސާ ދިއްކުރި މަންޒަރު ފެނުނު ކަމަށެވެ. އެހެން އޮފިސަރެއް ބުނެފައިވަނީ އެއްޗެއް ދިއްކުރި މަންޒަރު ފެނުނު ކަމަށެވެ. ނަމަވެސް އެއީ ފައިސާކަމެއް ސާފުކޮށް ބަޔާނެއް ނުކުރެއެވެ. އެހެން އޮފިސަރެއް ބުނެފައިވަނީ އެއްވެސް ބާވަތެއްގެ ފައިސާގެ މުއާމަލާތެއް ހިންގި ތަން ނުފެންނަ ކަމަށެވެ.

ވުމާއެކު، ހެކިންގެ ހެކިބަހުގައިވެސް ފުށުއެރުންތައް ހުރިކަން ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.

ކަންއެހެން ހުރުމާއެކު، މި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވަނީ، އެކަށީގެންވާ ހެކި ޝަރީއަތަށް ލިބިފައިނުވާކަމަށް ބަޔާން ކުރައްވައި، މި މައްސަލައިގައި އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު